ރާއްޖޭގެ ބެލުމުގެ ދަށުގައި ތިބި އިންޑިއާގެ 25 މަސްވެރިން ދޫކޮށްލަން ޖައިޝަންކަރުގެ އެހީއަށް އެދިއްޖެ
ރާއްޖޭގެ ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ އިންޑިއާގެ ޓެމިލްނާޑޫގެ 25 މަސްވެރިންނާއި އެ މީހުންގެ ތިން މަސްބޯޓު އަވަހަށް މިނިވަންކޮށްދިނުމަށް އެހީތެރިވެދެއްވުމަށް، އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރުގެ ކިބައިން ޓެމިލްނާޑޫގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ އެދިވަޑައިގެންފިއެވެ. ބުރާސްފަތި ދުވަހު ޖައިޝަންކަރަށް ފޮނުއްވި ސިޓީއެއްގައި ވިޖޭ ވަނީ މި މައްސަލައިގެ ތެރެއަށް ޖައިޝަންކަރު އަމިއްލަފުޅަށް ވެދެވަޑައިގެން، ޑިޕްލޮމެޓިކް ހަމަތަކުގެ މަތިން ދިވެހި ސަރުކާރާއެކު މަޝްވަރާކުރެއްވުމަށް އެދި...