ރާއްޖެ މިނިސްޓަރުކަމުން ރަމީޒް ވަކިކޮށްފި ރައީސް އޮފީހުގެ މިނިސްޓަރު އާދަމް ރަމީޒް، މިއަދު މަޤާމުން ވަކިކުރައްވައިފިކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީޑިއާތަކަށް ކަށަވަރުކޮށްދެއްވައިފިއެވެ. ރަމީޒް މަޤާމުން ވަކިކުރެއްވީ، އޭނާއާ ގުޅުންހުރި މައްސަލައެއް ތަޙުޤީޤުކުރެވެމުންދާތީ، މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ސަސްޕެންޑް ކުރެއްވުމަށްފަހުގައެވެ. ރަމީޒާއެކު، އޭނާގެ ކުރީގެ އަނބިކަނބަލުން އަދި ކުރިން ތިމާވެށްޓާބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ކުރެއްވި ފާޠިމަތު ޝަމްނާޒް ޢަލީ ސަލީމް ވެސް ސަސްޕެންޑް ކުރެވުނެވެ. ޝަމްނާޒް ސަސްޕެ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން "މަވައްދަތު" ނަމުގައި ސިލްސިލާ ފޯރަމްތަކެއް ކައިވެންޏާއި އާއިލީ ގުޅުންތަކާ ބެހޭގޮތުން “މަވައްދަތު” ނަމުގައި ސިލްސިލާ ފޯރަމްތަކެއް ފެށުމަށް އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. މި ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ފޯރަމް ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައެވެ. ފޯރަމް ކުރިއަށް ދާނީ 20:30 އިން 22:00 އަށެވެ. މިނިސްޓްރީން މަޢުލޫމާތު ދެއްވާގޮތުގައި، މި ފުރަތަމަ ފޯރަމްގެ މައުޟޫއަކީ “ކައިވެނީގެ ކުރިން” އެވެ. އަދި މި ފޯރަމްގައި މަޢުލޫމާތު ދެއްވާނީ މަޝްހޫރު ދީނީ ޢިލްމުވެރިޔާ އަދި އިސްލާމިކް ޔުނިވާސިޓީގެ ވ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ އައި ނެދަލޭންޑް މީހެއްގެ އަތުން 6 ކިލޯ ކެތިނޯން އަތުލައިގެންފި ރާއްޖެ އައި ނެދަލޭންޑްގެ ރައްޔިތެއްގެ ލަގެޖުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެ މީހާގެ އަތުން އަތުލައިގަތް މަސްތުވާތަކެއްޗަކީ ކެތިނޯންއެވެ. އަދި އޭގެ ޖުމްލަ ބަރުދަނަކީ 6.070 ކިލޯގްރާމެވެ. މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9,105,000.00 (ނުވަ މިލިއަން އެއްލައްކަ ފަސް ހާސް) ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ. މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ނައީމާ މަރާލި ކަމަށް ދެ މީހުން އިންކާރުކޮށްފި ސިހުރު ހެދިކަމުގެ ތުހުމަތުކޮށް, ނ. މަނަދޫގައި މިދިޔަ އަހަރު މަރާލި ނައީމާ މޫސާގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ތިން މީހުންގެ ތެރެއިން ދެ މީހަކު މިއަދު އެ ދައުވާއަށް އިންކާރުކޮށްފި އެވެ. ނައީމާ ދިރިއުޅުނު ގޭގައި މިދިޔަ އަހަރު އަނިޔާވެރި ގޮތަކަށް އޭނާއަށް ތޫނު އެއްޗެހިން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެރަށު ފިނިފެންމާގޭ އަބްދުލްވާހިދު ރިފާސް އާއި އެރަށު ފެހިވިލާގޭ އަހުޒަމް އަބްދުއްޝުކޫރާއި އެރަށު ވިނަރެސް ހުސައިން ފަވާޒުގެ މައްޗަށެވެ. ކްރިމިނަލް ކޯޓުގައި […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ޗާލު ހާދާލު" ފޮޓޯ މުބާރާތުން އެއްވަނަ ކުޅުދުއްފުށީ ނަވާޒު އަށް ތިމާވެށީގެ ދުވަސް (5 ޖޫން 2024) ފާހަގަ ކުރުމުގެ ގޮތުން ހދ.އަތޮޅު ކައުންސިލުން “ޗާލު ހާދާލު” ނަމުގައި ބޭއްވި ފޮޓޯ މުބާރާތުން އެއްވަނަ ކުޅުދުއްފުށީ ޢަބީރު، ނަވާޒު އަސްޢަދު ހޯދައިފިއެވެ. މި މުބާރާތުގެ ދެވަނަ ހޯދީ ކުޅުދުއްފުށީ ނަޖަފް، ޖަޢުފަރު ޢަލީ އެވެ. އަދި 3 ވަނަ ހާސިލުކުރީ ކުޅުދުއްފުށީ ނީލްވިލާ މުޙައްމަދު މިހާޒެވެ. މި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 2500 (ދެހާސްފަސްސަތޭކަ) ރުފިޔާ، ދެވަނަ ހޯދާ ފަރާތަށް 1500 (ފަނަރަސަތޭކަ) ރުފިޔާ އަދި ތިންވަނަ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އަޤްޞާ މިސްކިތަށް ވަދެ އިސްރާއީލުގެ އިސް އޮފިޝަލުންތަކެއް ހިންގި ހަމަނުޖެހުން ރާއްޖެއިން ކުށްވެރިކޮށްފި ފަލަސްތީނުގެ ގުދުސްގައި ހުންނަ އަލް މަސްޖިދުލް އަޤްޞާ މިސްކިތަށް އިސްރާއީލުގެ ބައެއް ވަޒީރުންނާއި، ސެނެޓް މެންބަރުންތަކެއް ހިމެނޭހެން ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ. މިކަން ކުށްވެރިކޮށް ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިސްރާޢީލުގެ މި އަމަލަކީ، މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ހުރުމަތް ކަނޑާލައި، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި އަމަލެއް ކަމަށެވެ. އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަންނަމުން ދިއުމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮމްޕިއުޓަރުތައް ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފި ވިންޑޯސް ކޮމްޕިއުޓަރުތައް އާންމު ގޮތުގައި ބޫޓުވުމުގެ ބަދަލުގައި ބިޓްލޮކަރ ރިކަވަރީ މޯޑަށް ބޫޓުވާ މައްސަލަ މައިކްރޯސޮފްޓުން ހައްލުކޮށްފިއެވެ. މި މައްސަލަ ދިމާވެފައިވަނީ އެންމެ ފަހުން ނެރުނު ސެކިއުރިޓީ އަޕްޑޭޓާ ގުޅިގެންނެވެ. ބިޓްލޮކަރ އަކީ ބައެއް ވިންޑޯސް ވާޝަންތަކުގައި ހިމެނޭ، މުޅި ޑިސްކް އެންކްރިޕްޓް ކުރުމުގެ ފީޗަރެކެވެ. މި ފީޗަރ ފަރުމާކޮށްފައިވަނީ މުޅި ވޮލިއުމް އެންކްރިޕްޓްކޮށްގެން، ހެކަރުން ނުވަތަ ހުއްދަނެތް ފަރާތްތަކުން ޑިވައިސްގައިވާ މަޢުލޫމާތު ބޭނުންކުރުން ހުއްޓުވުމަށެވެ. މައިކްރޯސޮފްޓުން ބ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމްޕޮކްސް ފެތުރޭތީ ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާންކޮށްފި އެމްޕޮކްސް ނުވަތަ މަންކީޕޮކްސް ވައިރަސްގެ އައު ބާވަތެއް އެފްރިކާގައި ފެތުރެމުންދާތީ، ބައިނަލްއަޤްވާމީ ކުއްލި ނުރައްކަލުގެ ޙާލަތު ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއު.އެޗް.އޯ) އިން އިޢުލާންކޮށްފިއެވެ. މިއީ އެ ޖަމްޢިއްޔާއިން ދޭ އެންމެ މަތީ ދަރަޖައިގެ އިންޒާރެވެ. ބުދަ ދުވަހު ޑަބްލިއު.އެޗް.އޯ އިން ބުނެފައިވަނީ އެފްރިކާގެ 13 ޤައުމެއްގައި އެމްޕޮކްސް ފެނިފައިވާ ކަމަށާއި، އޭގެ އައު ބާވަތް ފެތުރެމުންދާ ކަމަށެވެ. މިއީ މި ބަލި ފެތުރުމާ ގުޅިގެން ފާއިތުވި ދެ އަހަރު ތެރޭގައި ދެވަނަ ފަހަރަށް މި އިންޒާރު […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ޝަރަފް ރެއާލްއަށް ޔުއެފާ ސުޕް ކަޕް ހަވަނަ ފަހަރަށް ކާމިޔާބުކޮށް، މުބާރާތް އެންމެ ގިނައިން ކާމިޔާބު ކުރި ޓީމްގެ ޝަރަފް ރެއާލް މެޑްރިޑުން ހޯދައިފިއެވެ. ރޭ މެޗަށް ރެއާލް ނުކުތުމުގެ ކުރިން ޔުއެފާ ސުޕަ ކަޕް އެންމެ ގިނައިން ކާމިޔާބުކުރި ޓީމްގެ ލިސްޓްގެ އެއްވަނާގައި ތިން ޓީމް އޮތެވެ. އެއީ އޭސީ މިލާނާއި ބާސެލޯނާ އަދި ރެއާލް މެޑްރިޑެވެ. ރޭ މޮޅާއިއެކު ރެއާލުން ސުޕަ ކަޕް ހަވަނަ ތަށި ކާމިޔާބުކޮށް އެންމެ ކާމިޔާބު ޓީމަށް ވީއެވެ. ބާސާއާއި އޭސީ މިލާނު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުގެ ވައިގެ ހަމަލާތަކެއްގައި ދެކުނު ލުބުނާނުން ދެމީހަކު މަރުވެއްޖެ ބުދަ ދުވަހުގެ ރޭ ދެކުނު ލުބުނާނުގައި އިސްރާއީލުން ދިން ވައިގެ ހަމަލާތަކެއްގައި ދެމީހަކު މަރުވެއްޖެ ކަމަށް އެ ގައުމުގެ ހެލްތު މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީގެ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މަރްޖައައޫން ރަށަށް އަމާޒުކޮށް ދިން މި ހަމަލާގައި އިތުރު ހަތަރު މީހަކަށް ބޮޑެތި އަނިޔާވެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ ބުދަ ދުވަހުގެ ކުރީކޮޅު ރަބް އެލް-ތަލާތީން، ބްލީދާ، ހޫލާ، ނަގޫރާ އަދި އައިތާ އަޝް-ޝައާބް ރަށްތަކުގައި ހިޒްބުﷲއާ ގުޅުންހުރި އަސްކަރީ މަރުކަޒުތަކަކަށް ހަމަލާ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ފެނާއި ނަރުދަމާ ތަރައްގީކުރުމަށް ތުރުކީ ސަރުކާރާއި އެކު އެއްބަސްވުމެއް ފެނާއި ނަރުދަމާ ނިޒާމާއި ގުޅޭ ފަންނީ ތަޖުރިބާ ބަދަލުކުރުމަށް ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެންވައިރަމެންޓް މިނިސްޓަރ ތޯރިގް އިބްރާހިމެވެ. ތުރުކީ ސަރުކާރުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އިސްތަންބޫލް ވޯޓާ އެންޑް ސުވަރެޖް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޖެނެރަލް ޑިރެކްޓަރެވެ. މި ބައްދަލުވުން ކުރިއަށް ގެންގޮސްފައި ވަނީ އޮންލައިންކޮށެވެ. މި އެއްބަސްވުމުގެ ދަށުން މި ދާއިރާއިން... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޑްރަގް އެތެރެކުރުމުން ރާއްޖޭގައި މަރުގެ އަދަބު ދެވޭގޮތަށް ޤާނޫނު އިސްލާހްކުރަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާމީހުންނަށް ޤާނޫނުގައި ކަނޑައަޅާފައިވާ އަދަބު އެންމެ ހަރުކަށިކޮށް، އެފަދަ މީހުންނަށް މަރުގެ އަދަބު ދެވޭ ގޮތަށް މަސްތުވާތަކެތީގެ ގާނޫނު އިސްލާހު ކުރުމުގެ ބިލެއް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ޑްރާފްޓްކޮށްފިއެވެ. 2011 ވަނަ އަހަރު ރާއްޖޭގައި ޢަމަލުކުރަންފެށި ސްތުވާތަކެއްޗާބެހޭ ގާނޫނުގައި މިހާރު ބަޔާންކޮށްފައި އޮންނަގޮތުން މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މިހާރު ދެވޭ އަދަބަކީ އުމުރަށް ޖަލަށްލުމާ އެކު 100،000ރ. އިން ފެށިގެން 10 މިލިއަން ރުފިޔާއާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ތެޔޮބިލުތައް ދެއްކުމަށް އެވްރެޖްކޮށް ހަފްތާއަކު 100 މިލިއަން ރުފިޔާ ތެޔޮބިލުތައް ދެއްކުމަށް އެވްރެޖްކޮށް ހަފްތާއަކު 100 މިލިއަން ރުފިޔާ ބޭނުންވާކަމަށާއި އެ ފައިސާ ދައްކަނީ ރިޒާވުގައި ހުންނަ ޑޮލަރުން ކަމުގައި ފިނޭންސް މިނިސްޓަރ ޑރ.މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުންނެވެ. ފިނޭންސް މިނިސްޓްރީން އަޅަން ނިންމާފައިވާ ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުތަކާ ގުޅޭގޮތުން ކޮމެޓީގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އިތުރަށް ވިދާޅުވީ ކުރަން ޖެހޭ ހޭދަތަކުގެ ތެރެއިން ދަރަންޏަށް ކ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ނަޖިސް ބޭރުވުމާއި ފެން ހަރުލުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވާން އެދެފި މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން، ނަޖިސް ބޭރުވުމާއި ފެން ހަރުލުމުގެ ސަބަބުން ބަލިމަޑުކަމެއް ފެތުރިދާނެތީ ސަމާލުވާން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެދެފި އެވެ. އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ، ވިއްސާރައިގެ ސަބަބުން ފެންބޮޑުވުމާއި، ސެޕްޓިކް ޓޭންކްތައް އޯވަރފްލޯވުމުގެ ސަބަބުން ނަޖިސް ބޭރުވުމާއި، އަދި ފެން ހަރުލުމުގެ ސަބަބުން އެކި ބާވަތުގެ ބަލިތައް ފެތުރުމުގެ ފުރުސަތު އިތުރުވެފައިވާ ކަމަށެވެ. މީގެ ތެރޭގައި ހިމެނެނީ ބޭރަށްހިންގުމާއި، ބުޅަލާއި މީދަލު... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވިއްސާރާގައި ދިއްދޫ ޤުފްރާން މިސްކިތުގެ މުންނާރަށް ގެއްލުންވެއްޖެ މިހާރު ރާއްޖެއަށް ކުރަމުންދާ ގަދަ ވިއްސާރައިގެ ސަބަބުން ހއ. ދިއްދޫ ޤުފްރާން މިސްކިތުގެ މުންނާރަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ. ދިއްދޫ ކައުންސިލުން މަޢުލޫމާތު ދެއްވިގޮތުގައި، މުންނާރަށް ލިބުނު ގެއްލުމާ ގުޅިގެން އެ މުންނާރު ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފައެވެ. މިއީ މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުމެއްކަން ފާހަގަކުރެވެއެވެ. ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ރޭ އެކަނިވެސް ބޮޑުތިލަދު... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން