ތިލަދުންމަތީ ޚަބަރު ވިއްސާރާގައި ބޮޑުތިލަދުންމަތީގެ ގިނަ ރައްތަކެއްގައި ފެންބޮޑުވެ ގެއްލުންތައްވެއްޖެ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތިލަދުންމަތީގައި ހިމެނޭ އެންމެ އުތުރުގެ ދެ އަތޮޅުކަމަށްވާ ހއ. އަދި ހދ. އަތޮޅުގެ ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ، އެކިވަރުގެ ގެއްލުންތައް ލިބިއްޖެއެވެ. މިގޮތުން ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް (އެންޑީއެމްއޭ) އިން ހާމަކުރައްވާފައިވާ މައުލޫމާތަށް ބަލާއިރު މިރޭ 7:00 އާއި ހަމައަށް މި ދެ އަތޮޅުގެ 16 ރަށަކުން ގެއްލުންތައް ވެގެން ރިޕޯޓުކޮށްފައިވެއެވެ. ގެއްލުންތައް ލިބިގެން ރިޕޯޓުކޮށްފައިވާ ހއ. އަތޮޅުގެ ރަށްތަކަކީ އިހަވަންދޫ، ހޯރަފުށި، ބާރަށް، އުލިގަމް،... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މޫސުން ގޯސްވުމުން، މާދަމާ ސަރުކާރު ބަންދު މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މާދަމާއަކީ ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ހަމަޖައްސަވައިފިއެވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ސްޕޯކްސްޕާސަން ހީނާ ވަލީދު މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން މާދަމާ (14 އޮގަސްޓް 2024) ސަރުކާރު ބަންދު ދުވަހެއްކަމުގައި ރައީސުލް ޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ. ހީނާ އިތުރަށް ވިދާޅުވީ މާދަމާ ސަރުކާރު ބަންދު ދުވަހެއްކަމުގައި... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރިޕޯޓް ދިމާވާ މޫސުމީ ކާރިސާއަކާއި ގުޅިގެން އެހީތެރިކަމަށް އެދި ގުޅަންވީ ކޮން ނަންބަރަކަށް؟ ދިމާވާ އެކިއެކި ކުއްލި ހާލަތްތަކުގައި އެހީތެރިކަމަށް އެދި ތިބާ ގުޅަންޖެހޭ ނަންބަރުތައް އިނގިފައި އޮތުމަކީ މުހިންމުކަމެކެވެ. އެ ދިމާވާކަމެއް ސިއްހާ ކުއްލި ކަމަކަށް ވެސް ވެދާނެއެވެ. އެހެންކަމަށްވާނަމަ ގުޅަންވީ އެމްބިއުލާންސްގެ ނަންބަރުތައް އެނގިފައި ހުރުމަކީ ހާލަތަށް ތައްޔާރުވެ ހުރުމެވެ. އެފަދަ އެތައް ހާލަތެއް ދިރިއުޅުމުގައި ކުރިމަތިވެއެވެ. އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ސަރުކާރުގެ މުއައްސަސާއެެއްގެ އެހީތެރިކަމަށް އެދެންޖެހޭ ހާލަތެއްގައި އެފަދަ ނަންބަރުތައް ކޮންޓެކްޓް ލިސްޓުގައި އޮތުމަކީ އެހާލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޕީޖީގެ މަޤާމުން ޝަމީމް ވަކިކުރަން ހުށަހަޅައިފި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ހުސެއިން ޝަމީމު މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ. ޕީޖީގެ މަޤާމުން ޝަމީމު ވަކިކުރަން މަޖިލީހަށް ހުށަހަޅާފައި ވަނީ ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ރައްޔިތުންގެ މަޖިލީހުގެހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު އެވެ. ޝާމީމް ވަކިކޮށްދޭން އެދި މެންބަރު ޝާހިދު ފޮނުއްވި ސިޓީ މިއަދު އޮތް، މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި ވަނީ އިއްވާފައެވެ. އެއީ ޝަމީމް ޢަމަލުކުރައްވަނީ ޕީޖީގެ މަގާމުގައި ހުންނަވާ ބޭފުޅަކު އަމަލުކުރައް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތެލިސީމިއާ އަށް އެންމެ ބޮޑު އިސްކަމެއް ދިނީ މި ސަރުކާރުން: ސާޖިދާ ރާއްޖޭގެ ތާރީޚުގައި ވެސް ތެލެސީމިޔާއަށް އެންމެ އިސްކަމެއްދީފައި ވަނީ މި ސަރުކާރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ. އެކަމަނާ މިހެން ވިދާޅުވީ، ދިހަ އަހަރު ދުވަހުގެ ތެލަސީމިޔާ ޕްރިވެންޝަން އެންޑް ކޮންޓްރޯލް މާސްޓަރ ޕްލޭން އާއި ގުޅޭގޮތުން ކަމާއި ގުޅުންހުރި ފަރާތްތަކާއެކު މަޝްވަރާކުރުމަށް ބާއްވާ މަސައްކަތު ބައްދަލުވުން ހުޅުވުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި މިއަދު ދެއްކެވި ވާހަކަފުޅުގައެވެ. އެ ރަސްމިއްޔާތުގައި ދެއްކެވިވާހަކަފުޅުގައި ތެލެސީމިޔާގެ ހި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ މަގުތައް ހެދުމަށް ފަށާ މަޝްރޫއު ނިމުމުން ފެެންބޮޑުމުގެ މައްސަލައަށް ހައްލު ލިބޭނެ: ރައީސް މާލޭ ސިޓީގެ މަގުތައް ރަނގަޅު ފެންވަރަކަށް ހެދުމަށް މި ސަރުކާރުން ފަށާ މަޝްރޫއު ނިމުމުން، މާލޭ އަށް ކުރިމަތިވެފައިވާ ފެެންބޮޑުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރާގައި މާލެއަށް ބޯ ކެރިވެހި ބޮޑުބަޔެއްގައި ވަނީ ވަރަށް ބޮޑަށް ފެން ބޮޑުވެފައެވެ. ރާއްޖެއަށް ކުރަމުންދާ ވިއްސާރައާއި ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި މޫސުން ގޯސްވުމުގެ ސަބަބުން ބައެއް ރޫޓްތަކުގެ ފެރީ ދަތުރުތައް ކެންސަލްކުރަންޖެހިދާނެ: އެމްޓީސީސީ ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައާއި ގުޅިގެން ކަނޑުދަތުރުކުރުމުގައި ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކޮށްފައި ވުމާއެކު، މޫސުމާއި ގުޅިގެން އެމްޓީސީގެ ފެރީ އޮޕަރޭޓްކުރާ ބައެއް ރޫޓްތަކުގެ ދަތުރުތައް ކެންސަލް ކުރަންޖެހުން އެކަށީގެންވާކަމަށް އެ ކުންފުނިން ބުނެފިއެވެ. އެ ކުންފުނީގެ ކަސްޓަމަރުންގެ ސަމާލުކަމަށް ނެރުނު މެސެޖެއްގައި މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރައިގައި ދިވެހިރާއްޖޭގެ ބޮޑު ބަޔަކަށް ބޯކޮށްވާރޭވެހި، ވިލާގަނޑުގައި 45 މޭލާއި ހަމައަށް ވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ މިހިނގާ ދައުރު މިމަހު 26 އާއި ހަމައަށް ދަންމާލަނީ ރައްޔިތުންގެ މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ދަންމާލުމަށް މިއަދުގެ ޖަލްސާގައި ވޯޓަށް އަހަން ނިންމައިފިއެވެ. މިހާރު ހިނގަމުން ދަނީ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރެވެ. ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބުނާގޮތުން މަޖިލީހުގެ ދެވަނަ ދައުރުގެ މުއްދަތަކީ ޖޫން މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޯގަސްޓް މަހުގެ 15 އަށެވެ. މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާފައްޓަވަމުން ރިޔާސަތުން ހުށަހަޅާކަންކަމުގެ ތެރޭގައި މަޖިލީހުގެ ރައީސް އަބުއްރަޙީމް ޢަބުދުﷲ ވަނީ އެކަން ފާހަގަކުރައްވައި ދައުރ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްއާއެކު އެކްސްގައި ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުން: އެލޮން މަސްކް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާއެކު އެކްސް (ކުރީގެ ޓްވިޓަރ) މެދުވެރިކޮށް ކުރިއަށްދިޔަ އިންޓަވިއު ހުއްޓުމަކަށް އައީ ޑީޑޯސް ހަމަލާއެއްގެ ސަބަބުންކަމަށް އެކްސްގެ ވެރިޔާ އެލޮން މަސްކް ބުނެފިއެވެ. އެމެރިކާގެ އިރުމަތީ ގަޑިން ރޭ 8:00 ގައި ފެށުމަށް ހަމަޖެހިފައިވާ މި އިންޓަވިއު ފެށުމަށްފަހު ކުރިއަށް ނުދެވުމާ ގުޅިގެން، މަސްކް ވަނީ އެކްސްގައި މެސެޖެއް ޕޯސްޓްކޮށްފައެވެ. މި މެސެޖުގައި އޭނާ ބުނެފައި އެކްސްއަށް ބޮޑު ޑީޑޯސް ހަމަލާއެއް އަމާޒުވެފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި މި ހަމަލާ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ވިޔަފާރި ފެނަކައިން ޚަރަދު ކުޑަ ކުރުމަށް ކުރަމުންދާ މަސައްކަތްތައް މާލީގޮތުން ވެއްޓިފައިވާ އަނދަވަޅުން ކުންފުނި ސަލާމަތް ކުރުމަށް ކުރަންޖެހޭ ގިނަ މަސައްކަތަކެއް ފަށާފައިވާކަމަށް އެ ކުންފުނިން ބުނެފިއެވެ. ފެނަކައިން ބުނީ އެ ކުންފުނީގެ ހިންގުމަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޚިދުމަތް ދިނުމުގައި ޚަރަދު ކުޑަ ގިނަ އުޞޫލުތަކެއް ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވަ ކަމަށެވެ. ޚަރަދުކުޑަކުރުމަށް ފެނަކައިން އަޅަން ނިންމާފައިވާ ފިޔަވަޅުތައް މާލީގޮތުން ކުންފުނި އަމާން އައްސޭރިއަކަށް ގެންދިޔުމަށް އެ ކުންފުނިން ފަށާފައިވާ މަސައްކަތުގެ ތެރޭގައި، މީގެ ކުރިން ނުއަގުގައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބާރުތަކުން ބަޔާނެއް ނެރެއްފި މެދުއިރުމަތީގައި ހަމަޖެހުން ގާއިމުކުރުމަށް ގޮވާލައި ހުޅަނގުގެ ބޮޑެތި ބާރުތަކުން ބަޔާނެއް ނެރެއްފިއެވެ. މެދުއިރުމަތީގައި ހަނގުރާމައިގެ ބިރުވެރިކަން އިތުރުވަމުންދާ ދަނޑިވަޅެއްގައި ހަމަޖެހުމަށް ގޮވާލައި ބަޔާނެއް ނެރެފައިވަނީ އެމެރިކާ، އިނގިރޭސިވިލާތް، ފަރަންސޭސިވިލާތް، ޖަރުމަނުވިލާތް އަދި އިޓަލީވިލާތް ގުޅިގެންނެވެ. މި ބަޔާނުގައި ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށާއި ރަހީނުން ދޫކޮށްލުމަށް ކުރެވޭ މަސައްކަތްތަކަށް ފުރިހަމަ ތާއީދު އޮތްކަން ފާހަގަކޮށްފައިވެއެވެ. މި ބަޔާނުގައި، އެމެރިކާގެ ރައީސ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާ ހަނގުރާމައަށް 311 ދުވަސް: 16،500 ކުޑަކުދިން މިހާތަނަށް ޝަހީދުވެއްޖެ ޣައްޒާއަށް އިޒްރޭލު ސިފައިން ހުއްޓުމެއްނެތި ހަމަލާ ދެމުންދާތާ 311 ދުވަސް ވެފައިވާއިރު، މި މުއްދަތުގެ ތެރޭގައި ގާތްގަނޑަކަށް 16،500 ކުޑަކުދިން ޝަހީދުވެފައި ވާކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކޮށްފައިވާ ހިސާބުތަކުން ދައްކާގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ފަލަސްތީނުގެ ޖުމްލަ 39،897 މީހުން ވަނީ މިހާތަަނަށް ޝަހީދުވެފައެވެ. މީގެ އިތުރުން ފަލަސްތީނުގެ 10،000 އަށްވުރެ ގިނަ މީހުން ވަނީ ވީނުވީއެއް ނޭނގި ގެއްލިފައެވެ. ޣައްޒާގެ ހެލްތު މިނިސްޓްރީން ހާމަކ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިހަވަންދޫ ނަރުދަމާ ނެޓްވޯރކް ފުރި، ފާހާނާތަކުން ފެންބޮޑުވެ ނަޖިސް ބޭރުވެދާނެކަމުގެ ބިރު! މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން އިހަވަންދޫގެ ނަރުދަމާ ނެޓްވޯރކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށް ފެނަކަ ކޯޕަރޭޝަންގެ އިހަވަންދޫ ބްރާންޗުން މަޢުލޫމާތު ދީފިއެވެ. ފެނަކައިން ބުނާ ގޮތުގައި، މިވަގުތު ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރާ ޕަންޕް ސްޓޭޝަންތަކަށް އާދަޔާ ޚިލާފަށް ނެޓްވޯރކްގެ ތެރެއިން ވާރޭފެން އެޅި، ޕަންޕްތަކަށް ކޮންޓްރޯލް ނުވެގެން ސްޓޭޝަންތައް ފުރެމުން އަންނަކަން ވަނީ ފާހަގަކުރެވިފައެވެ. މި މައްސަލަ ވަގުތުން ހައްލު ނުކުރެވިއްޖެނަމަ، ޕަންޕިން ސް... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގެ އަތޮޅުތަކަށް 50 މޭލަށް ވައިގަދަވާނެ، ރީނދޫ ސަމާލު! ރާއްޖޭގެ އުތުރު އަދި މެދު ސަރަޙައްދުތަކަށް މޫސުން ގޯސްވުމުމުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް (މެޓް) އިން ސަމާލު ނެރެފިއެވެ. މި ސަމާލު ނެރެފައިވަނީ މިރޭ ދަންވަރު 1:00 އިން ހެނދުނު 7:00 އަށެވެ. މެޓްގެ މަޢުލޫމާތު ދެއްވާ ގޮތުގައި، ރާއްޖޭގެ އުތުރު ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާކުރެވެއެވެ. އަދި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވެ ކަނޑުތައް ވަރަށް […] އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ އިމިގްރޭޝަން ވޮޗްއަށް 290 މައްސަލަ ދިވެހިރާއްޖޭގައި ގަވާއިދާ ޚިލާފަށް ދިރިއުޅޭ ބިދޭސީންނާ ގުޅޭ މަޢުލޫމާތާއި އިމިގްރޭޝަނާ ގުޅުންހުރި އެހެނިހެން މައްސަލަތައް ރިޕޯޓުކުރުމަށް ތަޢާރަފުކުރެވުނު “އިމިގްރޭޝަން ވޮޗް” އޮންލައިން ޕޯޓަލަށް، 290 މައްސަލަ ހުށަހެޅިފައިވެ އެވެ. ސަރުކާރުގެ ރަސްމީ ވެބްސައިޓް “ސަރުކާރު.އެމްވީ” ގައި ޝާއިޢުކޮށްފައިވާ ޚަބަރެއްގައި ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، “އިމިގްރޭޝަން ވޮޗް” އަށް މިހާތަނަށް ހުށަހެޅިފައިވާ 290 މައްސަލައިގެ ތެރެއިން 139 މައްސަލައެއް އިމިގްރޭޝަނުން ތަޙްޤީޤުކުރަމުން ގެންދާ ކަމަ... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން