ހއ. އަތޮޅަށް ޚާއްސަކޮށްގެން، ހއ. ވަށަފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ، ހއ އަތޮޅުގެ ދިގުފެތުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް އެކުއަޓިކްސް އިން އިންތިޒާމުކޮށް، ވަށަފަރު ކައުންސިލާ ގުޅިގެން ކުރިއަށްގެންދާ މި މުބާރާތް އޮންނާނީ 13 އަދި 14 ނޮވެމްބަރު 2026 ގައެވެ.
މޯލްޑިވްސް އެކުއަޓިކްސްއިން ބުނާ ގޮތުގައި، މި މުބާރާތަކީ ވާދަވެރި ފެތުންތެރިންގެ އިތުރުން، ކަނޑުފަޅުގެ ހުޅުވާލެވިފައިވާ ދިޔަވަރުގައި އަމިއްލަ ހުނަރު އިމްތިހާނުކޮށްލަން ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު ލިބޭ ގޮތަށް ފަރުމާކޮށްފައިވާ މުބާރާތެކެވެ. އަދި މުބާރާތުގެ މައިގަނޑު މަޤްޞަދަކީ ކުޅިވަރުގެ ރޫހު އާލާކުރުމާއި، އެކުވެރި މާހައުލެއްގައި ފެތުމުގެ ހުނަރު ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުންކަމަށް ވެސް އެ ޖަމްޢިއްޔާއިން ހާމަކުރެއެވެ.
މި މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޓީމު ކެޓަގަރީ އަދި އޯޕަން ކެޓަގަރީ ހިމެނޭ ގޮތަށެވެ. މުބާރާތުގައި ހިމެނޭ އިވެންޓްތަކުގެ ތެރޭގައި:
• 3 ކިލޯމީޓަރުގެ ރޭސް
• 1 ކިލޯމީޓަރުގެ ރޭސް
• 500 މީޓަރުގެ ކިޑްސް ސްވިމް
• 500 މީޓަރުގެ ރިލޭ
މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ 1 ނޮވެމްބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އެވެ.
އޯފަން ކެޓަގަރީގައި ބައިވެރިވުމަށް ބޭނުންވާ ފަރާތްތަކުން އެ ޖަމްޢިއްޔާގެ ފޭސްބުކް ޕޭޖުގައި އެ ކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅޭނެކަމަށާއި، ޓީމު ކެޓަގަރީގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް އެ ޖަމްޢިއްޔާއިން އެދިފައިވެއެވެ. މީގެއިތުރުން މި ދެ ކެޓަރީއަށް ޚާއްސަކޮށްފައިވާ ކިއުއާރްކޯޑް ވެސް ފޭސްބުކް ޕޭޖުގައި ވަނީ އާންމުކުރެވިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!