ޗައިނާގެ ވަރުގަދަ އޭއައި މޮޑެލްތަކާއި ސޯސް ކޯޑު އެހެން ގައުމުތަކަށް ވިއްކުން ހަނިކުރަނީ
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ޓެކްނޮލޮޖީއަށް ބޮޑު އިސްކަމެއް ދީގެން، ގައުމުން ބޭރުކުރުން ކޮންޓްރޯލްކުރާ މުހިންމު 40 ޓެކްނޮލޮޖީއެއްގެ ލިސްޓަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ޗައިނާ ސަރުކާރުން ހުށަހަޅައިފި އެވެ. މި ބަދަލުތައް ހުށަހަޅާފައި ވަނީ ޗައިނާގެ މިނިސްޓްރީ އޮފް ކޮމާސް (މޮފްކޮމް) އަދި މިނިސްޓްރީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީންނެވެ. އެކުލަވާލާފައިވާ އައު އިސްލާހުތަކުގައި ހިމެނޭ 40 ޓެކްނޮލޮޖީގެ ތެރެއިން 23 ޓެކްނޮލޮޖީއަކީ ސީދާ އޭއައިއާ ގުޅުންހުރި ކަންކަމެވެ. މީގެ ތެރޭގައި ލާޖް ލެންގުއޭޖް...