މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ބެލެވޭ މީހާގެ މަޢުލޫމާތު ހާމަވެއްޖެ

ކުރީގެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ހަމަލާދޭން އުޅުނު ކަމަށް ތުހުމަތުކުރެވޭ 58 އަހަރުގެ ރަޔަން ވެސްލީ ރައުތްއާ ގުޅޭ އިތުރު މަޢުލޫމާތު ހާމަވެއްޖެއެވެ. ރައުތްއަކީ ނޯތު ކެރޮލައިނާގެ މީހެއް ކަމަށްވާއިރު، އޭނާ އެންމެ ފަހުން ދިރިއުޅެމުން އައީ ހަވާއީގައެވެ. 2016 ވަނަ އަހަރު ޓްރަމްޕަށް ވޯޓުދިން ނަމަވެސް، ފަހުން ޓްރަމްޕާ ދެކޮޅަށް ބަދަލުވެފައިވާކަން އޭނާގެ ސޯޝަލް މީޑިއާ ޕޯސްޓުތަކުން ދައްކައެވެ. ރައުތްއަކީ ޔުކްރެއިންއަށް ތާއީދުކުރާ މީހެއްގެ ގޮތުގައި ފާހަގަކުރެވޭއިރު، ޔުކްރެއިންގެ ހަނގުރާމައިގައި...

އަޙްމަދު ދާއޫދު
ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ޣައްޒާގައި 90 އިންސައްތަ ކުދިންނަށް ޕޯލިއޯ ވެކްސިން ދީފި

ފަލަސްތީނުގެ ކުޑަކުދިންނަށް އަމާޒުކޮށްގެން ޣައްޒާގައި ހިންގި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި 90 އިންސައްތަ ކުދިންނަށް ވެކްސިން ދެވިފައިވާ ކަމަށް ޔުނައިޓެޑް ނޭޝަންސް ޕެލެސްޓީނިއަން ރެފިއުޖީ އޭޖެންސީ (ޔޫއެންއާރްޑަބްލިޔޫއޭ)ގެ ވެރިޔާ ފިލިޕް ލަޒަރީނީ ވިދާޅުވެއްޖެއެވެ. ސެޕްޓެމްބަރު 1 ގައި ފެށުނު މި ކެމްޕޭނުގައި 10 އަހަރުން ދަށުގެ 640،000 ކުދިންނަށް ވެކްސިން ދިނުމަށް ރޭވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރެއިން މިހާރު 446،000 އަށްވުރެ ގިނަ ކުދިންނަށް މެދު އަދި ދެކުނު ޣައްޒާގައި ވެކްސިން ދެވ...

އަޙްމަދު ދާއޫދު
ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ބަލަން ހާއްސަ ތަހްގީގު ޓީމެއް

ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ ބަލަން ހާއްސަ ތަހްގީގު ޓީމެއް

ޅ. ނައިފަރުގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން މިރޭ ބުނެފިއެވެ. ފުލުހުން ބުނީ، ޅ.އަތޮޅު ހޮސްޕިޓަލްގެ ސާވާ ހެކްކުރި މައްސަލަ މި މަހުގެ 12 ވަނަ ދުވަހު އެ އިދާރާއަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުންގެ ހާއްސަ ތަހުގީގު ޓީމެއް ނައިފަރަށް ގޮސް އެ މައްސަލަ ތަހްގީގު ކުރަމުން އަންނަކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެ ހޮސްޕިޓަލުން ދެ ދުވަސް ކުރިން އާންމުކުރި ނޯޓިސްއެއްގައި އެ […]

ޔުމްނާ ޢަލީ
ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ އައު މަރުކަޒު ހުޅުވައިފި

ހުޅުމާލޭގައި އިލްމު އިންސްޓިޓިއުޓްގެ ފޯ އިސްލާމިކް ސްޓަޑީޒްގެ އައު މަރުކަޒެއް ހުޅުވައިފިއެވެ. މި މަރުކަޒު ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފިތުރޯނު މަގުގައި ހުންނަ ރެނަޓަސް ބިލްޑިންގގެ ފުރަތަމަ ފަންގިފިލާގައެވެ. އެއީ ބޭންކް އޮފް މޯލްޑިވެސް ޑޮލަރު އޭޓީއެމް ހުންނަ އިމާރާތުގެ ފުރަތަމަ ފަންގި ފިލާއެވެ. އައު މަރުކަޒުގައި ފަސް ކްލާސްރޫމާއި، ރިސާރޗް ރޫމަކާއި، އެގްޒެކެޓިވް އޮފީސް ބައެއް ހިމެނެއެވެ. މި މަރުކަޒު ރަސްމީކޮށް ހުޅުވައިދެއްވީ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛު ޙުސައިން ޝަރީފެވެ. އިލްމު...

އަލީ އާދިލް
”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”

”ގަސްއިންދުން އިތުރުކުރުމަކީ ތިމާވެއްޓަށްޓަކައި ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއް”

ފެހިކަން އިތުރުކޮށް ގަސްއިންދުން އިތުރުކުރުމަކީ ތިމާވެށި ސަަލާމަތްކުރުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ހައްލެއްކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ، ދުނިޔޭގެ އޯޒޯން ދުވަހާއި ގުޅިގެން އެކްސްގަސި އެމަނިކުފާނު ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓްގައި ރައީސް ވިދާޅުވެފައި ވަނީ، ދިވެހިރާއްޖޭގެ ފެހިކަން އިތުރުކޮށް ގަސް އިންދުން އިތުރުކުރުމަކީ، ތިމާވެށްޓަށް ކުރާ ނޭދެވޭ އަސަރުތަކުން ސަލާމަތްވުމަށް ޚަރަދުކުޑަ ޔަޤީންކަން ބޮޑު ޙައްލެއްކަމަށެވެ. މިއަދަކީ ބައިނަލްއަގްވ...

ޔުމްނާ ޢަލީ
އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް

އޮލްމޯ އަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރަށް

ޖަރުމަނުގެ އާރުބީ ލައިޕްޒިގް ދޫކޮށް މި ސީޒަނަށް ބާސެލޯނާއާއި ގުޅުނު ސްޕެއިން އެޓޭކިން މިޑްފީލްޑަރ ޑެނީ އޮލްމޯއަށް އަނިޔާވެ ފަސް ހަފްތާއަށް ކުޅުމާއި ދުރުގައި މަޑުކުރަން ޖެހިއްޖެއެވެ. އުމުރުން 26 އަހަރުގެ އޮލްމޯގެ ފަލަމަސް ގަނޑަށް އަނިޔާވެފައި ވަނީ ރޭ ސްޕެނިޝް ލީގުގައި ޖިރޯނާއާއި ދެކޮޅަށް ކުޅުން މެޗުގައެވެ. އަނިޔާގެ ސަބަބުން މެޗުގެ 64 ވަނަ މިނެޓުގައި އޭނާ ވަނީ ބަދަލުކޮށްފައެވެ. ބާސާއިން މެޗު 4-1 ގެ ނަތީޖާއިން ކާމިޔާބުކުރިއިރު، މެޗުގައި ބާސާއިން ކާމިޔާބުކުރި ތިންވަނަ ލަނޑު […]

އިބްރާހިމް ޚަލީލް
ހެކްކޮށްގެން ހީލަތުން އަތުލިފައިސާތައް ހަ ގަޑިއިރު ތެރޭ ފުލުހުން ހޯދައިދީފި

ހެކްކޮށްގެން ހީލަތުން އަތުލިފައިސާތައް ހަ ގަޑިއިރު ތެރޭ ފުލުހުން ހޯދައިދީފި

މީހެއްގެ ވައިބަރ އާއި ފޭސްބުކް ހެކްކޮށްގެން ހީލަތުން އަތުލިފައިސާތަކެއް ހަ ގަޑިއިރު ތެރޭ ފުލުހުން ހޯދައިދީފިއެވެ. ފުލުހުން ބުނީ، މީހެއްގެ ވައިބަރ އާއި ފޭސްބުކް އެކައުންޓުގެ ކޮންޓްރޯލް ހޯދައި، އެ މީހާގެ ނަމުގައި އެކި މީހުންނަށް މެސެޖުކޮށް، މަކަރާއި ހީލަތުން އެކި މީހުންގެ އަތުން އަތުލި ފައިސާތަކެއް ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. މިއީ ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެކެވެ. ‘’މި މައްސަލައާއި ގުޅިގެން، އެ ފައިސާތައް ހޯދުމަށް ހެންވޭރު ޕޮލިހާއި...

ޔުމްނާ ޢަލީ
ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، 14 ސެޕްޓެމްބަރު 2024 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، މާލޭގެ ގުލާބީ މަގުން ސައިކަލެއް ފޭރުނު މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 30 އަހަރުގެ އަހްމަދު ޝާރިފް އަބުދުލް ރަހީމް. މ.މާކަނާ/މާލެ އެވެ. މި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ގެންދިޔުމުން އޭނާ 15 ދުވަހަށް ބަންދުކުރުމަށް ކުރިމިނަލް ކޯޓުން އަމުރުކޮށްފައިވާކ...

ޔުމްނާ ޢަލީ
ބަރަހަނާކޮށް ފޭރުނު ތިން މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ބަރަހަނާކޮށް ފޭރުނު ތިން މީހަކަށް ދައުވާ ކުރަން ފޮނުވައިފި

ފޭރުމުގެ މައްސަލައެއްގައި ތިން މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ހުށަހަޅައިފިއެވެ. މި ކަމާގުޅިގެން ފުލުހުން ވިދާޅުވީ މއ. މަސްފަން ގެއަށް ދިވެހި ފިރިހެނަކު ވައްދައި، އެމީހާއަށް ވަޅިން ބިރު ދައްކައި ބަރަހަނާކޮށް ފޭރުނު މައްސަލާގައި ތިން މީހެއްގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. އެ ތިން މީހުން ވަނީ އެމީހާ ބަރަހަނާކުރުމަށްފަހު އޭނާގެ މޯބައިލް ފޯނުއަތުލައި މަޖުބޫރުކުރުވުމަށްފަހު ބެންކު އެކައުންޓުން ފައިސާ ޓްރާންސްފާކުރުވައި އަދި އޭނާގެ...

އަލީ އާދިލް
ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ: ސްޓެލްކޯ

ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެ: ސްޓެލްކޯ

ރީޑިންގ ނުނަގާ އަދި ބޭނުން ނުކުރާ ކަރަންޓަކަށް ބިލެއް ނުކުރާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ބުނެފި އެވެ. ސްޓެލްކޯއިން ހާމަކުރި ގޮތުގައި، ކުންފުނީގެ މުވައްޒަފުން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި 24 ގަޑިއިރު މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދެއެވެ. މީގެ ތެރޭގައި ކޮންމެ މަހަކު ކަސްޓަމަރުންގެ ގޭގެއަށް ގޮސް މީޓަރު ރީޑިންގ ނެގުމާއި، ބިލު ތައްޔާރުކުރުމާއި، ފޮނުވުމާއި، ފައިސާ ބަލައިގަތުން ހިމެނެއެވެ. ކުންފުނިން އިތުރަށް ބުނެފައިވަނީ މި ހުރ...

އިބްރާހިމް އަސްވާޤް
އުރީދޫ ނޭޝަން ކޮންޓެންޑަރ ސީރީޒް، ސީޒަން ދޭއް ނިންމާލައިފި

އުރީދޫ ނޭޝަން ކޮންޓެންޑަރ ސީރީޒް، ސީޒަން ދޭއް ނިންމާލައިފި

އުރީދޫ ނޭޝަން މޯލްޑިވްސް ޗެމްޕިއަންޝިޕް ކޮންޓެންޑަރ ސީރީޒްގެ ދެވަނަ ސީޒަން ކާމިޔާބުކަމާއެކު ނިންމާލާފައެވެ. ގިނަ އަދަދެއްގެ ކުޅުންތެރިން ބައިވެރިވި މި މުބާރާތް ނިމުނީ ފޯރިގަދަ އަދި އުފާވެރި ޝޯޑައުނަކުންނެވެ. މި މުބާރާތުގައި ޕަބްޖީ މޮބައިލް އަދި އީއޭއެފްސީ24 މުބާރާތް ކުޅުނެވެ. ޕަބްޖީ މޮބައިލްގެ ޗެމްޕިއަންކަން ހޯދީ އަކަޒާޔާ އީސްޕޯޓްސް ޓީމެވެ. އެ ޓީމަށް 7,000 ރުފިޔާގެ ފައިސާގެ އިނާމު ލިބުނެވެ. އީޓޫއެސް ޓީއެމް7 ދެވަނައަށް އައިސް 4,000 ރުފިޔާ ހޯދިއެވެ. އެމްވީޕީގެ މަޤާމު ހޯދި އޭކޭއޭ މާހާއަށް […]

އިބްރާހިމް އަސްވާޤް
ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި

ދެ ދަރިންނަށް ޖިންސީ ގޯނާކުރި ބައްޕަ 30 ދުވަހަށް ބަންދުކޮށްފި

ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ބައްޕަ 30 ދުވަހަށް ބަންދުކޮށްފިއެވެ. މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުންނަށް ރޭ ވަނީ ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. ފުލުހުން ބުނީ އެމީހާގެ ބަންދާމެދު ގޮތެއް ނިންމަން ކުރިމިނަލް ކޯޓަށް ގެންދިޔުމުން 30 ދުވަހަށް ބަންދުކުރުމަށް ކޯޓުން...

ޔުމްނާ ޢަލީ
ގޭގޭގެ ވަޅު ހިއްކައިދީގެން އެމްޑީޕީން އިންތިޚާބުތައް ކާމިޔާބުކުރަން އުޅުނުތަން ދުށިން: މުހައްމަދު

ގޭގޭގެ ވަޅު ހިއްކައިދީގެން އެމްޑީޕީން އިންތިޚާބުތައް ކާމިޔާބުކުރަން އުޅުނުތަން ދުށިން: މުހައްމަދު

ހއ. މާރަންދޫ ކައުންސިލްގެ ބައި-އިލެކްޝަންގައި އެމްޑީޕީ ބަލިވުމުން އެ ޕާޓީން އުޅެނީ ވަރަށް އަސަރުކޮށްގެން ކަމަށާއި، އިންތިޚާބުތައް ކާމިޔާބުކުރަން އެމްޑީޕީން ގޭގޭގެ ވަޅުތައް ހިއްކައިދީގެން އުޅުނު މަންޒަރުވެސް ފެނިފައިވާކަމަށް ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް މިއަދު ވިދާޅުވެއްޖެއެވެ. މިއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބާއްވާ ޚާއްސަ ދެވަނަ ޖަލްސާ ބާއްވާފައެވެ. މިޖަލްސާގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާޢީލް ނިޒާރު ހުށަހަޅުއްވާފައިވާ، ކުންފުނީގެ ޤާނޫނަށް އިޞްލާޙ...

ޔުމްނާ ޢަލީ
ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ކުޅުދުއްފުށީގައި ހޯމް ގާޑެނިން އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް

ހދ. ކުޅުދުއްފުށި ސިޓީގައި ހޯމް ގާޑެނިންގ އާއި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނިގޮތުގައި މި ޕްރޮގްރާމަކީ އެ ކައުންސިލާއި އެގްރިކޮންސަލްޓިންގ މޯލްޑިވްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މި ހޯމް ގާޑެނިންގ އަދި ދަނޑުވެރިކަމާ ބެހޭ މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ 3 ދުވަހުގެ މުއްދަތަށެވެ. މި ޕްރޮގްރާމްގައި އެ ސިޓީގެ 45 މީހަކު ބައިވެރިވެފައިވާކަމަށް ވެސް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ވަނީ...

ޔުމްނާ ޢަލީ
ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

ވަޅިން ބިރުދައްކައި އޮރިޔާންކޮށް ފޭރުނު މައްސަލައެއްގައި ދައުވާކުރަން ފޮނުވައިފި

މާލޭގެ ގެސްޓްހައުސް އަކަށް ދިވެހި ފިރިހެނަކު ވައްދައި އޮރިޔާންކޮށް، ބިރުދައްކައިގެން ފޭރުނު މައްސަލާގައި ތުހުމަތުވާ ދެމީހުންގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ފުލުހުންގެ ޚިދުމަތުން، ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފިއެވެ. މި ހާދިސާ އަކީ 19 ޖުލައި 2024 ދުވަހު ހިނގާފައިވާ ހާދިސާއެކެވެ. ފުލުހުން ބުނީ، އެ ދުވަހު މާލެ، ޔެލޯ ލައިޓް ސްޓޭ ގެސްޓު ހައުސްއަށް ދިވެހި ފިރިހެނަކު ވައްދައި، އެ މީހާއަށް ތޫނު އެއްޗިހިން ބިރުދައްކައި، އޮރިޔާންކޮށް، އޭނާގެ ވޮލެޓުގައި ހުރި ފައިސާ ނަގައި […]

ޔުމްނާ ޢަލީ