އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ޔޫކްރެއިންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، އޭނާއަކީ އިންތިޚާބަކާ ނުލައި ވެރިކަން ކުރައްވާ "ޑިކްޓޭޓަރެއް" ގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން ބައިނަލްއަޤްވާމީ ގޮތުން ބޮޑެތި ބަހުސްތަކަކާއި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.

އެމެރިކާގެ މިޑް ޓާމް އިލެކްޝަން ބޯމަތިވެފައިވާއިރު، އެ ގައުމަށް ދިމާވި ޑީސަލްގެ ތާށިކަން ފިލުވަން ޓްރަމްޕް ވަނީ ރަޝިޔާ އާއި ޑީލް ހަދާފައެވެ. އިންތިޚާބު ކާމިޔާބުކުރަން ޓްރަމްޕް ކުރާ މަސައްކަތާއެކު ހެދި މިޑީލަށްފަހު ޓްރަމްޕް ގެންދަވަނީ ޔޫކްރޭނަށާއި ރައީސް ޒެލެންސްކީއަށް ބަހުގެ ހަމަލާތައް ދެއްވަމުންނެވެ. ޔޫކްރޭނަށް ވާގިވެރިވެރިވެ ރަޝިޔާއާއި ޖައްސުވައި ހަނގުރާމަ ކުރުމުގެ ފަހަތުގައި އޮތީވެސް އެމެރިކާއެވެ. އެއީ އެމެރިކާގެ އަށް އެތައް މިލިއަން ޑޮލަރުގެ ހަތިޔާރު ވިއްކައިލެވޭނެތީ އެ ދަހިވެތިކަމުގައި ކުރުވާ ހަނގުރާމައެކެވެ. ނަމަވެސް އެންމެފަހުން ޑީސަލްގެ ދަހިވެތިކަމުގައި ޓްރަމްޕް ވަނީ ކޮޅު ބަދަލުކޮށް ޒެލެންސްކީއަށް އަށާއި ޔޫކްރޭނަށް ލަނޑުދެއްވާފައެވެ.

Ad
rt

މި ހުރިހާކަމަކަށް ފަހު ވެސް ޓްރަމްޕް ތުހުމަތުކުރެއްވި ގޮތުގައި ޒެލެންސްކީ ވަނީ ކާމިޔާބު ނުކުރެވޭނެ ހަނގުރާމައަކަށް ޚަރަދުކުރުމަށް އެމެރިކާ މަގުފުރައްދައި، 350 ބިލިއަން ޑޮލަރު ހޯއްދަވާފައެވެ. އަދި މި ހަނގުރާމައަކީ ފައިސާ ލޯންޑާކުރުމުގެ ބޮޑު އޮޕަރޭޝަނެއް ކަމަށާއި އެމެރިކާއިން ފޮނުވި ފައިސާގެ ދެބައިކުޅަ އެއްބައި ގެއްލިފައިވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޓްރަމްޕްގެ މި ވާހަކަތަކާ ގުޅިގެން އެމެރިކާގެ ސިޔާސީ މައިދާނުގައި ޚިޔާލުތަފާތުވުންތައް ވަނީ އުފެދިފައެވެ. އިލިނޯއީގެ ޑިމޮކްރެޓިކް ސެނެޓަރު ޑިކް ޑާބިން އެ ވާހަކަތައް ސިފަކުރެއްވީ ލަދުވެތި އަދި ބަލައިނުގަނެވޭނެ ވާހަކަތަކެއްގެ ގޮތުގައެވެ. ޑާބިން ވިދާޅުވީ ޤައުމު ދިފާޢުކުރުމުގައި އެތައް ހާސް ޔޫކްރެއިން ރައްޔިތުންނެއް ޤުރުބާންވެފައިވަނިކޮށް، އެ ޤައުމަކީ އިސްވެ ޙަމަލާދިން ފަރާތެއްގެ ގޮތުގައި ދެއްކުމަކީ ބޮޑު ބޭއިންސާފެއް ކަމަށެވެ. ނަމަވެސް، މިސޫރީގެ ރިޕަބްލިކަން ސެނެޓަރު އެރިކް ޝްމިޓް ޓްރަމްޕް ދިފާޢުކުރައްވަމުން ވިދާޅުވީ ޓްރަމްޕަކީ މޮޅު މަޝްވަރާވެރިއެއް ކަމަށާއި އޭނާ މަސައްކަތްކުރައްވަނީ ސުލްޙަ ޤާއިމުކުރުމަށް ކަމަށެވެ. ލުއިޒިއާނާގެ ޑިމޮކްރެޓިކް ސެނެޓަރު ޖޯން ކެނެޑީ ވިދާޅުވީ ހަނގުރާމަ ފެށީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕޫޓިން ކަމަށާއި، ޕޫޓިންއަކީ ލޭއޮހޮރުވުމަށް ލޯބިކުރާ ގޭންގްސްޓަރެއް ކަމަށެވެ.

ޓްރަމްޕްގެ ބަސްތަކާ ގުޅިގެން ޔޫކްރެއިންގެ މޭޔަރުންނާއި މަޖިލިސް މެންބަރުން އަދި އޮފިޝަލުން ވަނީ ރައީސް ޒެލެންސްކީގެ ފަހަތްޕުޅަށް އަރައި އެއްބައިވަންތަކަން ދެއްކުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. މި ދަނޑިވަޅުގައި އެމެރިކާގެ ޚާއްޞަ މަންދޫބު ކީތު ކެލޮގް ވަނީ މަތީ ފެންވަރުގެ މަޝްވަރާތަކަށް ޔޫކްރެއިނަށް ވަޑައިގެންފައެވެ. މަންދޫބު ވަޑައިގެންނެވި ވަގުތުވެސް ރަޝިޔާއިން ވަނީ އޮޑެސާއަށް ޑްރޯން ޙަމަލާތަކެއް ދީ، 160،000 ރައްޔިތުން ކަރަންޓާއި ހޫނުކުރުމުގެ ޚިދުމަތުން މަޙްރޫމްކޮށްފައެވެ.

ޔޫކްރެއިނާއި ވިލާތުގެ ޤައުމުތައް ބާކީކޮށް، ސައޫދީ ޢަރަބިއްޔާގައި އެމެރިކާއާއި ރަޝިޔާއާ ދެމެދު ބޭއްވި މަޝްވަރާތަކާ ގުޅިގެން ކިއެވްގައި ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. ޒެލެންސްކީގެ މުޝީރު މިޚައިލޯ ޕޮޑޮލިޔަކް ވިދާޅުވީ އިސްވެ ޙަމަލާދިން އަދި ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވި ޤައުމަކަށް މަޝްވަރާތަކުގައި އިސްކަންދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، ރައީސް ޕޫޓިން ވިދާޅުވީ އެ މަޝްވަރާތައް ދިޔައީ ރަޙްމަތްތެރި މާޙައުލެއްގައި ކަމަށާއި، ޔޫކްރެއިން މަޝްވަރާތަކުން ބާކީ ނުކުރާނެ ކަމަށް ޓްރަމްޕް ވިދާޅުވެފައިވާތީ ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ސްވިޑަންގެ ބޮޑުވަޒީރު އުލްފް ކްރިސްޓަރސަން ވަނީ ޒެލެންސްކީއަކީ ޑިކްޓޭޓަރެއް ކަމަށް ބުނާ ވާހަކަ ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޒެލެންސްކީއަކީ ޑިމޮކްރެޓިކް ހަމަތަކުން ހޮވިފައިވާ ވެރިއެއް ކަމަށާއި، ދެމެހެއްޓެނިވި ސުލްޙައެއް ޤާއިމުކުރެވޭނީ ޔޫކްރެއިން ބައިވެރިކޮށްގެން ކަމަށެވެ. އަދި ރަޝިޔާއަށް އަލުން ތައްޔާރުވާން ފުރުޞަތު ލިބޭ ފަދަ ކުއްލި ސުލްޙައަކަށް ވިލާތުން ޖާގަދީގެން ނުވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަޝިޔާގެ ޙަމަލާތަކާ ގުޅިގެން 2022 ވަނަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން ޔޫކްރެއިންގައި އަސްކަރީ ޤާނޫނު (މާޝަލް ލޯ) އިޢުލާނުކޮށްފައި އޮތުމުން، ޤާނޫނީ ގޮތުން އިންތިޚާބު ބޭއްވޭކަށް ނެތެވެ. ޒެލެންސްކީގެ ފަސް އަހަރުގެ ދައުރު 2024 ވަނަ އަހަރު ހަމަވެފައިވާއިރު، ރަޝިޔާއިން މިހާރުވެސް ދަނީ ޔޫކްރެއިންގެ 20 އިންސައްތަ ސަރަޙައްދު ކޮންޓްރޯލްކޮށް، އިރުމަތީ ސަރަޙައްދުތަކަށް ބާރުފޯރުވަމުންނެވެ.