ހއ. ހޯރަފުށީ ވީނަސްގޭގެ އުތުރުގައި މަސައްކަތް ނުނިމި ހުރި ކައުންސިލުގެ އިމާރާތް ތަރައްޤީކޮށް، ވިޔަފާރި އުޞޫލުން ހިންގުމަށްޓަކައި ޓާން އިންވެސްޓްމަންޓާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި އިމާރާތް އެ ފަރާތާ ހަވާލުކޮށްފައިވަނީ 20 އަހަރު ދުވަހުގެ މުއްދަތަކަށް، ކުލީ އެއްބަސްވުމެއްގެ ދަށުންނެވެ.
މި މަޝްރޫޢާ ގުޅޭ ރަސްމީ ކުލީ އެއްބަސްވުމުގައި ދެފަރާތުން ސޮއިކޮށްފައިވަނީ 13 އޮކްޓޫބަރު 2026 ގައެވެ.
އެ އެއްބަސްވުމުގެ ދަށުން، މަސައްކަތް ނުނިމި ހުރި އެ އިމާރާތް މިއަދު ވަނީ ރަސްމީކޮށް ޓާން އިންވެސްޓްމަންޓާ ޙަވާލުކޮށްފައެވެ.
ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި، މި އެއްބަސްވުން އެކުލަވައިލުމުގެ މައިގަނޑު މަޤްޞަދަކީ ކައުންސިލްގެ މިލްކިއްޔާތުގައި ހުރި، ބޭނުންނުކުރެވި ދޫކޮށްލެވިފައިވާ ވަސީލަތްތަކުން އެންމެ ފުރިހަމަ ގޮތުގައި ނަފާ ހޯދުމެވެ.
މީގެ އިތުރުން، އަމިއްލަ ވިޔަފާރިތަކަށް އިންވެސްޓްކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމަކީ ވެސް މި ނިންމުމުގެ މުހިންމު ބޭނުމެއް ކަމަށް އެ ކައުންސިލުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!