ޓާކިޝް އެމެރިކަން އެކްޓިވިސްޓް އައިސެނޫރް އެޒްގީ އެގީ މަރުވީ އިސްރާއީލު ސިފައިން ބަޑިޖެހުމުންކަން އޮޓޮޕްސީން ދައްކައިފިއެވެ.
ހިފާފައިވާ ހުޅަނގު އައްސޭރީގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު ހިނގި ސުލްހަވެރި މުޒާހަރާއެއްގައި މަރުވި ޓާކިޝް-އެމެރިކަން އެކްޓިވިސްޓް އައިސެނޫރް އެޒްގީ އެގީ (26 އަހަރު) މަރުވެފައިވަނީ އިސްރާއީލު ސިފައިން ވަރަށް ދުރުން ބަޑި ޖެހުމުން ކަމަށް މީގެ ކުރިންވެސް ވަނީ ތުހުމަތުކޮށްފައެވެ. އެކަން ޔަޤީންވެފައިވަނީ އޭނާގެ ހަށިގަނޑުގެ އޮޓޮޕްސީ ރިޕޯޓުންނެވެ.
ތުރުކީގެ އިޒްމިރު ސިޓީގައި ކުރެވުނު އޮޓޮޕްސީ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އެގީގެ ހަށިގަނޑަށް ބަޑީގެ ވަޒަން އަރާފައިވަނީ އެންމެ ތަނަކަށެވެ. އަދި އެ އެއް ވަޒަނުން ވެސް އޭނާ މަރުވާން އެކަށީގެންވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. ބަޑީގެ ވަޒަން ވަދެފައިވާ ތަނުގެ ވަށައިގެން އެއްވެސް އަސަރެއް، ފެންނަން ނެތްއިރު، ބަޑި ޖަހާފައިވަނީ ދުރު ހިސާބަކުން ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ.
އޮޓޮޕްސީ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެގީގެ ސިކުނޑީގައި ލޭއެޅި ގެއްލުން ލިބިފައިވާކަމަށެވެ. އޭނާގެ ލޭގައި އެއްވެސް ވިހަ މާއްދާއެއް ފެނިފައިނުވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
އެގީގެ މަރުވުމާ ގުޅިގެން ބައިނަލްއަޤްވާމީ މުޖުތަމަޢުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެމެރިކާގެ ނައިބު ރައީސް އަދި ރިޔާސީ ކެންޑިޑޭޓް ކަމަލާ ހެރިސް މި މަރުވުމަކީ "ޤަބޫލުކުރެވޭނެ ކަމެއް ނޫން" ކަމަށް ބުނެފައިވެއެވެ.
އޮޓޮޕްސީ ރިޕޯޓުގައި އިތުރަށް ބުނެފައިވަނީ އެގީގެ ހަށިގަނޑުން 6 ލޮއި އެއްޗެހި ނެގިފައިވާ ކަމަށާއި، އެއީ ކުށުގެ ހެކިތަކެއްގެ ގޮތުގައި ބެލެވޭ ކަމަށެވެ. ނަމަވެސް ހާދިސާ ހިނގި ތަނުގެ ފޮޓޯ ނުވަތަ ވީޑިއޯ ނެތުމުން ބަޑި ޖެހި ދިމާލާއި ބުލެޓުގެ ވައްތަރު ކަނޑައެޅިގެން ބުނަން ނޭނގޭ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!