އިސްލާމްއާބާދުގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަރސިޓީން ފިޒިކްސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީ ފުރިހަމަކޮށް ރަން މެޑަލް ހޯދި ލައިބާ އިޢުޖާޒް ނަމަކަށް ކިޔާ ޒުވާން އަންހެން ދަރިވަރަކު، އެމެރިކާގެ ހާވަޑް ޔުނިވަރސިޓީން ޖާގައާއި ސްކޮލަރޝިޕް ހަމަޖެހުނު ކަމަށް ބުނެ އެޖެންޓަކު ދިން ލިޔުންތަކަކީ ވަގު ލިޔުންތަކެއްކަން އެނގުމުން ލިބުނު ފުން ހިތާމައިގައި މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މަތީ ތަޢުލީމު ހޯދުމުގެ ފުރުޞަތު ފަހިކޮށްދޭނެ ކަމަށް ބުނެ ހިންގި މި ބޮޑު މަކަރާއި ހީލަތުގެ ސަބަބުން އެ ޢާއިލާ ވަނީ މާލީ ގޮތުން ބަނގުރޫޓުވެ، ފޫނުބެއްދޭވަރުގެ ބޮޑު ހިތާމައެއްގެ ތެރެއަށް ވެއްޓިފައެވެ.
މި ހާދިސާގައި މަރުވި ލައިބާގެ ހަށިގަނޑު ހުކުރު ދުވަހު ފެނިފައިވަނީ އިސްލާމްއާބާދުގެ ޖީ-10 ސަންޑޭ މާކެޓް ކައިރީގައި ހުރި ގަހެއްގައި ދަންޖެހިފައި ހުއްޓައެވެ. މި ސަރަޙައްދަކީ ރަމްނާ ޕޮލިސް ސްޓޭޝަންގެ އިޚްތިޞާޞްގެ ދަށުގައިވާ ސަރަޙައްދަކަށް ވާއިރު، ފުލުހުން މިހާރު ދަނީ މި މަރުގެ ވަށައިގެންވާ ކަންކަން ތަޙުޤީޤުކުރަމުންނެވެ. އަދި އޭނާ މަރުވި ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ރިޕޯޓަށް އިންތިޒާރުކުރަމުން އަންނަ ކަމަށް ވެއެވެ.
ޢާއިލާއިން މަޢުލޫމާތު ދިން ގޮތުގައި، އެމެރިކާގެ ޝަރަފުވެރި ޔުނިވަރސިޓީއަކުން ޖާގައާއި ސްކޮލަރޝިޕް ހަމަޖައްސައިދޭނެ ކަމަށް ބުނެ ތަޢުލީމީ ކޮންސަލްޓެންޓަކު ވަނީ 7 މިލިއަން ރުޕީސް އަތުލުމަށް ޑިމާންޑްކޮށްފައެވެ. އެ މީހާ ވަނީ އޭނާއަކީ ލައިބާގެ ސްޕޮންސަރު ކަމަށާއި، އިސްލާމްއާބާދު ހައިކޯޓުގެ އެކައުންޓްސް އޮފިސަރެއްގެ ގޮތުގައި މަސައްކަތްކުރާ މީހެއް ކަމަށް ބުނެ އޮޅުވާލާފައެވެ. މީގެއިތުރުން، ލައިބާގެ ބޭބެއަށް ސަރުކާރުގެ ވަޒީފާއެއް ހަމަޖައްސައިދޭނެ ކަމަށް ވަޢުދުވެ، އެކަމަށްވެސް އިތުރު 500،000 ރުޕީސް އޭނާ ވަނީ ޢާއިލާގެ އަތުން އަތުލާފައެވެ.
🇵🇰The final minutes of a brilliant young life destroyed by pure greed
22 year old gold medalist Laiba Ejaz took her life in Islamabad after a scammer wiped out her family’s entire life savings.
Her milk vendor father sold his land and her mother pawned her jewelry to pay 9.3 million rupees for fake Harvard admission papers.
The alleged main scammer, Muhammad Nauman has been arrested.
In her final hours, her only plea to her uncle was to hide the truth from her father.
Absolutely heartbreaking 💔
Writer: Bri https://t.co/f4D3JqNgBI
— Mario Nawfal (@MarioNawfal) October 10, 2026
ލައިބާގެ ބައްޕައަކީ ސައިކަލެއްގައި ކިރު ވިއްކައިގެން ނިކަމެތި ޙާލުގައި އާމްދަނީ ހޯދަމުން، ކުއްޔަށް ހިފާފައިވާ ފްލެޓެއްގައި ޢާއިލާ ބަލަހައްޓަމުން އައި މީހެކެވެ. މޮޅު ދަރިވަރެއް ކަމަށްވާ އޭނާގެ ދަރިފުޅަށް ޤައުމުން ބޭރުން ކިޔެވުމުގެ ފުރުޞަތު ހޯދައިދިނުމަށްޓަކައި، ބައްޕަ ވަނީ އޭނާގެ މިލްކިއްޔާތުގައި އޮތް ބިންކޮޅެއް ވިއްކާލުމަށްފަހު 2.1 މިލިއަން ރުޕީސް ނަގުދު ފައިސާއިން އެ އެޖެންޓާ ޙަވާލުކޮށްފައެވެ. އަދި ބާކީ ފައިސާ ހަމަޖެއްސުމަށްޓަކައި ލާއިބާގެ މަންމަ ވަނީ އޭނާގެ އަތުގައި ހުރި ރަން ގަހަނާތައް ބޭންކަކަށް ރަހުނުކޮށްފައެވެ. ޢާއިލާގެ ހުރިހާ ސަމާލުކަމަކާއި ޤުރުބާނީއެއް ވެދިނީ ދަރިފުޅުގެ ކުރިމަގު އުޖާލާކޮށްދިނުމަށެވެ.
ނަމަވެސް، އެޖެންޓް ދިން އެޑްމިޝަން ލިޔުމާއި ވިސާ އަދި ސްކޮލަރޝިޕް ލިޔެކިޔުންތައް ލައިބާ އަމިއްލައަށް ކަށަވަރުކުރުމުން އެނގުނީ، އެއީ އެއްވެސް ޙަޤީޤަތެއް ނެތް ސައްޙަނޫން ވަގު ލިޔުންތަކެއް ކަމެވެ. ޢާއިލާގެ މުޅި ދިރިއުޅުމުގެ ރައްކާކުރި ފައިސާތައް ފޭރިގަނެ، އުންމީދުތައް ފުނޑުފުނޑުވެގެން ދިޔަކަން އެނގުމުން ލައިބާއަށް ނަފްސާނީ ގޮތުން ފުން އަސަރުތަކެއް ކުރިއެވެ. މަރުވުމުގެ ކުރިން އޭނާގެ ބޮޑުބޭބެއަށް ފޮނުވި ހިތްދަތި މެސެޖެއްގައި، މި ވީ މަކަރާއި އޮޅުވާލުމުގެ ވާހަކަ ބައްޕަ ގާތުގައި ނުބުނުމަށާއި، އެ ޚަބަރު ލިބިއްޖެނަމަ ބައްޕަ ހިތާމައިގައި މަރުވެދާނެ ކަމަށް ބުނެފައިވެއެވެ.
یہ محمد نعمان وہ شخص ہے جس پر لائبہ اعجاز کو امریکہ کی یونیورسٹی میں داخلہ دلوانے کے بہانے 87 لاکھ روپے ہڑپ کرنے کا الزام ہے۔ لائبہ بہتر مستقبل کی امیدیں لگائے بیٹھی تھی، مگر مبینہ فراڈ نے اس کی زندگی برباد کر دی۔ اس کی خودکشی کی شفاف تحقیق ہونی چاہیے اور ذمہ داروں کے خلاف کارروائی کی جائے۔
— Dr. Sidra Sadozai (@SadozaiSidra) October 10, 2026
މި ހިތާމަވެރި މަރުގެ ޚަބަރާއެކު ޕާކިސްތާނުގައި އޮޅުވާލައިގެން ފައިސާ ހޯދާ ތަޢުލީމީ އެޖެންޓުންނާ ދެކޮޅަށް ޢާންމުންގެ ބޮޑު ރުޅިވެރިކަމެއް ވަނީ އުފެދިފައެވެ. މި މައްސަލައާ ގުޅިގެން ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އާއި ފުލުހުން ގުޅިގެން ފުޅާ ދާއިރާއެއްގައި ތަޙުޤީޤު ފަށާފައިވާއިރު، މި ސްކޭމާ ގުޅުންހުރި މައިގަނޑު ތުހުމަތުކުރެވޭ ފަރާތްތައް ފުލުހުން ވަނީ ހޯދައި ހައްޔަރުކޮށްފައެވެ. ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި މައްސަލައިގައި ހިމެނޭ މާލީ މުޢާމަލާތްތަކާއި ފޭކް ލިޔެކިޔުންތައް އިތުރަށް ބަލައި ތަޙުޤީޤުކުރަމުންނެވެ.
ނޯޓު: އިސްލާމްދީނުގައި އަމިއްލައަށް މަރުވުމަކީ (އަމިއްލަ ނަފްސު ހަލާކުކޮށްލުމަކީ) ބޮޑުވެގެންވާ ފާފައެކެވެ. އަދި އެއީ މުޅިން ހަރާމް ކުރައްވާފައިވާ ކަމެކެވެ. އިންސާނާގެ ފުރާނައަކީ ﷲ ތައާލާ އޭނާއާ ހަވާލުކުރައްވާފައިވާ އަމާނާތެކެވެ. އެހެންކަމުން އެ އަމާނާތަށް ރައްކާތެރިވުމަކީ ކޮންމެ މީހެއްގެ މައްޗަށް ވާޖިބެކެވެ. މިކަމުގެ ދަލީލު ކީރިތި ޤުރުއާނުންނާއި، މާތް ރަސޫލާގެ ޙަދީޘްފުޅުން ވެސް ލިބެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!