ޤުރުއާން މުބާރާތްތަކަށް ބައިވެރިން ތައްޔާރުކުރުމުގެ ގޮތުން ގޮއިދޫ ކައުންސިލުން އިސްނަގައިގެން ކުރިއަށްގެންދާ ޤުރުއާން ކޯޗިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު އެ ކައުންސިލުން ހުޅުވާލައިފިއެވެ.
މި ކޯޗިން ކޭމްޕަކީ ޤުރުއާން މުބާރާތްތަކަށް ބައިވެރިން ފުރިހަމައަށް ތައްޔާރުކޮށް، ކީރިތި ޤުރުއާން ކިޔެވުމުގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަން އުނގަންނައިދިނުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ.
ގޮއިދޫ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، މި ކޯޗިންގ ކޭމްޕުގެ ސެޝަންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ 2026 އޮކްޓޯބަރ 20 އިން ފެށިގެން އެ މަހުގެ 29 ގެ ނިޔަލަށެވެ.
މި ކޭމްޕުގެ ސެޝަންތައް ނަންގަވައިދެއްވާނީ މިފަދަ ޤުރުއާން މުބާރާތްތަކަށް ކުދިންނާއި ބައިވެރިން ތައްޔާރުކޮށްދިނުމުގައި ފާހަގަކޮށްލެވޭ މަޝްހޫރު ޤާރީއެއް ކަމަށް ވެސް އެ ކައުންސިލުން ބުނެފައިވެއެވެ.
މީގެއިތުރުން ގޮއިދޫ ކައުންސިލުން ހާމަކުރި ގޮތުގައި، މިފަހަރުގެ މުބާރާތުގައި ޢަމަލީ ގޮތުން ވާދަނުކުރާ ފަރާތްތަކަށް ވެސް މި ކޭމްޕުގައި ބައިވެރިވުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ.
މި ކޯޗިންގ ކޭމްޕުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 2026 އޮކްޓޯބަރ 18 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ގޮއިދޫ ކައުންސިލް ޕޭޖުގައި ޢާންމުކޮށްފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ރަޖިސްޓްރީވުމަށް އެ ކައުންސިލުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!