ހއ. މުރައިދޫ ކައުންސިލްގެ "އެމް ސީ އައި ކިންގް ކަޕް އަންހެން ވޮލީ މުބާރާތް 2026"ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މިއީ މުރައިދޫގައި ދިރިއުޅޭ އެންމެހާ ފަރާތްތަކުގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދަމަހައްޓައ،ި ރައްޔިތުންނާއި ކައުންސިލާ މެދުގައި އެކުވެރި މާޙައުލެއްގެ ތެރެއިން، ރައްޔިތުންނަށް ޚިދުމަތްދިނުމުގައ،ި ކައުންސިލްގެ ތަޞައްވަރު ރަނގަޅުކުރުމާއ،ި ޒުވާނުންގެ މެދުގައި ވާދަވެރިކަމާއެކު ދުޅަހެޔޮ ޞިއްޙަތަކަށް މަގުފަހިވާފަދަ ހަރަކާތެއް ހިންގުމުގެ މައިގަނޑު މަޤްޞަދުގައި ބޭއްވޭ މުބާރާތެކެވެ. އަދި މުރައިދޫގައި ވޮލީގެ ރޫޙް އާލާކޮށް، މޮޅު ކުޅުންތެރިން އުފައްދައި ކުޅުންތެރިންނަށް ކުޅުމުގެ ފުރުޞަތު ހޯދައިދިނުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަޤްޞަދެއްކަމުގައި ކައުންސިލުން ހާމަކުރައްވާފައިވެއެވެ.
މި މުބާރާތުގައި 8 މަޤާމެއް ހޮވުމަށް ހަމަޖެހިފައިވެއެވެ. އޭގެތެރޭގައި، ޗެމްޕިއަންޓީމް، ރަނަރއަޕްޓީމް، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ، މުބާރާތުގެ މޮޅު ހަ ކުޅުންތެރިން، އެންމެ މޮޅު ލިބަރޯ، މުބާރާތުގެ އުންމީދީ ކުޅުންތެރިޔާގެ އިތުރުން ކޮންމެ މެޗެއްގެ މޮޅު ކުޅުންތެރިޔާ އާއި އެންމެ މޮޅު ކޯޗު ހިމެނެއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް އެދޭ ޓީމުތަކުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، 29 އޮކްޓޫބަރ 2026 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން މުރައިދޫ ކައުންސިލް އިދާރާއަށް ނުވަތަ އެ އިދާރާގެ ރަސްމީ އީމެއިލް އެޑްރެސްކަމަށްވާ admin@muraidhoo.gov.mv މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ އިދާރާއިން އެދިފައިވެއެވެ.
މީގެއިތުރުން، ޓީމު ލިސްޓް، 2026 ނޮވެމްބަރ 25 ވާ ބުދަ ދުވަހުގެ 13:00ގެ ކުރިން އެ އިދާރާގެ އީމެއިލް ނުވަތަ އެ އިދާރާއަށް ހުށަހެޅުމަށް ވެސް މުރައިދޫ ކައުންސިލުން ވަނީ އެދިފައެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމާއި މުބާރާތުގެ ޤަވާއިދު ކައުންސިލްގެ އިދާރާގެ ވެބްސައިޓުންނާއި އެ އިދާރާގެ ފޭސްބުކް ޕޭޖުގައިވާ ލިންކުން ލިބޭނެކަމަށް ވެސް ކައުންސިލުން ހާމަކޮއްފައިވެއެވެ.
މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ 5 ޑިސެމްބަރ 2026ގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!