ރާއްޖެ އަންހެނެއްގެ އަތުން ވޮލެޓަކާއި ފޯނެއް ފޭރުނު މީހަކު ހައްޔަރުކޮށްފި މާލޭގައި އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން ބުނީ، މާލޭގެ ލޮނުޒިޔާރަތް މަގުން ސައިކަލެއްގައި ދިޔަ އަންހެނެއްގެ އަތުން ވޮލެޓަކާއި މޯބައިލް ފޯނެއް ފޭރުނު މައްސަލައިގައި 39 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން މަޢުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މިދިޔަ ސެޕްޓެންބަރު 11 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރ. އަލިފުށި / ހަބީބީހެޕް، އިސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރާއްޖޭގައި ވޭޕް މަނާކުރަން ގޮވާލައިފި ގައިންގަޔަށް ނާރާ ބަލިތަކާއި ދެކޮޅަށް މަސައްކަތްކުރާ އެންސީޑީ އެލަޔަންސް އިން ރާއްޖޭގައި ވޭޕް މަނާކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި އެދިއްޖެއެވެ. މޯލްޑިވްސް އެންސީޑީ އެލަޔަންސް އުފައްދާފައި ވަނީ ރާއްޖޭގެ ހަތް ޖަމިއްޔާއެއް ގުޅިގެންނެވެ. އެ ޖަމިއްޔާތަކަކީ ކެންސަ ސޮސައިޓީ، ޑައިބެޓީސް ސޮސައިޓީ، ޝީ، ތެލެސީމިއާ ސޮސައިޓީ، މެންޓަލް ހެލްތު އެވެއާނަސް ފައުންޑޭޝަން، އެމްއޭޕީޑީ އަދި ޓައިނީ ހާޓްސް އެވެ. ވޭޕާއ-އީ ސިނގިރޭޓް ރާއްޖޭގައި މަނާކޮށްދެއްވުމަށް އެދި ރައީސްއަށް ސިޓީ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ވިއެޓްނާމްގެ ވެރިރަށުގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެ ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެންބޮޑުވެ 179 މީހުން މަރުވެއްޖެކަމަށް ރޮއިޓާސް އިން ރިޕޯޓްކޮށްފިއެވެ. އެ ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވިއެޓްނާމްގެ ވެރިރަށް ހަނޮއިގައި ފެން ބޮޑުވެ، އެ ސަރަހައްދުގައި ދިރިއުޅޭ އެތައްހާސް މީހުން ސަލާމަތްކުރަން ވަނީ ޖެހިފައެވެ. މިއީ ފާއިތުވި 20 އަހަރު ތެރޭގައި އެންމެ ބޮޑަށް ފެން ބޮޑުވި ފަހަރެވެ. މި ހާދިސާ ދިމާވެފައިވަނީ ޓައިފޫން ޔާގީ އެގައުމުގެ އުތުރުގެ ސަރަޙައްދު ތަކަށް އެރުމުގެ ސަބަބުންނެވެ. އޭޝިއާއަށް މިއަހަރުގެ މިހާތަނަށް އެރި އެންމެ ގަދަ ތޫފޫނަކީ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރުގެ ފަންޑު އެއްކުރަނީ މަޝްހޫރު ޗެޓްބޮޓް ޗެޓްޖީޕީޓީ ތަޢާރަފުކުރި ކުންފުނި އޯޕެން އޭއައި އިން 150 ބިލިއަން ޑޮލަރާ ހަމައަށް ފަންޑު އެއްކުރުމަށް މަސައްކަތް ފަށައިފިކަމަށް ބްލޫމްބާގް ނިއުސްއިން ރިޕޯޓުކޮށްފިއެވެ. ބްލޫމްބާގް ނިއުސްގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އޯޕެން އޭއައި އިން 6.5 ބިލިއަން ޑޮލަރު އިންވެސްޓަރުންގެ އަތުން ހޯދުމަށާއި، އިތުރު 5 ބިލިއަން ޑޮލަރު ބޭންކުތަކުން ދަރަންޏަށް ނެގުމަށް މަޝްވަރާކުރަމުންދެއެވެ. މިއީ މިއަހަރުގެ ކުރީކޮޅު އެ ކުންފުނީގެ އަގު ކަމުގައިވާ 86 ބިލިއަން ޑޮލަރަށްވުރެ 74 އިންސައްތަ އިތުރު އަދަދެ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ އާސަންދައިން އެހީ ހުއްޓާލި ކަމަށް ދެކެވޭ ވާހަކަތައް ސާފުކޮށްދީފި އާސަންދައިން އިންޑިއާގެ ބެންގަލޫރުގައި ހުންނަ އެސްޓަރ ސީއެމްއައި ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދިޔަ ބަލިމީހަކަށް އެހީ ހުއްޓާލި ކަމަށް ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދު ދީފިއެވެ. އާސަންދައިން ވަނީ ދެކެވެމުންދިޔަ ވާހަކަތަކަށް ރައްދުދީ ބަޔާނެއް ނެރެ މި މައްސަލައާ ގުޅޭ ތަފްސީލީ މަޢުލޫމާތު ހާމަކޮށްފަ އެވެ. އާސަންދައިން ނެރުނު ބަޔާނުގައިވާ ގޮތުން، މި މައްސަލައިގައި ހިމެނެނީ 65 އަހަރުގެ ބަލިމީހެކެވެ. މި ބަލިމީހާއަކީ އެއަރ އެމްބިއުލާންސް މެދުވެރިކޮށް ސައުދީ އަރަބިއްޔާގެ ޖިއްދާއިން އިންޑިއާއަށް ޒަކާތު ފ... އަލީ އާދިލް · 2 އަހަރު ކުރިން
ވިޔަފާރި މާދަމާ ހެނދުނު މާލެއާއި ހުޅުމާލެއިން ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ މާދަމާ ހެނދުނު 6:00 އިން 7:00 އާ ދެމެދު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން މިއަދު ހާމަކޮށްފި އެވެ. މިއީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވާ 132 ކޭވީ ހައިވޯލްޓޭޖް ސަބްސްޓޭޝަން ގްރޭޓާމާލެ އިންޓަރކަނެކްޝަން ގުރިޑާ ގުޅުވާލައި، އެނަރޖައިޒް ކުރުމުގެ މަސައްކަތް ކުރިއަށްދާނެތީއެވެ. މި ސަބްސްޓޭޝަންގައި 50 އެމްވީއޭގެ ހައިވޯލްޓޭޖް ދެ ޓްރާންސްފޯމަރާއި، ހައިވޯލްޓޭޖް ސުވިޗްގިއަރ، އަދި ހުޅުމާލޭގެ ދެވަނަ ފިޔަވައްސަށް ކަރަން... އިބްރާހިމް އަސްވާޤް · 2 އަހަރު ކުރިން
ރާއްޖެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނު ހިފަހައްޓައިފި ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓައިފިއެވެ. ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ. ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންގެ ނަމުގައި މީސްމީޑއާގައި ދައުރުކުރަމުންދާ ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ޝަހީމްގެ ފޯނާއި އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ގެސްޓްހައުސްއެއްގައި މީހަކު ޒަޚަމްވެފައި އޮއްވާ ފެނުނު މައްސަލާގައި ދެ މީހަކު ހައްޔަރުކޮށްފި މާލޭގެ ގެސްޓްހައުސްއެއްގައި ދިވެހި ފިރިހެނެއް ޒަހަމްވެފައި އޮއްވައި ފެނުނު މައްސަލާގައި، އެ މީހާއަށް އަނިޔާދިންކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ. 9 ސެޕްޓެމްބަރު 2024 ގައި، ހެންވޭރުގައި ހުންނަ ގެސްޓްހައުސްއެއްގައި އުޅޭ މީހެއްގެ ހަބަރު ނުވެގެން އޭނާގެ ކޮޓަރިއަށް ވަދެ ބެލިއިރު، އޭނާ ޒަހަމްވެފައި އޮއްވައި ވަނީ ފެނިފައެވެ. ފުލުހުން މިއަދު ބުނީ 9 ސެޕްޓެމްބަރުގައި މާލޭގެ ގެސްޓްހައުސްއެއްގައި ޒަޚަމްތަކަކާއެކު އޮވެ ފެނުނު މީހަކާ މެދު މާރާމާރީ ހިންގިކަމަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރުކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ޖެހިޖެހިގެން 40 ރޭ ޖަމާއަތުގައި ފަތިސްނަމާދުކުރި ކޮންމެ ކުއްޖަކަށް ބައިސްކަލެއް ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ މަސްޖިދުއް ތަޢާވުން މިސްކިތުގައި ޖެހިޖެހިގެން 40 ރޭ ފަތިސްނަމާދު ކުރި ދަރިވަރުންނަށް ބައިސްކަލް ހަވާލުކޮށްފިއެވެ. މި ޕްރޮގްރާމަކީ އެ މިސްކިތުގެ އިމާމް ހުސައިން ރަޝީދު އިސް ނަގައިގެން ފާއިތުވި އަހަރުގެ މެއި މަހު ކުރިއަށް ގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލި ފުރުސަތުގެ ދަށުން 64 ކުއްޖަކު ވަނީ ބައިވެރިވެފައެވެ. ނަމަވެސް ޕްރޮގްރާމް ފުރިހަމަކޮށް ބައިސްކަލް ހާސިލް ކޮށްފައި ވަނީ 38 ދަރިވަރުންނެވެ. މި ޕްރޮގްރާމް ފުރިހަމަކުރި ކުދިންނަށް... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހެލްތުގެ ދަށަށް ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަކީ، ޞިއްޙީ ވުޒާރާގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު ހަމަޖައްސަވައިފިއެވެ. ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ކުރިން ހިންގަމުން އައީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ދަށުންނެވެ. މި ބަދަލުގެންނެވިކަން ހާމަކުރެއްވުމަށް ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މިގޮތަށް ހަމަޖެއްސެވީ، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ހިންގުމާއި ބެލެހެއްޓުމުގެ ޒިންމާ ސިއްހީ ވުޒާރާގެ ދަށަށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ލޭންޑް އެންޑް ސާވޭ އޮތޯރިޓީ އުވާލައިފި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު، މިއަދު އުވައިލައްވައިފިއެވެ. މި އޮތޯރިޓީއަކީ މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންއައި ތަނެކެވެ. އެ އޮތޯރިޓީ އުވާލައްވައި ރައީސް އޮފީހުން މިއަދު ނެރުނު ދެންނެވުމުގައި ވާގޮތުން މި އޮތޯރިޓީން ކުރަމުން އައި މަސައްކަތްތައް މިހާރު ވަނީ ސީދާ ނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން ކުރާ މަސައްކަތްތަކެއްގެ ގޮތުގައި ހަމަޖައްސަވާފައެވެ. ”މިގޮތަށް ހަމަޖެއްސެވީ، މޯލްޑި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ "މަތީ އަރުތަވެރިންގެ އިނާމު" ދިނުމުގެ ފުރަތަމަ ދަންފަޅި ނިންމާލައިފި 2022–2023 ވަނަ އަހަރުގެ “މަތީ އަރުތަވެރިންގެ އިނާމު” ދިނުމުގެ ރަސްމިއްޔާތުގެ ފުރަތަމަ ދަންފަޅި މިއަދު ހެނދުނު ކުރިއަށް ގެންގޮސްފިއެވެ. މިއަދު ހެނދުނު ދަރުބާރުގެ ރަންނަ ބަނޑޭރި މާލަމުގައި ކުރިއަށް ދިޔަ މި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ރައީސް ވަނީ، މަތީ ޘާނަވީ ތަޢުލީމު ނިންމާ އިމްތިހާނުތަކުން މުޅި ދުނިޔެއިން 1 ވަނަ އަދި ޤައުމީ ގަދަ 10ގެ 1 ވަނަ ނަތީޖާ ހޯދި ދަރިވަރުންނަށް ޓްރޮފީ އާއި […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި ޅ. އަތޮޅު ހިންނަވަރާއި ނައިފަރުގައި ދިވެހި ފުލުހުންގެ ޚިދުމަތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު، ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ހިންނަވަރާއި ނައިފަރުގައި ހިންގި ޑްރަގް އޮޕަރޭޝަނެއްގައި ޑްރަގާއި ފައިސާ ހޯދައި ފަސް މީހުން ހައްޔަރުކޮށްފި މި އޮޕަރޭޝަނު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅިވަރުގައި ރަށް ތަމްސީލް ކުރަން ހަނިމާދޫ ކައުންސިލުން ޖަމިއްޔާތަކަށް ހަތަރު ލައްކަ ރުފިޔާގެ އެހީ ހދ.އަތޮޅު ފެންވަރުގައި ބާއްވާ މުބާރާތްތަކުގައި ރަށް ތަމްސީލް ކުރުމަށް ހަނިމާދޫ ކައުންސިލުން އެ ރަށު ކުލަބް ޖަމިއްޔާތަކަށް ހަތަރު ލައްކައަށް ވުރެ ގިނަ ފައިސާގެ އެހީ ފޯރުކޮށްދީފިއެވެ. ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިންތިޒާމް ކޮށްގެން އޮގަސްޓް މަހު ބޭއްވި “ކުޅުދުއްފުށީ ޗެމްޕިއަންޝިޕް 2024” ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫ ތަމްސީލް ކުރަން ނުކުތް ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއަށް، ކައުންސިލުން މާލީ އެހީގެ ގޮތުގައި 82000 (އައްޑިހަ ދެހާސް) ރުފިޔާގެ ދިނެވެ. މި މަހުގެ ހަވަނަ ދުވަހު ކުޅުދުއްފުށީގައި ފެށި […... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމަށް ހަވާލުކޮށްފި އުތުރުގެ ފަސް ރަށެއްގައި ގްރީންހައުސް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މި ރަށްތަކަކީ ހދ. އަތޮޅުގެ ހަނިމާދޫ އާއި ކުމުންދޫ، އަދި ށ. އަތޮޅުގެ ބިލެއްފަހި، ށ.ކަނޑިތީމު އަދި ށ.ފޭދޫ އެވެ. މި ގްރީންހައުސްތަކަކީ، ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި އިންޓަރނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރ ޑިވެލޮޕްމަންޓް (އީފާޑް) ގުޅިގެން ކުރިއަށްގެންދާ “މޯލްޑިވްސް އެގްރީބިޒްނަސް ޕްރޮގްރާމް” ގެ ދަށުން ތަރައްގީކުރުމަށް ނިންމާފައިވާ ތަންތަނެވެ. މި ގްރީންހައުސްތައް ޤާއިމުކުރުމުގެ އެއްބަސްވުމުގައި ސޮއިކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން