ތިލަދުންމަތީ ޚަބަރު ރައްޔިތުންގެ ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން މާޒީގައި އޮތީ ހިޔާނާތާއި ވައްކަން: ހއ.އަތޮޅު ކައުންސިލް ރައްޔިތުންގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ފެންނަން އޮތީ ހިޔާނާތާއި ވައްކަން ކަމުގައި ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލުން ބުނެފިއެވެ. އެ ކައުންސިލުން މިހެން ބުނެފައި ވަނީ، ބިނާވެށި ޕްލޭންކޮށް ހިންގުމަށް ބިލުގައި ކައުންސިލްތަކާއި ރާއްޖޭގެ ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތަކަށް އެއްވެސް މިންވަރަކަށް މަޖިލީހުން ރިއާޔަތް ނުކޮށް، އެ ބިލު ފާސްކޮށް،... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ސްނެޕްޗެޓުން އޭއައި ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭނެ ފީޗަރެއް ތަޢާރަފުކުރަނީ ސޯޝަލް މީޑިއާ ޕްލެޓްފޯމް ސްނެޕްޗެޓުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭނެ އައު ފީޗަރެއް ތަޢާރަފުކުރާނެ ކަމަށް އިޢުލާންކޮށްފިއެވެ. މި ފީޗަރަކީ ކްރިއޭޓަރ އެކައުންޓް އޮންނަ ފަރާތްތަކަށް ޓެކްސްޓް އަދި އިމޭޖް ޕްރޮމްޕްޓް ބޭނުންކޮށްގެން ވީޑިއޯ އުފެއްދޭނެ ޓޫލެކެވެ. “ސްނެޕް އޭއައި ވީޑިއޯ” ގެ ނަމުގައި ތަޢާރަފުކުރާ މި ފީޗަރ މިވަގުތު ވަނީ ވަކި ގްރޫޕެއްގެ ކްރިއޭޓަރުންނަށް ބީޓާ ވަރޝަނެއްގެ ގޮތުގައި ލިބެން ފަށާފައެވެ. މި ފީޗަރ ބޭނުންކުރެވޭނީ ޕަބްލިކް ޕްރޮފައިލް އޮތް، ސްޓޯރީތަކާއ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓާކިޝް އެމެރިކަން އެކްޓިވިސްޓް މަރުވީ އިޒްރޭލްގެ ހަމަލާއަކުންކަން އޮޓޮޕްސީން ދައްކައިފި ޓާކިޝް އެމެރިކަން އެކްޓިވިސްޓް އައިސެނޫރް އެޒްގީ އެގީ މަރުވީ އިސްރާއީލު ސިފައިން ބަޑިޖެހުމުންކަން އޮޓޮޕްސީން ދައްކައިފިއެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހިނގި ސުލްހަވެރި މުޒާހަރާއެއްގައި މަރުވި ޓާކިޝް-އެމެރިކަން އެކްޓިވިސްޓް އައިސެނޫރް އެޒްގީ އެގީ (26 އަހަރު) މަރުވެފައިވަނީ އިސްރާއީލު ސިފައިން ވަރަށް ދުރުން ބަޑި ޖެހުމުން ކަމަށް މީގެ ކުރިންވެސް ވަނީ ތުހުމަތުކޮށްފައެވެ. އެކަން ޔަޤީންވެފައިވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓުންނެވެ. ތުރުކީގެ އިޒްމިރު ސިޓީގައި ކުރެވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ޚަބަރު އިސްރާއީލުން ފޭރިގެންފައިވާ ފަލަސްތީނުގެ ބިންތަކުން ފައިބަން އދ. އިން އަންގައިފި ފަލަސްތީނު ބިންތަކުން އިސްރާއީލު ފައިބަން އދ. ގެ އާންމު މަޖިލީހުން އަންގައިފިއެވެ. އދ. ގެ އާންމު މަޖިލީހުން ވަނީ އިސްރާއީލުގެ އިސްތިއުމާރީ ބާރުތައް އެއް އަހަރު ތެރޭގައި ފަލަސްތީނުން ފޭބުމަށް ގޮވާލާ ގަރާރެއް ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައެވެ. މި ގަރާރު ފާސްވެފައިވަނީ 124 ގައުމެއްގެ ތާއީދާއެކު، 12 ގައުމެއް ދެކޮޅަށް ވޯޓުދިނުމާއެކުއެވެ. 43 ގައުމަކުން ވޯޓުގައި ބައިވެރިއެއް ނުވެއެވެ. މި ބައިނޑިން ގަރާރުގައި އިސްރާއީލަށް އަންގާފައިވަނީ ފަލަސްތީނުގެ ބިންތަކުގައި އޮތް އެ ގައުމުގެ ޣައިރު ޤާނޫނީ ވުޖޫދ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ބަންކަރިންގެ ޚިދުމަތަށް ޤާއިމްކުރި 'އުތުރު އައިއެސްޕީއެސް ގޭޓް' ހުޅުވައިފި ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ބަންކަރިންގެ ޚިދުމަތް ދިނުމަށް ހއ. އުލިގަމުގައި ގާއިމުކޮށްފައިވާ ‘އުތުރު އައިއެސްޕީއެސް ގޭޓް’ މިރޭ ހުޅުވައިފިއެވެ. އުލިގަމުގައި މިކަމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި މިތަން ހުޅުވައިދެއްވީ އެރަށުގެ ކުރީގެ މެޖިސްޓްރޭޓް އިދްރީސް އާދަމެވެ. މި ރަސްމިއްޔާތުގައި މި ޚިދުމަތްދޭ ސަރުކާރުގެ ވިޔަފާރި ކުންފުނި، ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އާއި މި ޚިދުމަތުގެ އެއް ބައިވެރިޔާ މޯލްޑިވްސް ޕޯޓްސް ލިމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއަކުން ވެއްޓުނު ބިއްލޫރިގަނޑަކުން ޖެހި މީހަކަށް އަނިޔާވެއްޖެ މާލޭގެ ގެއެއްގެ ހަ ވަނަ ފަންގިފިލާގެ ދޮރެއްގެ ބިއްލޫރިގަނޑެއް މަގުމައްޗަށް ވެއްޓި، މީހަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނިގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިރޭ 19:12 ހާއިރު، މާލޭގެ މާފަންނު ޖަހާމުގުރި ގޯޅީގައެވެ. ފުލުހުން ބުނީ އެ ބިއްލޫރިގަނޑު މަގުމައްޗަށް ވެއްޓި އެ ގޯޅީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގައި ޖެހުނުކަމަށެވެ. އަދި އެ ބިއްލޫރިގަނޑު ސައިކަލްގައި ޖެހި ބިއްލޫރިތައް ބުރައިގެން ދިޔަ ވަގުތު މީހެއްގެ ގައިގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ. އެވަގުތު އެމީހާ އުޅުނީ އޭނާ ދުއްވި ސައިކަލް […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މަކަރާއި ހީލަތް ހެދުމުގެ ތުހުމަތުގައި މީހަކު ހޯދަނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތުހުމަތުވާ މީހަކު ތަހުގީގަށް ހާޒިރުވުމަށް އަންގައި ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ޢިއުލާންކޮށްފިއެވެ. ފުލުހުން ބުނިގޮތުގައި މި މައްސަލައަކީ ށ. ފުނަދޫ ޕޮލިސް ސްޓޭޝަނުންް ތަހުގީގު ކުރަމުންދާ މައްސަލައެކެވެ. މި މައްސަލައިގެ ތުހުމަތުގައި ތަހުގީގަށް ހޯދަމުން ދަނީ އުމުރުން 35 އަހަރުގެ ޢަބްދުﷲ ރިޝީފް، ޝާޒް/ ހދ. ނޭކުރެންދޫ އެވެ. ފުލުހުން ބުނީ މަކަރާއި ހީލަތް ހެދުމުގެ މައްސަލައެއްގެ ތަހުގީގަށް ރިޝީފް ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ވަށަފަރުގައި ހަދަންފެށި ސިޓީ ހޮޓާ ނުނިމި 10 އަހަރު، ތުހުމަތު މިނިސްޓްރީއަށް! ތިލަދުންމަތީ އުތުރުބުރީގައި މީހުން ދިރިއުޅެމުން އަންނަ ރަށްތަކުގެ ތެރެއިން އެންމެ ރީތި އެއް ރަށަކީ ވަށަފަރެވެ. ރަށުގެ ދެކޮޅުގައި ޗާލު ދޮންވެލި ތުނޑި އޮތްއިރު ރަށުގެ އުތުފަރާތުގައި، އެއްކޮޅުން އަނެއްކޮޅަށް ދެމިފައިވާ ދޮންވެލި އަތިރިމައްޗާއި، އެ ރަށަށް ލިބިފައިވާ މާސިންގާ ނޫކުލައިގެ ބޮޑު ފަޅަކީ ބަލައި ފޫހިނުވާހާ ރީތި ތަންތަނެވެ. ތިލަދުންމަތީގެ އެންމެ ބޮޑަށް ލޯކަލް ޓްއަރިޒަމް ފުޅާވެފައިވާ އެއް ރަށަކީ ވަށަފަރު ކަމަށްވާއިރު، މިވަގުތު އެ ރަށުގައި 11 ގެސްޓް ހައުސް އަންނަނީ ހިންގަމުންނެވެ. އައު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ވައިގެމަގުން އެތެރެކުރަން އުޅުނު 3.58 ކިލޯގެ މަސްތުވާތަކެތި އަތުލައި މީހަކު ހައްޔަރުކޮށްފި ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.58 ކިލޯއަށްވުރެއްގިނަ މަސްތުވާތަކެތި ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުން އަތުލައި މީހަކު ހައްޔަރުކޮށްފި އެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މައުލޫމާތު ދެއްވި ގޮތުގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، ސަމަންދަރު، އުމުރުން 35 އަހަރުގެ އަޙްމަދު އަޙުސަންއެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 16ވަނަ ދުވަހު ކަމަށް ފުލުހުން ވިދާޅުވެއެވެ. އަޙްމަދު އަޙުސަންގެ ބ... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ދިރިއުޅުމަކީ އަގުހުރި އެއްޗެއް، ރައްކާތެރިކަމާއެކު ދުއްވާ: ރައީސް މުއިއްޒު މަގުމައްޗަކީ އެންމެންނަށްވެސް ރައްކާތެރި ތަނަކަށް ހެދުމަށް ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފި އެވެ. ރައީސް މިފަދައިން ވިދާޅުވެފައިވަނީ، މީސްމީޑިޔާގައި ވީޑިއޯއެއް ހިއްސާކުރައްވަމުން ނެވެ. “މާކަނާ ޝޯ” އުފެއްދި ޔާމީން ރަޝީދުގެ ސެލްމިން އެނިމޭޝަން ސްޓޫޑިއޯއިން މަގުމަތީގެ ރައްކާތެރިކަމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ އެނިމޭޓެޑް ވީޑިއޯއެކެވެ. މި ވީޑިއޯއާ ގުޅުވައިގެން ރައީސް ވަނީ މަގުމަތީގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓްތަކުގެ ނުރައްކާތެރިކަން ފާހަ... އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި ގެއްލުންވާގޮތަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލަނީ މާލީ ދަތިކަމުން އަރައިގަނެ، މަޝްރޫޢުތައް ކުރިއަށް ގެންދަން: ފެނަކަ ކުންފުންޏަށް ގެއްލުންވާގޮތަށް ނަގާފައިވާ މުވައްޒަފުން ދޫކޮށްލަންނިންމީ އެ ކުންފުންޏަށް ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަނެ، މަޝްރޫޢުތައް ޚަރަދުކުޑަކޮށް ކުރިއަށް ގެންދިޔުމުގެ ބޭނުމުގައި ކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން ބުނީ، އެ ކުންފުނިން 2020 ވަނަ އަހަރުން ފެށިގެން އިންހައުސްކޮށް ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކަކީ، މާކެޓް ރޭޓަށްވުރެ އެތައް ގުނައެއް ބޮޑުކޮށް، ކުންފުންޏަށް ނުހަނު ގެއްލުވާ ގޮތަށް، ބޭނުންވާ އަދަދަށްވުރެ އިތުރަށް މުވައްޒަފުން ނަގައިގެން ކުރިއަށް ގެންދިޔަ ޕްރޮޖެކްޓްތަކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ވިޔަފާރި އުރީދޫ އާއި ވިލާ ކޮލެޖު ގުޅިގެން ޑިޖިޓަލް ދާއިރާގެ ތަމްރީނު ފުރުސަތުތަކެއް! އުރީދޫ މޯލްޑިވްސް އިން ވިލާ ކޮލެޖާ އެކު ސްޓްރެޓެޖިކް ޕާޓްނަޝިޕެއް ޤާއިމުކޮށްފި އެވެ. މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ޑިޖިޓަލް ދުނިޔެއެއްގައި ކުރިއަށް އޮތް ޖީލު ބާރުވެރިކުރުވުމަށްޓަކައި ތަމްރީނާއި އިންޓަރންޝިޕްގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ. މި އެއްބަސްވުމުގެ ދަށުން، ވިލާ ކޮލެޖުގެ މިހާރުގެ އަދި ކުރީގެ ދަރިވަރުންނަށް އައު މަގުތަކެއް ހުޅުވިގެންދާނެއެވެ. ޚާއްޞަކޮށް، އިންޑަސްޓްރީގެ ތަޖުރިބާކާރުންގެ އަރިހުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބި، ޓެލެކޮމިއުނިކޭޝަން އަދި ޓެކްނޮލޮޖީގެ ދާއިރާއިން ކުރި... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ޕީޖީގެ މަގާމަށް އައްބާސް ޢައްޔަނުކޮށްފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް އައްބާސް ޝަރީފު މިއަދު ޢައްޔަނުކުރަށްވައިފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. ޕީޖީއެއް ޢައްޔަނުކުރުމަށް މަޖިލީހުގެ ގަވާއިދުގައި ބުނާ އިޖުރާޢަތްތައް ފުރިހަމަކޮށް، އައްބާސް އެ މަގާމަށް ޢައްޔަނުކުރަން މަޖިލީހުގެ އަގުލަބިއްޔަތުން 85 ވޯޓުން ފާސްކުރީ އިއްޔެއެވެ. އައްބާސް ޕީޖީކަމަށް ޢައްޔަނުކޮށް، އެކަމުގެ ލިޔުން ހަވާލުކުރުމާއި، ހުވާކުރުމުގެ ރަސް... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް ފަރުވާދެނީ ހުޅުމާލެ ފޭސް ދެއެއްގައި އެކްސިޑެންޓެއް ހިނގައި އަނިޔާވި މީހަކަށް ފަރުވާދޭން ފަށައިފިއެވެ. ފުލުހުން ބުނީ ފޭސް ދެއެއްގައި އެކްސިޑެންޓް ހިނގާފައި ވަނީ ޕިކަޕަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. މި އެކްސިޑެންޓް ހިނގި ސީނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނައިރު، އެކްސިޑެންޓްގައި ސައިކަލް ދުއްވަން އިން މީހާ އަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލަށް ވަނީ ގެންގޮސްފައެވެ. މި ހާދިސާގައި އަނިޔާ ވެފައި ވަނީ އަންހެނަކަށެވެ. ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ މެޓާއިން އާރުޓީއާއި އެހެނިހެން ރަޝިއާގެ މީޑިއާތައް ބްލޮކްކޮށްފި ފޭސްބުކްގެ މައި ކުންފުނި ކަމުގައިވާ މެޓާއިން ރަޝިއާގެ އާރުޓީއާއި އެހެނިހެން މީޑިއާ އައުޓްލެޓްތައް ބްލޮކްކުރަން ނިންމައިފިއެވެ. މި ނިންމުން ނިންމާފައިވަނީ މި މީޑިއާތަކުން “ބޭރުގެ ނުފޫޒު ފޯރުވުމުގެ ޙަރަކާތްތައް” ހިންގާތީއެވެ. މެޓާއިން މި ނިންމުން ނިންމާފައިވަނީ ވައިޓް ހައުސްއިން ރަޝިއާގެ ނުފޫޒު ފޯރުވުމުގެ ކެމްޕޭނުގައި އާރުޓީގެ ދައުރާ ގުޅޭގޮތުން ގިނަ މަޢުލޫމާތުތަކެއް ހާމަކުރުމަށް ފަހުގައެވެ. އަދި މިކަމާ ގުޅިގެން އެމެރިކާއިން ވަނީ އާ ދަޢުވާތަކަކާއި ފިޔަވަޅުތަކެއްވެސް އަޅާފައެވެ. އެމެރިކާގެ ޖަސްޓިސް... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން