ހއ. މުރައިދޫ ކައުންސިލްގެ " ކިންގް ކަޕް ފުޓްބޯޅަ މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މުރައިދޫ ކައުންސިލުން ހާމަކުރައްވާ ގޮތުގައި މިއީ މުރައިދޫގެ ޒުވާނުންގެ މެދުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާކޮށް، ކުޅިވަރުގެ ރޫޙް އާލާ ކުރުމާއެކު ރަށާއި ޤައުމު ފަހުރުވެރިކޮށްދޭނެ ފަދަ ހުނަރުވެރި ކުޅުންތެރިން އުފެއްދުމުގެ މާތް މަޤްޞަދުގައި ބާއްވާ މުބާރާތެކެވެ.

Ad
rt

މި މުބާރާތުގައި 9 މަޤާމެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، ޗެމްޕިއަންޓީމް، ރަނަރއަޕްޓީމް، ފެއާޕްލޭޓީމް، މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިތާ، މުބާރާތުގެ އެންމެ މޮޅު ކީޕަރ، މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޭން އޮފް ދަ މެޗް އާއި އެންމެ މޮޅު ކޯޗު ހިމެނެއެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 29 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މުރައިދޫ ކައުންސިލް އިދާރާއަށް ނުވަތަ އެ އިދާރާގެ ރަސްމީ އީމެއިލް އެޑްރެސްކަމަށްވާ admin@muraidhoo.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.

މީގެއިތުރުން، ޓީމު ލިސްޓް، 2026 ނޮވެމްބަރ 25 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އެ އިދާރާގެ އީމެއިލް ނުވަތަ އެ އިދާރާއަށް ހުށަހެޅުމަށް ވެސް މުރައިދޫ ކައުންސިލުން ވަނީ އެދިފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކައުންސިލްގެ އިދާރާގެ ވެބްސައިޓުންނާއި އެ އިދާރާގެ ފޭސްބުކް ޕޭޖުގައިވާ ލިންކުން ލިބޭނެކަމަށް ވެސް ކައުންސިލުން ހާމަކޮއްފައިވެއެވެ.

މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ 2026ގައެވެ.