ބައިނަލްއަގުވާމީ މެދު ޔޫރަޕަށް ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް މެދު ޔޫރަޕު ސަރަހައްދަށް މިހާރު ކުރަމުންދާ ގަދަ ވިއްސާރައިގެ އަސަރު އިޓަލީއަށް ފޯރަމުންދާ ކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ. މި ސަބަބާހުރެ އިޓަލީގެ ގިނަ ސަރަހައްދުތަކަށް ވަނީ ގަދަ ވާރޭއާއި، ވައި ގަދަވުމާއި، ފެންބޮޑުވުމުގެ އިންޒާރު ދީފައެވެ. އިޓަލީގެ މެދުތެރޭގައި އޮންނަ ޕެސްކާރާ ސިޓީގައި މިހާރުވެސް ފެންބޮޑުވުން ފެށިފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އަދި އިޓަލީގެ އުތުރުގައިވާ އެމީލިއާ-ރޮމާނާގެ ސަރަހައްދުން ފެށިގެން އެންމެ ދެކުނަށް ވެސް މޫސުމީ އިންޒާރުތައް ވަނީ ދީފައެވެ. މި އިންޒާރުތައް ދެވ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ގައުމަށް ރީތި ނަން ހޯދައިދިން ކުޅުދުއްފުށީ އެތުލީޓުންނަށް ސިޓީ ކައުންސިލްގެ މަރުހަބާ ހަތަރުވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތްލެޓިކްސް ޗެމްޕިއަންޝިޕް 2024 ގައި ރާއްޖެއަށް ރީތި ނަން ހޯދައިދިން އެތުލެޓިކްސް ޓީމުގައި ހިމެނުނު ކުޅުދުއްފުށީގެ އެތުލީޓުންނަށް، ކުޅުދުއްފުށި ސިޓީ ކައުންސިލުން މަރުހަބާ ދަންނަވައި ކާމިޔާބީ ފާހަގަ ކޮށްފިއެވެ. މި މަހު 11 އިން 13 އަށް އިންޑިއާގެ ޗެންނާއީގައި ކުރިއަށްދިޔަ ދެކުނު އޭޝިއާގެ ޖޫނިއަރ އެތުލެޓިކްސް މުބާރާތުގައި ރާއްޖެއިން 16 އެތުލީޓުން ވާދަކުރިއެވެ. އެއީ 8 އަންހެން އެތުލީޓުންނާއި 8 ފިރިހެން އެތުލީޓުންނެވެ. ހަތަރެއް ގުނަ 100 މީޓަރު ރިލޭ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ލުބުނާންގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފި ލުބުނާންގެ އެކި ސަރަޙައްދުތަކުގައި ހިނގި ޕޭޖަރު ގޮވުންތަކާމެދު އދ. އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ގޮވުންތަކުގައި މަދުވެގެން 8 މީހުން މަރުވެ، 2,750 މީހުން ޒަޚަމްވެފައިވާ ކަމަށް ވަނީ ރިޕޯޓުކުރެވިފައެވެ. އދ. ގެ ތަރުޖަމާނު ސްޓެފާން ޑުޖާރިކް ވިދާޅުވީ މި ހާދިސާތަކަކީ “ވަރަށް ކަންބޮޑުވާންޖެހޭ” ކަމެއް ކަމަށެވެ. ޑުޖާރިކް ވިދާޅުވީ އދ. އަށް މި ހާދިސާއާ ގުޅޭ އިތުރު މަޢުލޫމާތެއް ލިބިފައި ނެތް ކަމަށާއި، ނަމަވެސް އާންމުންނަށް ލިބުނު ގެއްލުން ކުށްވެރިކުރާ ކަމަށެވެ. ލުބުނާންގެ ސަރުކާރުން މި […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ފެނިއްޖެ މާލޭގެ ގެއެއްގައި ނިޔާވެފައި އޮތް މީހަކު ރޭ ފެނިއްޖެ އެވެ. ފުލުހުން ބުނީ މީހަކު ނިޔާވެފައި އޮއްވާ ފެނުނީ މާލޭގެ މާފަންނުގައި ހުންނަ ގެއަކުން ކަމަށެވެ. އެ މީހާ ނިޔާވެފައި އޮތީ އެގޭގެ ތިންވަނަ ފަންގިފިލާގައި ހުންނަ ކޮޓަރިއެއްގައެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ ރޭ 23:33 ހާއިރު އެވެ. ނިޔާވެފައި އޮއްވާ ފެނުނީ އުމުރުން 57 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މ. ނަލަހިޔާމަންޒިލް، އަހުމަދު ފަޔާޒް ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ. […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖޫރިމަނާ ފައިސާ ނުދެއްކުމުން، ނެއްލައިދޫ ބަލިވިކަމަށް ކަނޑައަޅައިފި ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި މި މަހު 12 ވަނަ ދުވަހު ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން، މުބާރާތުގެ ޑިސިޕްލިނަރީ ކޮމެޓީން އެ މައްސަލަ ބަލައި، މެޗުން ނެއްލައިދޫ ބަލިވި ކަމަށް ކަނޑައެޅުމަށް ފަހު ޖޫރިމަނާކޮށް އެ ފައިސާ ދައްކަން އަންގާފައި ވީ ނަމަވެސް ކަނޑައެޅިފައިވާ ތާރީހަށް އެ ފައިސާ ދައްކާފައި ނުވާތީ ގްރޫޕްގެ ފަހު މެޗު ކުޅުމުގެ ފުރުސަތު ނުދީ މެޗުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ވިޔަފާރި ފެނަކަ އައު ހަރުފަތަކަށް، ޑިޖިޓަލްކުރުމުގެ މަގުޗާޓު ތައާރަފްކޮށްފި ފެނަކަ ކޯޕަރޭޝަނުން ދެމުންދާ ޚިދުމަތްތައް އޮމާންކަމާއެކު، މިހާރަށްވުރެ އަވަސްކޮށް ދިނުމަށް މަގުފަހިކޮށްދިނުމަށް އެ ކުންފުނި ޑިޖިޓަލްކުރުމުގެ މަގުޗާޓު މިއަދު ތައާރަފްކޮށްފިއެވެ. ފެނަކަ ޑިޖިޓަލައިޒް ކުރުމަށް އެކުލަވާލެވުނު މަގުޗާޓު ތައާރަފް ކުރީ މިއަދު އެ ކުންފުނީގެ މުވައްޒަފުންނަށް ޚާއްޞަކޮށް ބޭއްވި ޙަފްލާއެއް ގައެވެ. ސަރުކާރުގެ ބައެއް އިސްވެރިންނާއި، ފެނަކައިގެ މެނޭޖިންގ ޑިރެކްޓަރު މުއާޒު މުހައްމަދު ރަޝީދުގެ އިތުރުން އެ ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަތް މި ޙަޕްލާގައި، މި މަގުޗާޓުގައި ހި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބްރިޖުމަތީ ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކަށް ފިޔަވަޅުއަޅައިފި ސިނަމާލެ ބްރިޖާއި ހައިވޭ ހުރަސްކޮށް ސައިކަލެއްގައި ސަރފްބޯޑެއް އުފުލި މީހަކާމެދު ފުލުހުން ފިޔަވަޅު އަޅައިފިއެވެ. ފުލުހުން ބުނިގޮތުގައި އެ ސާރފްބޯޑު އުފުލި މީހާއާއި މެދު މި މައްސަލައިގައި ފިޔަވަޅު އަޅާފައިވަނީ ގަވާއިދާ ޚިލާފަށް މުދާ އުފުލުމުގެ ކުށުގެ ދަށުންނެވެ. ފުލުހުން ބުނީ، މިފަދަ ޢަމަލުތަކަކީ އެ މީހަކަށާއި އެހެން މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެ ކަންކަން ކަމަށެވެ. އެހެންކަމުން މިފަދަ ޢަމަލުތަކުން ދުރުހެލިވުމަށް އެންމެހައި ފަރާތްތަކަށް ފުލުހުން ވަނީ ހަނދާންކޮށްދީފައެވެ. މި ހ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ވާނުވާ ބަންދަކީ ބޮޑު ތަކުލީފެއް، މުއްދަތު އަވަސް ކުރުން މުހިންމު: އަނާރާ ޝަރީޢަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ މައްސަލަތައް ނުނިމިދިގުލައި ދިޔުމަކީ އެފަދަ މީހުންނަށް ކުރިމަތިވާ ބޮޑު ގޮންޖެހުމެއް އަދި ތަކުލީފެއްކަމަށާއި، އެފަދަ މީހުން ބަންދުގައި ތިބޭ މުއްދަތު އަވަސް ކުރުން މުހިންމުކަމަށް ހުރާ ދާއިރާގެ ޕީއެންސީ މެންބަރު ޑރ. އަނާރާ ނައީމް މިއަދު ވިދާޅުވެއްޖެއެވެ. އަނާރާ މިހެން ވިދާޅުވީ، މި އަދު ކުރިއަށް ދިޔަ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޚާއްޞަ ތިން ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާފައި ޕްރޮސިކިއުޓަރ […] ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ރާއްޖެ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާއަށް ތައްޔާރުކުރުމުގެ ޕްރޮގްރާމް ނިންމާލައިފި ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން ހިންގި ޕްރޮގްރާމް ނިންމާލައި ބައިވެރިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ގެ ނަމުގައި ހިންގި މި ޕްރޮގްރާމަކީ، އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއާއި ކެއާ ސޮސައިޓީ ގުޅިގެން ހިންގި ޕްރޮގްރާމެކެވެ. އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ ނުކުޅެދުންތެރިކަން ހުންނަ މީހުން ވަޒީފާގެ މާހައުލަށް ތައްޔާރުކުރުމުގެ ގޮތުން، ‘ޖޮބް-ރެޑިނަސް ޕްރޮގްރާމް’ ވަރަށް ކާމިޔާބު ކަމަށެވެ. އަދި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
މަޖިލިސް ޕީޖީ އަކަށް އައްބާސް ޢައްޔަނުކުރަން ފާސްކޮށްފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ މަގާމަށް ޢައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ރައީސް އޮފީހުގެ ލީގަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓުގެ މަގާމުގައި ހުންނެވި އައްބާސް ޝަރީފު އެ މަޤާމަށް ޢައްޔަނުކުރަން މަޖިލީހުގެ ތަޅުމުން މިއަދު ފާސްކޮށްފިއެވެ. އައްބާސް އެ މަޤާމަށް ޢައްޔަނުކުރުމަށް އޭނާގެ ނަން، ރައީސް މުޢިއްޒު މަޖިލީހަށް ފޮނުއްވީ މި މަހުގެ 11 ވަނަ ދުވަހުއެވެ. މި ދުވަސްވަރަކީ މަޖިލިސް ޗުއްޓީގައި އޮތް ދުވަސްވަރުކަމުން، އައްބާސް ޢައްޔަނުކުރުމުގެ މަރުހަލާ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް އެދިއްޖެ އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން އޮޅުވާލައިގެން ބިދޭސީން އުޅޭތަންތަން ބަލާފާސްކުރާތީ ސަމާލުވުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިލްތިމާސްކޮށްފިއެވެ. އިމިގްރޭޝަން އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ވަދެ ފޭރޭ މައްސަލައެއް ވަނީ ފެންމަތިވެފައެވެ. އެހެންވެ އިމިގްރޭޝަން ނެރުނު ސަމާލުގެ މެސެޖެއްގައި ބުނީ އެތަނުގެ އޮފިސަރުންކަމަށް ހެދިގެން ބިދޭސީން އުޅޭތަންތަނަށް ބަލާފާސްކުރާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައިވާ ކަމަށެވެ. ‘’އެހެންކަމުން މިއީ އިމިގްރޭޝަންގެ އޮފިސަރުން ނޫންކަމަށާއި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޕަބްލިކް ލައިބްރަރީ އަކީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ސަފުހާއެއް: މޭޔަރު ކުޅުދުއްފުށި ޕަބްލިކް ލައިބްރަރީ އަކީ އެ ރަށުގެ ތަރައްގީގެ އާ ސަފުހާއެއް އަދި މައުލޫމާތުގެ ބޮޑު ހަޒާނާއެއް ކަމުގައި، ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އެ ސިޓީގައި ޒަމާނީ ފެންވަރަށް ތަރައްގީކުރި ޕަބްލިކް ލައިބްރަރީ ރޭ ވަނީ ރަސްމީކޮށް ހުޅުވާފައެވެ. މި ލައިބްރަރީ ރަސްމީކޮށް ހުޅުވައި ދެއްވާފައި ވަނީ ގައުމީ ޔުނިވާސިޓީ ކުޅުދުއްފުށީ ކެމްޕަހުގެ އެސިސްޓެންޓް ޕްރޮފެސަރ ޑރ.މުހައްމަދު އުމަރާއި ކުޅުދުއްފުށި ސިޓީގެ މޭޔަރު މުހައްމަދު އާތިފެވެ. ލައިބްރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި ވަދެ 9000 ރުފިޔާ ފޭރިއްޖެ މޯލްޑިވްސް އިމިގްރޭޝަންގެ އޮފިސަރުންގެ ނަމުގައި މާލޭގައި ބިދޭސީން ދިރިއުޅޭ ގެއަކަށް ވަދެ މޮބައިލް ފޯނަކާއި 9000 (ނުވަހާސް) ރުފިޔާ ފޭރުނު މައްސަލައެއްގައި މީހަކު ހައްޔަރު ކޮށްފިއެވެ. ފުލުހުން ބުނީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރުންގެ ނަމުގައި އިއްޔެ 3 މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޮބައިލް ފޯނަކާއި 9000 ރުފިޔާ ފޭރުނު މައްސަލައެއް އިއްޔެ ރިޕޯޓް ކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން މާލެ، ގ.ބެރުގެ މުހައްމަދު ނަވީން (44) ވަނީ ކޯޓް އަމުރެއްގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެޕަލްގެ އައު އޮޕަރޭޓިންގ ސިސްޓަމް އައިއޯއެސް 18 ރިލީޒްކޮށްފި އެޕަލް އިން އެންމެ ފަހުގެ މޮބައިލް އޮޕަރޭޓިންގ ސިސްޓަމް، އައިއޯއެސް 18 މިއަދު ރިލީޒްކޮށްފިއެވެ. މި އަޕްޑޭޓްގައި ކޮންޓްރޯލް ސެންޓަރ އަދި ހޯމް ސްކްރީން އަލުން ފަރުމާކުރުމުގެ ފީޗަރ ފަދަ ބޮޑެތި ބަދަލުތަކާއި، އެކްޓިވޭޝަން ލޮކް ފަދަ ކުދި ބަދަލުތައް ހިމެނެއެވެ. އައިއޯއެސް 18 ލިބޭނީ އައިފޯން އެކްސްއެސް އަދި އޭގެ ފަހުގެ މޮޑެލްތަކަށެވެ. މި އަޕްޑޭޓް އިންސްޓޯލްކުރުމަށް 5 ޖީބީ އިން 10 ޖީބީއާ ދެމެދުގެ ހުސް ޖާގައެއް ބޭނުންވާނެއެވެ. އަޕްޑޭޓް ކުރުމަށް ސެޓިންގްސް އެޕް […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 58 އަހަރުގެ ރަޔަން ވެސްލީ ރައުތްއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަވެއްޖެއެވެ. ރައުތްއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށްވާއިރު، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައީ ހަވާއީގައެވެ. 2016 ވަނަ އަހަރު ޓްރަމްޕަށް ވޯޓުދިން ނަމަވެސް، ފަހުން ޓްރަމްޕާ ދެކޮޅަށް ބަދަލުވެފައިވާކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދައްކައެވެ. ރައުތްއަކީ ޔުކްރެއިންއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޔުކްރެއިންގެ ހަނގުރާމައިގައި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން