ރާއްޖެ ޖިހާދުގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކޮށްފި ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ. 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ ޖިހާދުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ޚަބަރު ޒުވާނުން އަމާޒެއް ކަނޑައަޅައި އެއަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ވަޒީރުގެ އިލްތިމާސެއް ޒުވާނުންގެ ދުވަހު އަމާޒެއް ކަނޑައަޅައި ހީވާގިކަމާއިއެކު ނުކުމެ އަމާޒަށް ވާސިލްވުމަށް ގަދައަޅާ މަސައްކަތް ކުރުމަށް ޒުވާނުން ބާރުވެރި ކުރުމާއި މައުލޫމާތާއި ފަންނާއި ބެހޭ ވަޒީރު އިބްރާހީމް ވަހީދު (އަސްވާޑް) އިލްތިމާސްކޮށްފިއެވެ. ވަޒީރު މިފަދައިން އިލްތިމާސް ކޮށްފައިވަނީ ޒުވާނުންގެ ދުވަހާއި ގުޅުވައިގެން ދެއްވި ހާއްސަ ހިތާބުގައެވެ. ކޮންމެ އަހަރެއްގެ ވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަސް ފާހަގަ ކުރަމުން އަންނަނީ ޒުވާނުންގެ ދުވަހުގެ ގޮތުގައެވެ. ވަޒީރު ވިދާޅުވީ ޒުވާނުންނަކީ ގައުމެއްގެ އެންމެ އަގުހުރި ތަރި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމަތީގެ ތިން ރަށް ހިމެނޭހެން ނުވަ ރަށެއްގައި ފެންބޮޑުވުމުން އެހީތެރިކަން ފޯރުކޮށްދީފި ނޭޝަނަލް ޑިޒާސްޓާ މެނޭޖްމެންޓް (އެންޑީއެމްއޭ) އިން ބުނީ، މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި 9 ރަށެއްގައި ފެން ބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ.ބާރަށް، ހއ.ދިއްދޫ، ކުޅުދުއްފުށި ސިޓީ، ޅ.ނައިފަރު، ޅ.ކުރެންދޫ، ގއ.ދެއްވަދޫ، ސ.ހިތަދޫ، ސ.މަރަދޫ އަދި ސ.ފޭދޫއެވެ. ކުރިއަށް އޮތް ވަގުތުތަކުގައި އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ ހއ އިން ތ އަތޮޅަށް ރީނދޫ ސަމާލު ނެރެފައެވެ. މިރޭ ދަންވަރު އެކެއް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނު ތަކަންދޫގައި: ދުނިޔޭގެ ހިރިގަލު މަހާނައިގެ އެންމެ ބޮޑު ގަބުރުސްތާނު ދިވެހިރާއްޖޭގެ އައްޑޫ މީދޫ ކޯގަންނު ގަބުރުސްތާނަކީ ބިމުގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ ބޮޑު އާސާރީ ގަބުރުސްތާނެވެ. އަދި ދިވެހިރާއްޖޭގައި މިހާރު ފެންނާން އޮތް އެންމެ ޤަދީމީ އެއް ގަބުރުސްތާނެވެ. ކޯގަންނު ގަބުރުސްތާނުގައި 1535 މަހާނަ (މަހާނަގާ) ހުރި ކަމަށް ރިކޯޑުކުރެވިފައިވެއެވެ. ކޯގަންނު ގަބުރުސްތާނުގެ ބޮޑުކަމާއި، ދޮށިކަމާއި، ތާރީޚީ ގޮތުން އެތަނަށް ލިބިގެންވާ ޚާއްޞަ އެތައް ސަބަބަކާ ހުރެ އެ ގަބުރުސްތާނަކީ ސަގާފީ ތަރިކައިގެ ގޮތުން ދިވެހިރާއްޖޭގެ އެންމެ މުއްސަނދި އެއް ގަބުރުސްތާނެވެ. ދިވެހިރާއްޖޭގެ ޤ... އަޙްމަދު ސާލިމް · 2 އަހަރު ކުރިން
ރާއްޖެ ދަނޑިފުޅު ދޫނި ހިފާނަމަ ފިޔަވަޅު އަޅާނަން ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭގެ މާހައުލުގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފާނަމަ އެ ފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އަޅާނެކަމުގައި އެ ރަށު ކައުންސިލުން ބުނެފިއެވެ. ދަނޑިފުޅު ދޫންޏަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޤާނޫނުގެ ދަށުން ހިމާޔަތް ކޮށްފައިވާ ދޫންޏެކެވެ. ކޮނެޑޭ ކައުންސިލުން ބުނީ އެ ރަށުގެ ވެށީގައި ދިރިއުޅޭ ދަނޑިފުޅު ދޫނި ހިފައި، އޭގެ ވެއްޓަށް ގެއްލުންދޭ ކަމުގެ ޝަކުވާ އެ ކައުންސިލަށް ލިބެމުން އަންނަ ކަމަށެވެ. އެ ކައުންސިލުން އިތުރަށް ބުނީ ހިމާޔަތް ކޮށްފައިވާ ދޫންޏެއް [... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ “ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތް 2024” ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސަލްގެ ރޫހު އާލާކޮށް ދިރުވުމާއި، ފުޓްސަލްއަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުސަތު ހޯދައިދިނުމާއި، އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމެވެ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު މޫސުން ވަރަށް ބޮޑަށް ގޯސްވެ، ހއ.އަތޮޅުން ށ.އަތޮޅަށް އޮރެންޖް ސަމާލު ނެރެފި މޫސުން ވަރަށް ބޮޑަށް ގޯސްވެ ރާއްޖޭގެ އެންމެ އުތުރުގެ ތިން އަތޮޅުކަމަށްވާ ހއ، ހދ، އަދި ށ އަތޮޅަށް އޮރެންޖް ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ ބޯކޮށް ވާރޭވެހި ގުގުރައި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފައެވެ. މި ސަމާލުގެ ވަގުތަކީ މިރޭ 19:00 އާއި ހަމައަށެވެ. އިއްޔެއިން ފެށިގެންރާއްޖޭގެ އެކި ސަރަހައްދަށް ބޯކޮށް ވާރޭވެހި، ވައި ވަރަށް ގަދަވެފައިވާއިރު، ރޭ ދަންވަރުން ފެށިގެން މެދުކެނޑުމެއް ނެތި ވާރޭ ވެހެމުންދާކަން ފާހަގަކުރެވެއެވެ. މިމަހުގެ 9 ވަނަ ދުވަހު މޫސުމާ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ އިފްތިތާޙްކޮށްފި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ މިއަދު އިފްތިތާޙްކޮށްފިއެވެ. މިކަމަށް ބޭއްވި ރަސްމިއްޔާތު އޮތީ މިއަދު ރައީސް އޮފީހުގައެވެ. މި ރަސްމިއްޔާތުގައި މި ކޮމިޓީ އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވަނީ ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ މެންބަރުންނަށް ބެޖު ހަވާލުކޮށްދެއްވާފައެވެ. މި ބޯޑު އިފްތިތާހުކޮށްދެއްވުމަށްފަހު މިއަދު ރައީސް އޮފީހުގައި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީގެ ފުރަތަމަ ބައްދަލުކުރުން ވަނީ ބާއްވާފައެވެ. މި ބައްދަލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ފަލަސްޠީނުގެ ރައީސް ރަޝިޔާއަށް ޒިޔާރަތްކުރައްވަނީ ރަސްމީ ދަތުރުފުޅެއްގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު އައްބާސް މިއަދު ރަޝިއާއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ. އޯގަސްޓް 12 އިން 14 އާ މިދަތުުރުފުޅު ކުރައްވަން ހަމަޖެހިފައިވާއިރު، މިއީ 2021 ވަނަ އަހަރުން ފެށިގެން ރައީސް އައްބާސް މޮސްކޯއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ރަޝިއާއިން މެދުއިރުމަތީގެ ބައެއް ގައުމުތަކާއެކު ގުޅުން ބަދަހިކުރާއިރު، ފަލަސްޠީނު އޮތޯރިޓީގެ އިތުރުން، ރަޝިޔާއިން ވަނީ އިސްރާއީލާއި ޙަމާސްއާވެސް ގުޅުން ބަދަހިކޮށްފައެވެ. އެމެރިކާއާ ރަޝިއާ ދެމެދ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔުކްރޭންގެ ހަނގުރާމައަށް އިންޑިއާގެ ރައްޔިތުން ވައްދަން މަސައްކަތް ކޮށްފައެއްނުވާނެ: ރަޝިއާ ޔުކްރެއިންގެ ހަނގުރާމައަށް އިންޑިއާގެ ރައްޔިތުން ވައްދަން އެއްވެސް މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ރަޝިއާގެ އެމްބަސީން ބުނެފިއެވެ. އިންޑިއާގެ ނިއުދިއްލީގައި ހުންނަ ރަޝިއާގެ އެމްބަސީން މިހެން ބުނެފައިވަނީ ބައެއް އިންޑިއާ ރައްޔިތުން ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ކަމަށް ބުނެ ނޫސްތަކުގައި ޚަބަރު ޝާއިޢުވުމާ ގުޅިގެންނެވެ. އެމްބަސީގެ ބަޔާނުގައި ބުނެފައިވަނީ ރަޝިއާގެ ސިފައިންގެ ގޮތުގައި މަސައްކަތް ކުރަމުންދާ ބައެއް އިންޑިއާ ރައްޔިތުން ޔުކްރެއިންގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެކްސްއާ ދެކޮޅަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅައިފި ކުރީގެ ޓްވިޓަރ ޗެއަރމަން އޮމިޑް ކޯޑެސްޓާނީ އެކްސް އާ ދެކޮޅަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅައިފިއެވެ. 2015 އިން 2020 އަށް ޓްވިޓަރގެ އެގްޒެކެޓިވް ޗެއަރމަންގެ މަޤާމު ފުރުއްވި އޮމިޑް ކޯޑެސްޓާނީ އެކްސް (ކުރީގެ ޓްވިޓަރ) އަށް 20 މިލިއަން ޑޮލަރުގެ މައްސަލައެއް ހުށަހަޅާފައިވަނީ ކުންފުނިން އޭނާއަށް ދޭންޖެހޭ ހިއްސާތައް ދިނުމަށް އިންކާރުކުރުމާ ގުޅިގެންނެވެ. ކެލިފޯނިއާގެ ސުޕީރިއަރ ކޯޓަށް ހުކުރު ދުވަހު ހުށަހެޅި މި މައްސަލައިގައި ބުނެފައިވާ ގޮތުގައި، ކޯޑެސްޓާނީ ވަނީ ގޫގުލްގައި އަދާކުރަމުންދިޔަ މަތ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ޚާރިޖީ ވަޒީރު ޒަމީރު ބަހުރެއިނަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ބަޙްރައިނަށް ކުރަށްވާ ރަސްމީދަތުރެއްގައި ފުރާވަޑައިގެންފިއެވެ. ޚާރިޖީ ވުޒާރާއިން ބުނީ ޚާރިޖީ ވަޒީރުގެ މި ދަތުރަކީ ބަޙްރައިންގެ ޚާރިޖީ ވަޒީރު ޑރ. އަބްދުއްލަތީފް ބިން ރާޝިދު އަލް ޒަޔާނީގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ވަޒީރުގެ މި ދަތުރުގައި ބަޙްރައިންގެ ޚާރިޖީ ވަޒީރުގެ އިތުރުން އެ ޤައުމުގެ ފިނޭންސް އެންޑް ނޭޝަނަލް އިކޮނޮމީ މިނިސްޓަރާއި އޮއިލް އެންޑް އެންވަޔަރަމަންޓް މިނިސްޓަރާއި ޓޫރިޒަމް މިނިސްޓަރާވެސް ބައްދަލުކުރައްވަން ވަނީ ހަމަޖެހިފައެވެ. މި ބައްދަލުކުރުންތަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އެއްބަސްވުމަކަށް އަންނަންޖެހޭ: ކަމާލާ ހެރިސް ޣައްޒާގައި ހަނގުރާމަ ހުއްޓާލަން އަވަސް އެއްބަސްވުމަކަށް އަންނަންޖެހޭ އެމެރިކާގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމާލާ ހެރިސް ވިދާޅުވެއްޖެއެވެ. ހެރިސް ވިދާޅުވެފައިވަނީ ޣައްޒާގެ ހާލަތާ މެދު ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށާއި ހަމަލާތައް ހުއްޓާލަން އެއްބަސްވުމަކަށް ދިއުން ވަރަށް މުހިއްމު ކަމަށެވެ. މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް ކަމާލާ ހެރިސް ވަނީ އިއްޔެ ރޭ ފަތިހު ޣައްޒާގެ ސްކޫލަކަށް އިޒްރޭލުން ދިން... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ހަނގުރާމަ ހުއްޓުވުމަށް ކުރެވެން ހުރި މަސައްކަތެއް ކުރުމަށް އިސްރާއީލުގެ ޖަމިއްޔާއަކުން ގޮވާލައިފި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ނިރުބަވެރި ހަމަލާތައް ހުއްޓުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަން ޖެހޭ ކަމަށް އިސްރާއީލުގެ އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށްވާ ބީޓްސެލެމްއިން ގޮވާލައިފިއެވެ. ބީޓްސެލެމްއިން ބުނެފައިވަނީ ހަނގުރާމަ ކުށްވެރިކުރުމާއި މީޑިއާތަކުން ނެރޭ ސްޓޭޓްމަންޓްތަކާއި ރިޕޯޓުތަކުން ނުފުދޭ ކަމަށެވެ. އަދި ޣައްޒާގައި އާންމުން ގިނަ އަދަދަކަށް މަރުވަމުންދާ މަރުތައް ހުއްޓުވައި، ހަނގުރާމަ ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުން ކުރެވެން ހުރި ހުރިހ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
މަޖިލިސް ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ: ވަޒީރު ހައިދަރު ފަޅުންނާއި ކަނޑުން ދީފައި ހުންނަ ތަންތަނަށް ގޯއްޗެކޭ ނުކިޔާނެ ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރު މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 26 ވަނަ ޖަލްސާގެ އެޖެންޑާގައި ވަޒީރުންނާއި ސުވާލުކުރުމުގެ ބައިގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަލީ ހައިދަރާއި ސުވާލުކުރުން ވަނީ ހިމަނާފައެވެ. ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހީމް، ވަޒީރާ ކުރައްވާ މި ސުވާލަށް ޖަވާބު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން