ހއ. ދިއްދޫގެ ބިމާއި އިޚްތިޞާޞް ހިމެނޭ ގޮތަށް ކުރިއަށް އޮތް 20 އަހަރު ދުވަހުގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް ދިއްދޫ ކައުންސިލްގެ އިދާރާއިން އިއުލާނުކޮށްފިއެވެ.
މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީކޮށް އަދި އަންދާސީ ހިސާބު ހުށަހެޅުމަށް މިހާރު ވަނީ ފުރުޞަތު ހުޅުވާލައިފައެވެ.
މި ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓަރީވުމުގެ ސުންގަޑިއަކީ 21 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. އަދި މަސައްކަތާ ގުޅޭގޮތުން މައުލޫމާތު ސާފުކުރުމަށް އީމެއިލް ފޮނުވުމުގެ ފުރުޞަތު 25 އޮކްޓޯބަރު 2026 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ.
މި މަސައްކަތުގެ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 28 އޮކްޓޯބަރު 2026 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި ދިއްދޫ ކައުންސިލްގެ އިދާރާގައެވެ. އަދި އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން އެ އިދާރާގެ ފޯނު ނަންބަރު 6500019 އަށް ގުޅުމަށް ކައުންސިލުން އެދިފައިވެއެވެ.
ބީލަން ރަޖިސްޓަރީ ކުރުމަށާއި މައުލޫމާތު ސާފުކުރުމަށް ކައުންސިލްގެ ރަސްމީ މެއިލް އެޑްރެސްކަމަށްވާ info@hadhidhoo.gov.mv އީމެއިލްއަށް މެއިލް ކުރުމަށް އެ ކައުންސިލުން އެދިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!