ހއ. މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން އިންތިޒާމުކޮށްގެން، އެ ރަށު ކައުންސިލާއި ބާރަށު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ކަސްރަތު ޕްރޮގްރާމެއް އިއްޔެ މުރައިދޫގައި ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރުމަށާއި، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

Ad
rt

މުރައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، އަންހެނުންނަށް އަމާޒުކޮށްގެން ފެށި މި ކަސްރަތު ޕްރޮގްރާމްގައި އެ ރަށުގެ ޖުމްލަ 42 އަންހެނުން ވަނީ ބައިވެރިވެފައެވެ.

މުރައިދޫގައި ކަސްރަތު ޕްރޮގްރާމް ފެށުން، ފޮޓޯ: މުރައިދޫ އތމކ.

މި ޕްރޮގްރާމް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ޖުމްލަ 25 ދުވަހުގެ މުއްދަތަކަށް ކަމަށް ވެސް މުރައިދޫ ކައުންސިލް އިދާރާއިން ހާމަކުރައްވައެވެ.

މި ޙަރަކާތާ ގުޅޭގޮތުން މުރައިދޫ ކައުންސިލްގެ ރައީސް އަމްޖަދު މުޙައްމަދު "ތިލަދުން" އަށް ވިދާޅުވީ، މި ޕްރޮގްރާމް ފުރިހަމަކުރާ ހުރިހާ ބައިވެރިންނަށް ވެސް ސެޓްފިކެޓް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މުރައިދޫގައި ކަސްރަތު ޕްރޮގްރާމް ފެށުން، ފޮޓޯ: މުރައިދޫ އތމކ.

މީގެއިތުރުން، މި ޕްރޮގްރާމްގެ ތެރެއިން އެންމެ ބޮޑަށް ބަރުދަން ލުއިކުރާ ބައިވެރިޔަކު ހޮވުމަށް ހަމަޖެހިފައިވާ ކަމަށް އަމްޖަދު ވިދާޅުވިއެވެ. އަދި އެންމެ ބޮޑަށް ބަރުދަން ލުއިކުރާ ފަރާތަށް ޚާއްޞަ ސަޕްރައިޒް އިނާމެއް ދިނުމަށް ނިންމާފައިވާ ކަމަށް ވެސް ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.