ސައިންސްވެރިންގެ އިންޒާރު: އޭއައި ކޮންޓްރޯލް ނުކޮށްފިނަމަ ދުނިޔެއަށް ބޮޑު ސައިބާ ކާރިސާއެއް ކުރިމަތިވެދާނެ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ތަރައްގީކޮށް ބޭނުންކުރުމުގައި މިހާރަށް ވުރެ ހަރުދަނާ ފިޔަވަޅުތަކެއް އަވަހަށް ނާޅައިފިނަމަ، ދުނިޔޭގެ މުހިންމު އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، ސައިބާ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ ކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސައިންސްވެރިން އިންޒާރު ދީފިއެވެ. މި އިންޒާރު ދީފައިވަނީ ދުނިޔޭގެ 32 ގައުމެއްގެ ޔުނިވަރސިޓީތަކާއި ދިރާސާކުރާ އިދާރާތައް ތަމްސީލުކުރާ 300 އަށް ވުރެ ގިނަ ސައިންސްވެރިން ސޮއިކޮށް، އަންގާރަ ދުވަހު އާންމުކުރި ބަޔާނެއްގައެވެ. ސައިން...