ބައިނަލްއަގުވާމީ ބްރެޒިލްގެ ސުޕްރީމް ކޯޓުގެ އަމުރާ އެކްސް ޚިލާފްވެއްޖެ ކަމަށް ބުނެ ޖޫރިމަނާކުރަނީ ބްރެޒިލްގެ ސުޕްރީމް ކޯޓުން އެކްސް (ކުރީގެ ޓްވިޓަރ) ބްލޮކްކުރުމަށް ނެރުނު އަމުރާ ޚިލާފަށް، އެ ސޯޝަލް ނެޓްވާކް ޤަސްދުގައި ހުޅުވާލި ކަމަށް ބްރެޒިލްގެ ނެޝަނަލް ޓެލެކޮމިއުނިކޭޝަންސް އޭޖެންސީ (އަނަޓެލް) އިން ބުނެފިއެވެ. އަނަޓެލްގެ ބަޔާނެއްގައި ބުނެފައިވަނީ އެކްސްގެ ޢަމަލުތަކުން ދައްކުވައިދެނީ ސުޕްރީމް ކޯޓުގެ އަމުރު ޤަސްދުގައި އިހުމާލުކުރަން އުޅޭ ކަމަށެވެ. އަދި އިތުރަށް ބްލޮކް ކުރުމުން ސަލާމަތްވާން މަސައްކަތްކޮށްފިނަމަ، އޭޖެންސީން އެކަށީގެންވާ ފިޔަވަޅުތަކެއް އަޅަންޖެހޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕެނަލްޓީގައި ހިރަފުސް ކަޓުވާލައި ކޮރަލްސް ފައިނަލަށް ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި ހިރަފުސް ސްޕޯޓްސް ކްލަބް ބަލިކޮށް ކްލަބް ކޮރަލްސް އިން ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފިއެވެ. އިއްޔެ ކުޅުނު މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމް އޮތީ 2-2 ގެ ނަތީޖާއިން އެއްވަރުވެފައެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ކޮރަލްސް އިން ކުރި ހޯދީ (3-1) ގެ ނަތީޖާއިންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ކޮރަލްސް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓައިޓަން ސަބްމެރީން އެންމެ ފަހު ދަތުރަށް ފުރުމުގެ ކުރިން ވެސް ވަނީ މައްސަލަ ދިމާވެފައި ޓައިޓަން ސަބްމެރީން އޭގެ އެންމެ ފަހު ދަތުރަށް ފުރުމުގެ ކުރިން ވެސް މައްސަލަ ދިމާވެފައިވާކަމަށް ހެކިބަސް ދީފިއެވެ. އޯޝަންގޭޓް ކުންފުނީގެ ސައިންސް ޗީފް، ސްޓީވަން ރޮސް، އެމެރިކާގެ ކޯސްޓްގާޑް ތަޙުޤީޤަށް ހެކިބަސް ދެމުން ބުނެފައިވަނީ ޓައިޓަން ސަބްމެރީނަށް އޭގެ އެންމެ ފަހު ދަތުރުގެ ކުރިން ވެސް މައްސަލަ ދިމާވެފައިވާ ކަމަށެވެ. މި މައްސަލައިގެ ސަބަބުން ފަސިންޖަރުން އޭގެ ތެރޭގައި ހާސްވެ އަދި ސަބްމެރީން ބަލްކްހެޑިންގއާ ޖެހުނު ކަމަށް ރޮސް ވަނީ ބުނެފައެވެ. 2023 ވަނަ އަހަރުގެ ޖޫން […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލްގެ ވަރުގަދަ ހަމަލާތަކެއް އަނެއްކާވެސް ލުބުނާނަށް އިސްރާއީލުން ލުބުނާނުގެ ދެކުނަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ރޭ ދީފިއެވެ. މި ހަމަލާތައް ދިނީ ހިޒްބުއްލާގެ އިސްވެރިޔާ، ހަސަން ނަސްރުﷲ، މިދިޔަ ހަފުތާގައި ލެބަނޯނުގައި ހިނގި ގޮވުންތަކުގެ ހާދިސާތައް ކުށްވެރިކުރި ކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. ނަސްރުﷲ ޓީވީ މެދުވެރިކޮށް ދެއްކި ވާހަކައިގެ ކުޑައިރުކޮޅެއް ކުރިން، އިސްރާއީލުން އައު ހަމަލާތަކެއް ދިން ކަމަށް ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ބެއިރޫތުގައި ހުރި ނޫސްވެރިޔަކު ބުނާ ގޮތުގައި އިސްރާއީލުގެ ހަނގުރާމަ ވެރި މަތިންދާބޯޓުތަކުގެ އަޑު ވެރިރަށުން އިވިފައ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ އިންޑިއާއަށް ދައްކަންޖެހޭ 50 މިލިއަންގެ ދަރަނި އަނބުރާ ދެއްކުން އަހަރަކަށް ފަސްކޮށްދެއްވައިފި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެއްވާފައިވާ މާލީ އެހީތެރިކަމުގެ ތެރެއިން، ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލު އަނބުރާ ދެއްކުމުގެ މުއްދަތު އިތުރު އަހަރަކަށް ފަސްކޮށްދިނުމަށް އިންޑިއާ ސަރުކާރުން ނިންމަވާފައިވެއެވެ. މި ނިންމެވުމަކީ ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައި އައި ނިންމުމެކެވެ. މިއީ މި އަހަރު ތެރޭގައި ދައްކަންޖެހޭ ދެވަނަ ބައި ކަމަށްވާއިރު، ފުރަތަމަ ބައި ވަނީ މިދިޔަ މެއި މަހުގެ 1... އަލީ އާދިލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އުތުރުގައި ބަންކަރިން ފެށުން: ފުރަތަމަ އުޅަނދަށް ޚިދުމަތްދީފި ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައި ފުރަތަމަ އުޅަނދަށް ޚިދުމަތް ދީފިއެވެ. މި ޚިދުމަތް މިއަދު ހަވީރު ރަސްމީކޮށް ފަށާފައިވާއިރު، ފުރަތަމަ ޚިދުމަތް ފޯރުކޮށްދީފައި ވަނީ ލަންކާގެ ކޮޅުނބާއި ރާއްޖެއާއި ދެމެދު ދަތުރުކުރާ ބޯޓަކަށެވެ. މި ޚިދުމަތް ދިނުމުގައި އިސްވެ އޮންނާނީ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އެވެ. އަދި މިޚިދުމަތް ދިނުމުގައި އެސްޓީއޯގެ އެއްމެ މުހިންމު ބައިވެރިޔަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދުންމައްޗަށް ތާރީޚީ ދުވަހެއް، ރާއްޖޭގައި ފުރަތަމަ ފަހަރަށް ބަންކަރިންގެ ޚިދުމަތް ފަށައިފި ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، ބަންކަރިން ޚިދުމަތް މިއަދު ފަށައިފިއެވެ. އުތުރުގެ އިހަވަންދިއްޕޮޅުގައި ފެށި މި މަޝްރޫޢު އިފްތިތާޙްކުރުން އޮތީ މިއަދު ހަވީރު ހއ. ހޯރަފުށީގައެވެ. ހޯރަފުށީގައި ކުރިއަށްދާ ރަސްމިއްޔާތުގައި މި މަޝްރޫޢު ފައްޓަވައިދެއްވީ ހއ. އަތޮޅަށް ނިސްބަތްވާ، ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ފަސް މަޖިލިސް މެންބަރުންނެވެ. މި ޚިދުމަތް އިފްތިތާޙްކުރުމާއެކު މި ޚިދުމަތާއިގުޅޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާފައެވެ. Officially launched bunkering se... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި މާދަމާ ރޭ އުރީދޫއިން އައިފޯން 16 ސީރީޒް ޕްރީއޯޑަރަށް ހުޅުވާލަނީ އެޕަލްގެ އެންމެ ފަހުގެ އުފެއްދުމެއް ކަމަށްވާ އައިފޯން 16 ސީރީޒްގެ ފޯނުތަކަށް ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްއިން މާދަމާ ރޭ ދަންވަރު 12:00 ގައި ހުޅުވާލާނެކަމަށް ހާމަކޮށްފި އެވެ. ޝައުޤުވެރިވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓުގައި މިކަމަށް ޚާއްޞަކޮށްފައިވާ ޞަފްޙާއިން އިތުރު މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ. އައިފޯން 16 ސީރީޒްގައި ހިމެނެނީ އައިފޯން 16، 16 ޕްލަސް، 16 ޕްރޯ އަދި 16 ޕްރޯ މެކްސްއެވެ. މި ސީރީޒްގެ ފޯނުތަކުގައި އައު އޭ18 އަދި އޭ18 ޕްރޯ ޗިޕްތައް […] އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ފުލުހެއްގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލި މީހަކު ހައްޔަރުކޮށްފި ފުލުހުންގެ ގައިގައި ސައިކަލުން ޖެއްސުމަށްފަހު ފިލައިގެން ދިޔަ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ، 17 ސެޕްޓެމްބަރު ރޭ ހެންވޭރު ދަނޑު ކައިރީގައި ވީސީޕީގައި ފުލުހުން ހަރަކާތްތެރިވަމުން ދަނިކޮށް ބާރު ސުޕީޑްގައި ސައިކަލް ދުއްވަމުން ދިޔަ މީހަކުގާތު ސައިކަލް މަޑުކުރަން ފުލުހުން އެދުނުކަމަށެވެ. ނަމަވެސް އެމީހާ ވަނީ މަޑުކުރަން ބުނުމުން ފުލުހެއްގެ ގައިގައި ސައިކަލުން ޖައްސައި މަޑުނުކޮށް ފިލައިގެން ގޮސްފައިވާކަމަށް ފުލުހުން ބުންޏެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އުމުރުން 24 އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހަދައިފި ވެރިރަށް މާލެ ފިޔަވައި ރަށެއްގައި ފުރަތަމަ ފަހަރަށް އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ސަރުކާރުން ފަހިކޮށްދީފިއެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑު، ޕްރިންޓް ކުރުމުގެ ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ތެރޭގެ ރަށަކަށް ވެގެން ގޮސްފައި ވަނީ ގއ. ވިލިނގިއްޔެވެ. ވިލިނގިލީގައި މިއަދު މި ޚިދުމަތް ފަށާފައިވާއިރު، އެކަމަށް އެ ރަށުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދާޚިލީ ވަޒީރު އަލީ އިހްސާން ބައިވެރިވެވަޑައިގެންނެވިއެވެ. ވިލިނގިލީގައި އައިޑީކާޑު ޕްރިންޓް ކުރެވޭގޮތް ހެދިއިރު، އެ ޚިދުމަތް މިހާތަނަށް ލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިޔާޒްގެ އަނބިކަނބަލުން ޝާދިޔާ ބަންދުކުރި މައްސަލަ ހައިކޯޓަށް ރާއްޖޭގައި ހުރި ބޭރުގެ އެމްބަސީތައް ކައިރީގައި އިޒްރޭލާ ދެކޮޅަށް އަޑު އުފުއުފުލި މައްސަލާގައި ޑރ. އިޔާޒް އަބްދުއްލަތީފްގެ އަނބިކަނބަލުން އައިޝަތު ޝާދިޔާ ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ. އިޒްރޭލާ ދެކޮޅަށް އެމްބަސީތައް ކައިރީގައި އަޑުއުފުލި މައްސަލާގައި ޝާދިޔާގެ އިތުރުން ޑރ. ޝަޒްރާ އިބްރާހިމް މިދިޔަ މަހުގެ ފަހުކޮޅު ހައްޔަރު ކުރުމަށްފަހު އެ ދެ މީހުން ހަފުތާއަކަށް ވުރެ ގިނަ ދުވަހަށް ބަންދުގައި ބޭތިއްބި އެވެ. ޝާދިޔާ ބަންދުކުރަން ކްރިމިނަލް ކޯޓުން ދެ ފަހަރެއްގެ މަތިން […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ރައީސް، އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް ނިންމަވާފައިވާކަމަށް ސަރުކާރުން ބުނެފިއެވެ. ރައީސްގެ މި ނިންމެވުން ހާމަކުރެއްވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދެވެ. މި ދަތުރުފުޅުވެގެންދާނީ 17 ނޮވެމްބަރު 2024 ގައި ވެރިކަމާއި ހަވާލުވެވަޑައިގެންފަހުން ރައީސް އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ފުރަތަމަ ދަތުރުފުޅަށެވެ. ރައީސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ސްޕާތަކަށް ހާއްސަ އޮޕަރޭޝަނެއް، 22 ތަނެއް ފާސްކޮށް 7 އަންހެނަކު ހައްޔަރަށް މާލޭގައި ހިންގަމުން އަންނަ ސެލޫންތަކާއި ސްޕާތަކަށް އަމާޒުކޮށްގެން މޯލްޑިވްސް އިމިގްރޭޝަނުން އިއްޔެ ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 22 ތަނެއް ބަލާ ފާސްކޮށް ގަވައިދާ ހިލާފަށް އުޅެމުންދިޔަ ބިދޭސީ 7 އަންހެނަކު ހައްޔަރުކޮށްފިއެވެ. އިމިގްރޭޝަނުން މިއަދު ބުނީ މާލެ ސަރަހައްދުގައި ހިންގަމުންދާ ސެލޫން އަދި ސްޕާތަކަށް ހާއްސަކޮށް، އެ ތަންތަނުގައި މަސައްކަތްކުރަމުންދާ ބިދޭސީންނަކީ އިމިގްރޭޝަން ޤާނޫނާއި އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ ބިދޭސީންތޯ ބެލުމަށް އިއްޔެ ހާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންގޮސްފައިވާ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ކުނިމެނޭޖްކުރުމަށް ޑަމްޕް ޓްރަކް 18 ރަށަކަށް، ބޭލިން މެޝިން 15 ރަށަކަށް ހަވާލުކޮށްފި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ކުނިއުފުލަން ބޭނުންކުރެވޭ ޑަމްޕް ޓްރަކް 18 ރަށަކަށް އަދި ކުނިރައްކާތެރިގޮތުގައި ގުދަންކުރުމަށް ބޭނުންކުރާނެ ބޭލިން މެޝިން ވަނީ 15 އަށް އިއްޔެ ހަވާލުކޮށްފިއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ބުނީ މިއީ ރާއްޖޭގެ ކުނިމެނޭޖްކުރުމުގެ ދާއިރާ ތަރައްގީކޮށް ދެމެހެއްޓެނެވިގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ މަސައްކަތްތަކުގެ ދަށުން ހަވާލުކުރެވުނު ތަކެތި ކަމަށެވެ. މި ތަކެއްޗަކީ އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ފެންނަން އޮތީ ހިޔާނާތާއި ވައްކަން ކަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނެފައި ވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމަށް ބިލުގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ނުކޮށް، އެ ބިލު ފާސްކޮށް،... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން