45 ޢިލްމުވެރިންނާއެކު ޢުމްރާއަށް ދަތުރުކުރައްވަނިކޮށް، މިސައިލް ޙަމަލާއެއްގައި މުފްތީ ނަޞްރުﷲ އަވަހާރަވެއްޖެ
45 ޢިލްމުވެރިންނާއި ޢުމްރާވެރިންގެ ވަފުދަކާއެކު ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް ދަތުރުކުރައްވަނިކޮށް، ސަޢޫދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީ ހަނގުރާމަވެރިން ދިން މިސައިލް ޙަމަލާއެއްގައި ބަންގްލަދޭޝްގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މުޙައްމަދު ނަޞްރުﷲ ބަދްރުޕޫރީ (އަލްބަދްރު) އަވަހާރަވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހުއެވެ. މަދަނީ ވައިގެ ދަތުރުފަތުރަށާއި ސަރަޙައްދީ އުމްރާނީ ވަސީލަތްތަކަށް އަމާޒުކޮށް ދިން މި ޙަމަލާގަ...