މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ޔާމީނަށް ކުރާ ދައުވާތަކުގެ ޝަރީއަތް މަޑުޖައްސާލައިފި

ވ. އާރަށް ކުއްޔަށް ދިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ކްރިމިނަލް ކޯޓުން މަޑުޖައްސާލަން މިއަދު ނިންމައިފި އެވެ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލު ކުރައްވައި، މަނީ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެ މަނިކުފާނުގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ވަނިކޮށް، އެ ހުކުމް ބާތިލް ކުރުމަށް ފަހު، ހައި ކޯޓުން ވަނީ އެ މައްސަލަ އަލުން […]

ހުސައިން ހަބީބް
ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ

ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް، އަނިޔާވި މީހަކަށް ފަރުވާދެނީ

ހުޅުމާލޭ ދެ ފޭސް ގުޅުވާލަދޭ ބްރިޖްމަތީ ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ. ފުލުހުން ބުނީ، ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖްމަތީ އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ. އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ޔުމްނާ ޢަލީ
ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް

ޓޮޓެންހަމް އަތުން އާސެނަލް އަށް ހަނިމޮޅެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޓޮޓެންހަމް އާއި އާސެނަލް ބައްދަލުކުރި މެޗު، ހަނި ތަފާތަކުން އާސެނަލް އިން ކާމިޔާބު ކޮށްފިއެވެ. ޓޮޓެންހަމްގެ ވައިޓްހާޓް ލޭން ސްޓޭޑިއަމްގައި ކުޅުނު މި މެޗު އާސެނަލުން ކާމިޔާބު ކޮށްފައި ވަނީ 1-0 ގެ ނަތީޖާއިންނެވެ. ޓޮޓެންހަމްގެ ކޯޗު އަންގޭ ޕޮސްޓެކޮގްލޫގެ އިރުޝާދުގެ ދަށުން މިދިޔަ ސީޒަންގައި ޓޮޓެންހަމް އިން ވަނީ ލީގުގެ ފުރަތަމަ ކޮޅު ވަރަށް މޮޅަށް ކުޅެފައެވެ. ނަމަވެސް މި ސީޒަންގައި ހަތަރު މެޗު ކުޅުނުއިރު ލިބިފައި ވަނީ އެންމެ […]

އިބްރާހިމް ޚަލީލް
އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

އޯޕަން އޭއައި އިން އެންމެ ފަހުގެ އޭއައި މޮޑެލް ރިލީޒްކޮށްފި

މަޝްހޫރު އޭއައި ކުންފުނި އޯޕަން އޭއައި އިން އެ ކުންފުނީގެ އެންމެ ފަހުގެ ބޮޑު ލެންގުއޭޖް މޮޑެލް ކަމުގައިވާ ޖީޕީޓީ–އޯ1 (GPT-o1) ގެ ޕްރިވިއު ވަރޝަން މިއަދު ރިލީޒްކޮށްފިއެވެ. މި އައު މޮޑެލްގެ ޤާބިލުކަން ކުރީގެ މޮޑެލްތަކަށްވުރެ މަތިވެފައިވާ ކަމަށް ކުންފުނިން ބުނެއެވެ. އޯޕަން އޭއައިގެ ސީއީއޯ ސެމް އޯލްޓްމަން ވިދާޅުވި ގގޮތުގައި އޯ1-ޕްރިވިއު އަދި އޯ1-މިނީ މޮޑެލްތަކަކީ “އާންމު ބޭނުންތަކަށް އަދި ބޮޑެތި ވިސްނުންތެރި މަސައްކަތްތައް ކުރެވޭ އޭއައި ގެ އައު ޒަމާނެއްގެ ފެށުމެވެ.” ނަމަވެސް […]

އަޙްމަދު ދާއޫދު
ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުގެ ހަމަލާތަކުން އިތުރު 24 މީހުން ޝަހީދުވެއްޖެ

ޣައްޒާގައި އިސްރާއީލުން ދެމުންގެންދާ އަނިޔާވެރި ހަމަލާތަކުގައި އިތުރު 24 މީހުން ޝަހީދުވެއްޖެއެވެ. މިއާއެކު އޮކްޓޯބަރު 7 އިން ފެށިގެން މިހާތަނަށް ޝަހީދުވި މީހުންގެ އަދަދު 41،206 އަށް އަރައިފިއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޣައްޒާގެ ސިއްޙީ ވުޒާރާއިންނެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި މިހާތަނަށް 95،337 މީހުން ޒަޚަމްވެފައިވެއެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އާއއިލާތަކަށް އަމާޒުކޮށް ހިންގި ތިން “ގަތުލުއާންމު” ގައި 24 މީހުން މަރުވެ، 57 މީހުން ޒަޚަމްވެފައިވާކަމަ...

އަޙްމަދު ދާއޫދު
ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސާގެ މޮޅުވުމުގެ ސިލްސިލާ ކުރިއަށް

ލެމީން ޔަމާލްގެ މޮޅު ކުޅުމާއިއެކު ބާސެލޯނާއިން އައު ސީޒަންގެ މޮޅުވުމުގެ ސިލްސިލާ ދަމަހައްޓައިފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ބާސާއިން ވަނީ 4-1 ގެ ނަތީޖާއިން ޖިރޯނާ ބަލިކޮށްފައެވެ. ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުން ވެސް ބާސާ ވަނީ މޮޅުވެފައެވެ. ޕޮއިންޓް ތާވަލުގެ އެއްވަނާގައި އެ ޓީމް މިވަގުތު އޮތީ 15 ޕޮއިންޓާއި އެކުއެވެ. ދެވަނާގައި އޮތް ރެއާލަށް 5 މެޗުން ލިބިފައި ވަނީ 11 ޕޮއިންޓެވެ. ލީގުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ […]

އިބްރާހިމް ޚަލީލް
ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް އަވަހާރަކޮށްލަން އުޅުނު ކަމަށް ބެލެވޭ މީހަކު އަނެއްކާވެސް ހައްޔަރުކޮށްފިއެވެ. އެމެރިކާގެ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑޮނަލްޑް ޓްރަމްޕް އަވަހާރަކޮށްލަން މަސައްކަތްކުރި ކަމަށް ބެލެވޭ މީހަކު އިއްޔެ އަތުލައިގެންފައިވާއިރު، މި ހާދިސާ ހިނގީ ޓްރަމްޕްގެ ގޮލްފް ކޯހުގައި، އޭކޭ-47 ސްޓައިލްގެ ރައިފަލެއް ހިފައިގެން ގަސްތަކުގެ ތެރޭގައި އޮތް މީހަކު ފެނުމުންނެވެ. ސީކްރެޓް ސާވިސްގެ އެޖެންޓުން އެ މީހާއަށް ހަމަލާދިނުމުން، އޭނާ ކާރެއްގައި ފިލައިގެން ދިޔަ ނަމަވެސް،...

އަޙްމަދު ދާއޫދު
ބަންކަރިން ފެށުން ބުރާސްފަތީގައި، އެ ދުވަހުވެސް ކަސްޓަމަރުން ލިބޭނެ: ވަޖީހް

ބަންކަރިން ފެށުން ބުރާސްފަތީގައި، އެ ދުވަހުވެސް ކަސްޓަމަރުން ލިބޭނެ: ވަޖީހް

ރާއްޖޭގައި ފަށާ އިޤްތިޞާދީ އެންމެބޮޑު އެއް މަޝްރޫ، އުތުރުގައި ފަށަން ނިންމާފައިވާ ބަންކަރިންގެ ޚިދުމަތް ފަށަން މިހާރު ނިންމާފައި ވަނީ އަންނަ ބުރާސްފަތި ދުވަހު ކަމަށާއި، އެދުވަހުވެސް ކަސްޓަމަރުން ލިބޭނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ސީއީއޯ މުހައްމަދު ވަޖީހް މިރޭ ވިދާޅުވެއްޖެއެވެ. ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މިރޭ ވާހަކަދައްކަވަމުން ވަޖީހް ވިދާޅުވީ، ބަންކަރިން ޚިދުމަތް ފަށަން ހުރިހާ ތައްޔާރީތަކެއްވެ މިހާރު އޮތީ އެ ޚިދުމަތް ފަށަން ވެފައި ކަމަ...

ޙުސައިން ޝަހުދީ
ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި

ދެ ދަރިންނަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި

ދެ ދަރިންނަށާއި ތިމާގެ ކުށްޖަކާމެދު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ބައްޕައަކު ހައްޔަރުކޮށްފި އެވެ. ފުލުހުންބުނީ މާލޭގައި ބައްޕައަކު އޭނާގެ ދެ އަންހެން ދަރިންނާއި ތިމާގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ އިދާރާއަށް ހުށަހެޅުނުކަމަށެވެ. މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދިންގޮތުގައި، މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ވަނީ 42 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައެވެ. މައުލޫމާ...

ޔުމްނާ ޢަލީ
އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް

އެމްބާޕޭއާއި ވިނީގެ ލަނޑުތަކުން ރެއާލަށް މޮޅެއް

ކިލިއަން އެމްބާޕޭއާއި ވިނީސިއަސް ޖޫނިއާގެ ލަނޑުތަކުން ރެއާލް ސޮސިއެޑާޑް އަތުން ރެއާލް މެޑްރިޑް މޮޅުވެއްޖެއެވެ. ސްޕެނިޝް ލަލީގާގައި ރޭ ރަށުން ބޭރުގައި ކުޅުނު މި މެޗު ރެއާލުން ކާމިޔާބު ކޮށްފައި ވަނީ 2-0 ގެ ނަތީޖާއިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް ދެ ޓީމްގެ ފަރާތުން ވަނީ އެޓޭކްތަކެއް ފެނިގެން ގޮސްފައެވެ. މިގޮތުން ސޮސޮއެޑާޑުން ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވީއިރު، އަރިމަތިން ވަދެ އެމްބާޕޭ ފޮނުވާލި ބާރު ހަމަލާ ދިޔައީ ގޯލާއި […]

އިބްރާހިމް ޚަލީލް
ޔޫއޭއީ އެމްބަސީ އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ޔޫއޭއީ އެމްބަސީ އިމާރާތުގެ ކުލި ނުދައްކާ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ރާއްޖޭގައި ހުންނަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އެމްބަސީގެ އިމާރާތުގެ ކުލީގެ މައްސަލާގައި 1.4 މިލިއަން ރުފިޔާ ހޯދަން އެ އިމާރާތުގެ ވެރިފަރާތުން އެމްބަސީއާ ދެކޮޅަށް ދައުވާކުރި މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ނިންމައިފި އެވެ. ޔޫއޭއީ އެމްބަސީއާ ދެކޮޅަށް މީހަކު ދައުވާކުރީ ގ. ނިއުޝާގެ ތިން ފަންގިފިލާއެއްގައި މެއި, 2020 އިން ފެށިގެން އޮކްޓޯބަރު, 2022 ގެ ނިޔަލަށް ޔޫއޭއީ އެމްބަސީގެ އޮފީސް ހިންގިއިރު, އެތަނުގެ ކުލި ދައްކާފައި ނުވާތީ އާއި ނޯޓިހެއް ދިނުމެއް […]

ހުސައިން ހަބީބް
އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް

އައިފޯން ވަގަށްނެގުން މަދުކުރުމަށް އައި.އޯ.އެސް 18 ގައި އައު ފީޗާއެއް ތަޢާރަފްކޮށްފައިވާނޭ ކަމަށް ޓެކްރިޕޯޓްތައް ބުނެފިއެވެ. އެޕަލްގެ އައިފޯން ވަގަށް ނެގުމުގެ ބޭނުން ކުޑަކުރުމަށްޓަކައި އައި.އޯ.އެސް 18 ގައި އައު ފީޗަރެއް ތަޢާރަފުކުރަން އުޅޭކަމަށް ބީޓާ ޕްރޮފައިލްސް އިން ހާމަކޮށްފައިވާއިރު، މި ފީޗާއިން ކުރާ ކަމަކީ އައިފޯނުގެ ވަކވަކި ބައިތައް އެޕަލް އައިޑީއާ ގުޅުވާލުން ކަމަށް އެރިޕޯޓްގައި ބުނެފައިވެއެވެ. މިގޮތުން އައިފޯނުގެ ބެޓެރި، ކެމެރާ އަދި ޑިސްޕްލޭ ފަދަ ބައިތައް އެޕަލް އައިޑީއާ ގުޅުވާލެވޭނެއެވެ....

އަޙްމަދު ދާއޫދު
ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އަހަރީ ބައްދަލުވުން ފަށައިފި

ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، އަހަރީ ބައްދަލުވުން ފަށައިފި

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހަރަކާތްތެރިވާ ދީނީ އިޖުތިމާޢީ ޖަމްޢިއްޔާތަކާއެކު، ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފަށައިފިއެވެ. ޖަމްޢިއްޔާތަކުގެ އަހަރީ ބައްދަލުވުން ފެއްޓެވުމަށް މިއަދު ހެނދުނު އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިފަދަ ބައްދަލުވުމަކުން ދީނީ އެތައް ޖަމްޢިއްޔާތަކާއި ބައްދަލުވުމަކީ އުފާ ކުރައްވ...

އަލީ އާދިލް
އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލުން މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ބާއްވައިފި

އިސްރާއީލް ސިފައިން ބަޑިން ހަމަލާދީ މަރައިލި ތުރުކީ-އެމެރިކާ އެކްޓިވިސްޓްގެ ޖަނާޒާ ތުރުކީގައި ބާއްވައިފިއެވެ. ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި އިސްރާއީލް ސިފައިން މަރާލި ތުރުކީ-އެމެރިކާ އެކްޓިވިސްޓް އައިސެނުރް އެޒްގީ އެއިގީގެ ޖަނާޒާ އަދި ހަނދާނީ ރަސްމިއްޔާތު ބޭއްވީ ތުރުކީގެ ދެކުނު-ހުޅަނގު ސަރަހައްދުގައި ހޮނިހިރު ދުވަހުއެވެ. 26 އަހަރުގައި ސެޕްޓެމްބަރު 6 ވަނަ ދުވަހު ޝަހީދުވި އެއިގީގެ ޖަނާޒާ ބޭއްވުނީ އޭނާގެ އުފަން ރަށް، އެޖިއަން ކަނޑު ކައިރީގައިވާ ޑިޑިމް ސިޓީގެ އަލްޓިންކުމް ސަރަހައްދުގައެވެ. މި ރަ...

އަޙްމަދު ދާއޫދު
ޔުކްރެއިންގެ ހަމަލާތަކަށް ރައްދު ދިނުމުގައި ރަޝިއާއިން ނިއުކްލިއަރ ޓެސްޓެއް ތަޖުރިބާކޮށްފާނެ

ޔުކްރެއިންގެ ހަމަލާތަކަށް ރައްދު ދިނުމުގައި ރަޝިއާއިން ނިއުކްލިއަރ ޓެސްޓެއް ތަޖުރިބާކޮށްފާނެ

ޔުކްރެއިންގެ މިސައިލް ހަމަލާތަކަށް ރަޝިއާއިން ރައްދި ދިނުމުގެ އޮޕްޝަންތަކުގެ ތެރޭގައި ނިއުކްލިއަރ ޓެސްޓެއް ތަޖުރިބާކޮށްފާނެ ކަމަށް މާހިރުން ބުނެފިއެވެ. ޔުކްރެއިން ދުރުރާސްތާ މިސައިލްތައް ބޭނުންކުރުމުގެ ހުއްދަ ހޯދުމަށް ބާރުއަޅާ ހާލަތެއްގައި، ރަޝިޔާގެ ރައީސް ވްލަޑިމިރް ޕުޓިން، އެކަމަށް ޖަވާބު ދިނުމުގެ ގޮތުން ނިއުކްލިއަރ ޓެސްޓެއް ކުރުން ހިމެނިދާނެ ކަމަށް ތިން މާހިރަކު ބުނެފައިވެއެވެ. ޔުކްރެއިންގެ މައްސަލައާ ގުޅިގެން އިރުމަތީ-ހުޅަނގުގެ ގުޅުން އައު އަދި ނުރައްކާތެރި މަރުހަލާއަކަށް ވަދެފައިވާ ދަނޑިވަޅ...

އަޙްމަދު ދާއޫދު