ރާއްޖެ ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށްފި ސަލާމަތްކޮށް ދިނުމަށް އެދި ގޮވާ ރޮމުންދިޔަ އަންހެނަކު ސަލާމަތްކޮށް ދެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ރޭ ބުނީ، ބުރާސްފަތި ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ސަލާމަތްކުރުމަށް އެދި އަންހެނަކު ގޮވައި، ރޯ އަޑު އިވުމާ ގުޅިގެން ފުލުހުން ވަނީ އެތަނަށް ދިޔަކަމަށެވެ. އެތަނަށް ގޮސް ން އެ އެޕާޓްމަންޓްގެ ދޮރު ހުޅުވުމަށް ފުލުހުން އެންގުމުން، ފިރިހެނަކު ދޮރު ހުޅުވުމަށްފަހު ކަމެއް ނުހިނގާ ކަމަށް ބުނެ ދޮރުލަށްޕައި ތަޅުލާފައިވާކަމަށް ފުލުހުން ބުންޏެވެ. ”އަނެއްކާވެސް އަންހެން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފި ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒުގެ ފުރަތަމަ ފޮޓޯތައް އުތުރު ކޮރެއާއިން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުން، އެ ޤައުމުގެ ޔުރޭނިއަމް މުއްސަނދިކުރާ މަރުކަޒަށް ޒިޔާރަތްކުރި މަންޒަރު ދައްކުވައިދޭ ފޮޓޯތަކެއް އެ ޤައުމުން ވަނީ ހާމަކޮށްފައެވެ. މިއީ މި މަރުކަޒުގެ ފޮޓޯތައް އާންމުކޮށް ދައްކާލި ފުރަތަމަ ފަހަރެވެ. ޕްޔޮންގްޔަންގްގެ ސަރުކާރު ހިންގާ ކޮރެއަން ސެންޓްރަލް ނިއުސް އޭޖެންސީ (ކޭސީއެންއޭ) އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި ކިމް ޖޮންގް އުން ވަނީ ނިއުކްލިއަރ ހަތިޔާރު އުފައްދާ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ޤައުމަށް ރީތި ނަން ހޯދައިދިން އެތުލީޓުންނަށް ރައީސްގެ މަރުޙަބާ ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ރަންވަންލޯ މެޑަލް (ބްރޯންޒް މެޑަލް) ޙާޞިލްކޮށް، ޤައުމަށް ހޯދައިދިން ރީތިނަން ހޯދައިދީފައިވާތީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މަރުޙަބާ ވިދާޅުވެއްޖެއެވެ. އެ ޓީމަށް މަރުޙަބާ ވިދާޅުވީ ރޭ އެކްސްގައި ކުރެއްވި ޙިއްޞާކުރެއްވި ޕޯސްޓެއް މެދުވެރިކޮށެވެ. ހަތަރު ވަނަ ސައުތު އޭޝިއަން ޖޫނިއަރ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ވާދަކުރި ރާއްޖޭގެ އެތުލެޓިކްސް ޓީމުން ބްރޯންޒް މެޑަލް ޙާޞިލްކޮށްފައި ވަނީ އަންހެން... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ކޮމޯރޯސްގެ ރައީސަށް ތޫނު އެއްޗަކުން ހަމަލާދީފި ކޮމޯރޯސްގެ ރައީސް އަޒާލީ އަސޫމާނީއަށް ތޫނު އެއްޗަކުން ހަމަލާއެއް ދީފިއެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ އަހަމަދާ ވިދާޅުވިގޮތުގައި މިހަމަލާގައި ރައީސަށް ލިބިވަޑައިގެންފައިވަނީ ކުދިކުދި އަނިޔާތަކެކެވެ. މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު މެންދުރުފަހު 2 ޖަހާ އެހާކަށް ހާއިރު، ވެރިރަށް މޮރޯނީގެ އުތުރުގައިވާ ސަލީމާނީ އިޓްސަންދްރާ ރަށުގައި ބޭއްވުނު އެ ގައުމުގެ އިސް ޝައިޚެއްގެ ޖަނާޒާއެއްގައެވެ. މި ހަމަލާއާ ގުޅިގެން އުމުރުން 20 އަހަރުގެ ކުރީގެ ފުލުހެއް ހައްޔަރުކޮށްފައިވާކަމަށް އެ ގައުމުގެ ނޫހަކުން މަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ވިޔަފާރި ފަތުރަނީ ދޮގެއް، ތިނަދޫއަށް ފެން ޕްލާންޓެއް ހޯދުމުގައި ޢަމަލުކުރީ އުސޫލުގެ ތެރެއިން: ފެނަކަ ގދ. ތިނަދޫ ސިޓީއަށް އައު ފެން ޕްލާންޓެއް ހޯދުމުގައި ޢަމަލުކޮށްފައިވާނީ ކުންފުނީގެ އުސޫލުގެ ތެރެއިން އިޖުރާޢަތްތައް ފުރިހަމަކޮށްގެން ކަމަށާއި، އެކަމާއި ގުޅިގެން ފަތުރަނީ އަސްލެއް ނެތް ދޮގެއްކަމަށް ފެނަކައިން ބުނެފިއެވެ. ފެނަކައިން މިރޭ އާންމުކުރި ނޫސްބަޔާނެއްގައި ބުނީ، އަވަސް އަރުވާލައިގެން ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ތިނަދޫ ސިޓީއަށް ފެން ޕްލާންޓެއް ހޯދިކަމަށް ބުނެ ފަތުރަމުންދާ ޚަބަރަކީ ދޮގެއް ކަމަށެވެ. އަދި އެއީ އެކުންފުނީގެ މެނޭޖްމަންޓާއި މެދު ވަކި ތަސައްވުރެއް އުފެއްދުމުގެ ބޭނުމުގައި ދޮގު މަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކޮލަމް އަދުގެ ތަޢުލީމީ ނާ މުޅިރާއްޖެއަށްކުރި ދަތުރު މިއީ، އޭރުގެ ދިވެހިރާއްޖޭގެ އިގުތިސާދީ ހާލަތާއި، އިންސާނީ ވަސީލަތާއި، ރައްޔިތުންގެ ހޭލުންތެރިކަމާއި، ޖޯގުރަފީއާއި ރާއްޖެތެރޭގައި ތަޢުލީމު އޮތް ދެރަވަރުކަމަށް ބަލާއިރު ފަސޭހަ ދަތުރެއް ނޫނެވެ. އެކަމަކު ދިވެހިރާއްޖޭގެ އަދުގެ ތަޢުލީމީ ނާ ވަރަށް ދުރަށް ދަތުރުކޮށްފިއެވެ. އަޅުގަނޑުމެން ކޮންމެ މީހަކީ މި ދަތުރުގެ ބައިވެރިއެކެވެ. މީލާދީން 1970 ގެ އަހަރުތައް ފެށުނުއިރު މާލޭގައި ހުރީ ސަރުކާރުގެ އެންމެ ތިން މަދަރުސާއެވެ. ރާއްޖެތެރޭގައި ސަރުކާރުގެ އެންމެ މަދަރުސާއެއް ވެސް ނެތެވެ. އަޅުގަނޑު މި ދަންނަވާ ނާގެ ފަ... ޢަބްދުﷲ ސަޢީދު · 2 އަހަރު ކުރިން
ރާއްޖެ ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް: ދޮޅު ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދަށް ނ. ވެލިދޫގައި މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދޮޅުކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ 6 މީހުން ބަންދުކޮށްފި އެވެ. ފުލުހުންގެ މަޢުލޫމާތު ދިނުމުގައިވާ ގޮތުން، ނ. ވެލިދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓް، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި މަހުގެ 12 ވަނަ ދުވަހު ހިންގުނު މި އޮޕަރޭޝަނުގައި، ވެލިދޫގެ ބައެއް ގެތައް ބަލައި ފާސްކުރިއެވެ. މި ބަލައި ފާސްކުރުމުގައި މަސްތުވާތަކެތި ކަމަށް... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ޑޮކްޓަރަށް ދައްކައިގެން ނަގައިފި، 70ގ ހުރި ހަށިގަނޑު އެތެރޭގައި ފޮރުވައިގެން އއ. ރަސްދޫއަށް މަސްތުވާތަކެތި އެތެރެކުރަންއުޅުނު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި، އއ. ރަސްދޫ / ފެހިވިނަ، އަޙްމަދު އިކުލީލް (35އ) ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މަޢުލޫމާތު ދެއެވެ. މި ސެޕްޓެންބަރު މަހުގެ 12 ވަނަ ދުވަހު، ރަސްދޫ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް، އޭނާގެ ހަށިގަނޑު އެތެރޭގައި ފޮރުވާފައިހުރި މަސްތުވާތަކެތި ނެގުމަށް ޑޮކްޓަރަށް ދައް... އަލީ އާދިލް · 2 އަހަރު ކުރިން
ރާއްޖެ މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަމަހު ފަށަނީ މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް، މި އަންނަ އޮކްޓޫބަރު މަހުގެ ތެރޭގައި ފެށޭނެކަމުގެ އުންމީދުކުރައްވާ ކަމަށް ތަޢުލީމާބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ. ތަޢުލީމީ ދާއިރާގައި މުހިންމު ބަދަލުތަކެއް ގެނައުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، މުދައްރިސުން ތަމްރީނުކުރުމުގެ ގައުމީ ޕްރޮގްރާމް އަންނަ މަހު ފެށޭނެކަމަށް އުންމީދުކުރަށްވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވީ، އިއްޔެ ބޭއްވުނު މަތީ އަރުތަވެރީންގެ އިނާމު 2022-2023 ޖަލަލްސާގެ ދެވަނަ ދަންފަޅީގައި ދެއްކެވި ވާހަކާ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފި ހދ.ކުޅުދުއްފުށީ ސިޓީގެ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްޤީކުރަން ހަވާލުކޮށްފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ. މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ސިޓީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އީ.އައި.އޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސައްތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގް ފޯ ޔޫތް ލިންކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖެ-ޗައިނާ، ދެ ޤައުމުގެ ފައިސާއިން މުއާމަލާތްކުރުމުގެ އެއްބަސްވުމެއް ޗައިނާގެ ޕީޕަލްސް ބޭންކާއި އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އާއި ދެމެދު ލޯކަލް ކަރަންސީ ސެޓްލްމަންޓް ފްރޭމްވޯކް ޤާއިމްކުރުމަށް ފަހުމުނާމާއެއް ސޮއިކޮށްފިއެވެ. އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހާ ވުޒާރާ އިން ބުނީ މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެވިޝަނަރީ ލީޑަރޝިޕް ގެ ދަށުން ޤާއިމުކުރެވުނު ފަހުމުނާމާއެއް ކަމަށެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ މުޢާމަލާތްތަކާއި އިންވެސްޓްމަންޓް އިތުރުކުރުމަށް އަމާޒުކޮށްގެން ސޮއިކުރެވުނު ފަހުމުނާމާއެއް ކަމަށާއި، އަދި މި ފްރޭމްވޯކް ޤާއިމ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާލޭގެ ގެއަކުން ވަގަށްނެގި ތަކެތި ހޯދައި މީހަކު ހައްޔަރުކޮށްފި މާލޭގެ ހެންވޭރު ގެއަކުން ވަގަށްނެގި ތަކެތި ހޯދައި، އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ބުނީ، މިދިޔަ ސެޕްޓެންބަރު 8 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ހެންވޭރު ގެއަކުން ވައްކަންކޮށްފައިވާ މައްސަލައެއް ވަނީ ފުލުހުންނަށް ރިޕޯޓުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ދެ ތަނެއް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގައި، އެ ގެއިން ވަގަށް ނަގާފައިވާ ކަމަށް ތުހުމަތުކުރެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ހޯދާފައެވެ. މީގެ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ތިލަދެކުނު ފުޓްބޯޅަ: ނެއްލައިދޫ ބަލިވި ކަމަށް ކަނޑައަޅައި ޖޫރިމަނާކޮށްފި ތިލަދެކުނު ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ނެއްލައިދޫއާއި ކުޅުދުއްފުށީ ހިރަފުސް ސްޕޯޓސް ކްލަބް ބައްދަލުކުރި މެޗުގައި، ޓީމް ނެއްލައިދޫއިން މެޗު ފުރިހަމަނުކޮށް ދަނޑުން ފޭބުމުން އެ މެޗުން ނެއްލައިދޫ ބަލިވީކަމަށް ކަނޑައަޅައި ޖޫރިމަނާ ކޮށްފިއެވެ. އިއްޔެގެ މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރު ވަގުތުގެ ތިން މިނެޓް ދެއްކިއިރު ދެ ޓީމް އޮތީ 3-3 ގެ ނަތީޖާއިން އެއްވަރުވެފައެވެ. އިތުރު ވަގުތުގެ ފަހު މިނެޓުގައި ހިރަފުސް ޓީމުން ފޮނުވާލި ހަމަލާއެއް ނެއްލައިދޫގެ އޭރިއާތެރެއިން އެ ޓީމްގެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެމްޕޮކްސް ރައްކާތެރިވުމަށް ފައިސާ އިތުރުކުރުމަށް އިލްތިމާސްކޮށްފި އެމްޕޮކްސް ރެސްޕޮންސަށް ބޭނުންވާ ފައިސާ އިތުރުކުރުމަށް ހުޅަނގުގެ ގައުމުތަކަށް އެފްރިކާ ސީޑީސީން އިލްތިމާސްކޮށްފިއެވެ. އެފްރިކާ ޔޫނިއަންގެ ސިއްޙީ އިދާރާގެ އިސްވެރިޔާ ވަނީ ކޮވިޑް-19 ބަލިމަޑުކަމުން ފިލާވަޅު ލިބިގަނެ، މިހާރު ފެތުރެމުންދާ އެމްޕޮކްސް ބަލީގައި އެފްރިކާ އެކަނި ދޫކޮށްނުލުމަށް ހުޅަނގުގެ ގައުމުތަކަށް ގޮވާލައްވާފައެވެ. އެފްރިކާ ސެންޓަރސް ފޮރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން (އެފްރިކާ ސީޑީސީ)ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޖީން ކަސެޔާ ވިދާޅުވި ގޮތުގައި، އެފްރިކާ ސީޑީސީއާއި ދުނިޔޭގެ ސިއްޙަތު ޖ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން