ހޫޘީން ސައޫދީއަށް ދިން ހަމަލާއެއްގައި 6 މީހަކު ޒަޚަމްވެ، ގެތަކަށާއި ކާރުތަކަށް ބޮޑެތި ގެއްލުންތަކެއް
ސައޫދީ އަރަބިއްޔާގެ ނަޖްރާން ސިޓީގެ އާންމުން ދިރިއުޅޭ ސަރަހައްދަކަށް، ޓެރަރިސްޓް ހޫޘީ މިލީޝިއާއިން ފޮނުވާލި ހަމަލާއެއް އަރައި، ސައޫދީގެ ހަ ރައްޔިތަކު ޒަޚަމްވެއްޖެއެވެ. އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި ބައެއް ގޭގެއަށާއި އުޅަނދުތަކަށްވެސް ވަނީ އެކިވަރުގެ މާއްދީ ގެއްލުންތައް ލިބިފައެވެ. މި ހާދިސާއާ ގުޅޭ ތަފުސީލު ހާމަކުރަމުން ސައޫދީ އަރަބިއްޔާގެ ޖެނެރަލް ޑައިރެކްޓަރޭޓް އޮފް ސިވިލް ޑިފެންސުން ބުނީ، ހޫޘީން ފޮނުވާލި މި ހަމަލާ (ޕްރޮޖެކްޓައިލް) އަމާޒުވެފައިވަނީ ނަޖްރާންގެ އާންމުން ދިރިއުޅޭ އަވަށަކަށް...