އިނާމް ނުލިބުމުން ޓްރަމްޕްގެ ރުޅިގަނޑު އައިސީސީ އަށް، އެ ކޯޓާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅައިފި
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރިޔާސީ ގަރާރެއްގެ ދަށުން ބައިނަލްއަގުވާމީ ޖިނާއީ ކޯޓު (އައިސީސީ) އާ ދެކޮޅަށް އެމެރިކާއިން ރަސްމީކޮށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފިއެވެ. އެމެރިކާ ސަރުކާރުން ނެރުނު ރިޔާސީ ގަރާރު ނަންބަރު 14203 ގެ ދަށުން، ނެދަލަންޑްސްގެ ދަ ހޭގްގައި ގާއިމުވެފައިވާ އެ ކޯޓާ ދެކޮޅަށް ސީދާ މުއައްސަސާގެ ފެންވަރުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަމުރުކޮށްފައެވެ. މި ފިޔަވަޅުތައް އިއުލާނުކޮށްފައި މިވަނީ، ރައީސް ޓްރަމްޕް ވަރަށް ބޮޑަށް އުންމީދު ކުރައްވަމުން ގެންދެވި ނޯބެލް...