ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން އަތޮޅުގެ ރަށްތަކުގެ ކަނބަލުންނަށް ހާއްސަކޮށްގެން ބާއްވާ "ތިލަދެކުނު އަންހެން ފުޓްސަލް މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އަތޮޅުގެ އަންހެން ކަނބަލުންގެ މެދުގައި ފުޓްސަލްގެ ރޫހު އާލާކޮށް ދިރުވުމާއި، ފުޓްސަލްއަށް ޝައުގުވެރިކަން ހުންނަ ކުޅުންތެރިންނަށާއި ޓީމުތަކަށް އެ ފުރުސަތު ހޯދައިދިނުމާއި، އަތޮޅުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ދެމެހެއްޓުމެވެ.

Ad
rt

ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ބާއްވާ މި މުބާރާތް ފެށުމަށް ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރ މަހުގެ 27 ވަނަ ދުވަހެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން އެކަމަށްޓަކައި ހާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު މި މަހުގެ 22 ވަނަ ދުވަހުގެ 12:00 ގެ ކުރިން ސަބްމިޓް ކުރެއްވުމަށް އަތޮޅު ކައުންސިލުން އެދެއެވެ.

ހދ.އަތޮޅު ކައުންސިލުން ވަނީ އަތޮޅުގެ ކްލަބް ޖަމިއްޔާތަކަށް އަމާޒުކޮށްގެން ބާއްވާ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވެސް މިހާރު ހުޅުވާލާފައެވެ. އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ 50000 (ފަންސާސް ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ކަނޑައަޅާފައެވެ.