ރާއްޖެ އެމްކިއުއޭއިން ގަބޫލުނުކުރި ޕީއެޗްޑީ ބަލައިގަތުމަށް ހައި ކޯޓުން އަމުރުކޮށްފި މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) އިން ގަބޫލު ނުކުރަން ނިންމި ރާއްޖެއިން ބޭރުގެ ޕީއެޗްޑީ ކޯހެއްގެ ސެޓްފިކެޓް ގަބޫލުކުރަން ހައި ކޯޓުން އިއްޔެ އަމުރުކޮށްފި އެވެ. ފިލިޕީންސްގެ ކޮލެޖަކުން ސަނަދު ލިބޭ ގޮތަށް ސްރީ ލަންކާ ކޮލެޖަކުން ޕީއެޗްޑީ ކޯހެއް ގަބޫލު ނުކުރަން 2018 ވަނަ އަހަރު އެމްކިއުއޭއިން ނިންމި ނަމަވެސް އެހާތަނަށް ކިޔަވަމުންދާ ދަރިވަރުންގެ ސެޓްފިކެޓް ގަބޫލު ކުރާނެ ކަމަށް އެމްކިއުއޭއިން އެންގި އެވެ. ނަމަވެސް އެ މީހުންގެ ކިޔެވުން ފުރިހަމަ ކުރުމަށްފަހު އެމްކިއުއޭއަށް 2021 […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ދައުލަތުން އިހުމާލުމުން އަށް ލައްކަ ރުފިޔާ ދައްކަން ޖެހިއްޖެ މަދަނީ މައްސަލައެއްގައި ދައުލަތުން ޖަވާބުދާރީވުން ލަސްވުމުން އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ދައްކަން ދައުލަތުގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކޮންޓެކް ކުންފުނި ގްރީން އޮފީސް ބިލްޑިންގެ މަސައްކަތް ކުރުމުން އެ މަސައްކަތަށް ފައިސާ ނުދިން މައްސަލާގައި އެ ކުންފުނިން ހައުސިން މިނިސްޓްރީއާ ދެކޮޅަށް އަށް ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދަން ދައުވާކުރި މައްސަލާގައި ދައުލަތުގެ ފަރާތުން ޖަވާބު ހުށަހަޅާފައެއް ނުވެ އެވެ. މަދަނީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ލިޔެކިޔުންތައް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ކޮލަމް ރާދަވަޅިއަކީ ކޮން އެއްޗެއް؟ “ރާދަވަޅި” ކިޔަނީ ކުރުކޮށް އަދި ހުލާސާކޮށް ލިޔެފައި ހުރި ދިވެހި ތާރީޚުގެ ފޮތްތަކަކަށެވެ. ރާދަވަޅިތައް ދިވެސް އަކުރުންނާއި ޢަރަބިން ވެސް ލިޔެފައިވާކަމަށް ވެއެވެ. ނަމަވެސް ފެންނަންހުރި ރާދަވަޅިތައް ލިޔެފައިވަނީ ތާނައިންނެވެ. ރާދަވަޅިތައް ލިޔަމުން އައިސްފައި ވަނީ އޭގެ ކުރީގެ ރާދަވަޅީގައި ވާ ލިޔުން ނަކަލު ކޮށް، އޭގެ ފަހުގެ ތާރީޚުތައް ހިމަނައިގެންނެވެ. މިއީ އެއް ފޮތުން އަނެއް ފޮތަށް ނަކަލުކުރަމުން ގެންގުޅެފައިވާ ތާރީޚީ މުހިންމު ލިޔެކިޔުންތަކެކެވެ. ދިވެހިރާއްޖޭގެ ރަސްކަމުގެ ތާރީޚު ލިޔަމުން އައިސްފައިވ... ޢަބްދުﷲ ސަޢީދު · 2 އަހަރު ކުރިން
ކުޅިވަރު ބްރެޒިލް އަދި އާޖެންޓީނާ އަށް ވެސް ބައްޔެއް ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ރޭ ބްރެޒިލް އާއި އާޖެންޓީނާ ބަލިވެއްޖެއެވެ. ރޭ ފަތިހު ޕެރަގުއޭ އާއި ބްރެޒިލް ބައްދަލުކުރި މެޗު 1-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޕެރަގުއޭއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 20 ވަނަ މިނެޓުގައި ޕެރެގުއޭއަށް ކާމިޔާބު ކޮށްދިނީ ޑިއެގޯ ގޮމޭޒް އެވެ. މި މެޗު ކޮންޓްރޯލް ކޮށްގެން ބްރެޒިލުން ކުޅުނު ނަމަވެސް އިދިކޮޅު ގޯލަށް ލަނޑު ޖެހުމުގައި އެ ޓީމަށް ކާމިޔާބެއް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ގަވާއިދުން ބޭރުން އުޅޭ ބިދޭސީން ތިބޭ ވަކިތަންތަނަށް ޚާއްސަ އޮޕަރޭޝަނެއް ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ދިރިއުޅޭ ތަންތަނާއި މިފަދަ ފަރާތްތަކުން އާންމު ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވާފަދަ ގޮތަށް ކާބޯތަކެތި ތައްޔާރުކުރާ ތަންތަން ބަލައި ފާސްކުރުމަށް ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ރޭ ވަނީ މި އޮޕަރޭޝަންފެށިކަން ހާމަކޮށްފެވެ. އިމިގްރޭޝަނުން ބުނިގޮތުގައި އިއްޔެ ފެށި މި އޮޕަރޭޝަންގައި.، މާލޭގެ ތިން ގެއެއް ބަލައި ފާސްކޮށް ގަވާއިދާ ހިލާފަށް އުޅޭ 13 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ. މާލެ ސަރަޙައްދުގައި ކުރިއަށ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ބަނގުރާ ވިއްކަން އުޅުނު ބަންގްލްލަދޭޝް މީހަކު ހައްޔަރުކޮށްފި ހުޅުމާލޭގައި ހިންގި ބަނގުރަލުގެ އޮޕަރޭޝަނެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހުޅުމާލޭގައި ބަނގުރަލުގެ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަަަށެވެ: މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 މިދިލިމަގުން ކާރެއް ހުޓުވައި ބަލައިފާސްކުރިއިރު 144 ދަޅު ބަނގުރާ އަދި 4 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝަގެ މީހެއްކަމަށްވާ، އެމްޑީ ކާލޫ (26އ) އެވެ. މި މައްސަލަ ހުޅުމާލެ ފޭސް 1 ޕޮލ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޒަކިއްޔާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފި ނ. ހޮޅުދޫގައި ޒަޚަމްތަކަކާއެކު ނިޔާވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ހަށިގަނޑު އިތުރު ތަހުލީލު ކުރުމަށް މާލެ ގެނެސްފިއެވެ. ހޮޅުދޫގެ ގެއެއްގައި ޒަޚަމްތަކަކާއެކު އަންހެނަކު އޮތްކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން އިއްޔެ އެޓެންޑް އެމީހާ އެރަށު ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް އިއްޔެ ހެނދުނު ފުލުހުން ވަނީ ބުނެފައެވެ. ސިއްހީ މަރުކަޒަށް ގެންދިޔައިރު އެމީހާގެ ފުރާނަނެތްކަމަށް ސިއްހީ މަރުކަޒާއި ހަވާލާދީ ފުލުހުން ވަނީ ބުނެފައެވެ. މި މައްސަލާގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން ފުލުހު... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އައިފޯން 16 ސީރީޒްގެ ޔޫއެސްބީ ސްޕީޑްގައި އިތުރު ކުރިއެރުމެއް ނެތް އެޕަލްއިން އައު އައިފޯން 16 ސީރީޒް އިއްޔެ ތަޢާރަފުކޮށްފައިވާއިރު، މި ފޯނުތަކުގެ ޔޫއެސްބީ ސްޕީޑާ ގުޅޭ ގޮތުން އޮޅުންއަރާފަދަ މަޢުލޫމާތެއް ދީފައިވާ ކަމަށް ޓެކް ރިޕޯޓްތަކުން ބުނެފިއެވެ. އެޕަލްއިން ބުނެފައިވަނީ އައު ފޯނުތަކުގައި “އަވަސް ޔޫއެސްބީ 3 ސްޕީޑް” ހުންނާނެ ކަމަށެވެ. ނަމަވެސް މި ފޯނުތަކުގެ ޓެކްނިކަލް ސްޕެސިފިކޭޝަންތަކަށް ބަލާއިރު، އައިފޯން 16 އާއި 16 ޕްލަސްގައި ޔޫއެސްބީ 2 ސްޕީޑް 480 Mbps އަދި އައިފޯން 16 ޕްރޯ އާއި 16 ޕްރޯ މެކްސްގައި ޔޫއެސްބީ […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ނެދަލެންޑްސް އާއި ޖަރުމަނު އެއްވަރު ޔުއެފާ ނޭޝަންސް ލީގުގެ ގްރޫޕް އޭގެ ތިންވަނަ ގްރޫޕްގައި ރޭ ނެދަލެންޑްސް އާއި ޖަރުމަނު ބައްދަލުކުރި މެޗު އެއްވަރު ވެއްޖެއެވެ. ނެދަލެންޑްސްގައި ރޭ ކުޅުނު މި މެޗު އެއްވަރުވެފައި ވަނީ 2-2 ގެ ނަތީޖާއިންނެވެ. މި މެޗުގެ ދެވަނަ މިނެޓުގައި ލަނޑުޖަހައި ނެދަލެންޑްސް އިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު ގްރެވެންބާޗް ތަނަވަސް ކޮށްދިން ފުރުސަތެއްގައި ޖަހައިދިނީ ޓިޔާނީ ރެޔިންޑާސް އެވެ. ޖަރުމަނުން ޑޮމިނޭޓް ކުރި މި މެޗުގައި އެ ޓީމުގެ ފުރަތަމަ ލަނޑު 38 […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ ހދ. ކުޅުދުއްފުށި ސިޓީ އުތުރު ބަނދަރު މޫދުގައި މަރުވެފައި އޮތް ޒުވާނަކު ފެނިއްޖެ އެވެ. އެރަށު ބަނދަރު ސަރަހައްދުގައި ހުރި މީހަކު “ތިލަދުން” އަށް މަޢުލޫމާތު ދެމުން ބުނީ މަރުވެފައިވަނީ ކުޅުދުއްފުށި ސިޓީ އަށް ނިސްބަތްވާ ޒުވާނެއްކަމަށެވެ. މަރުވެފައި އޮއްވާ ފެނުނީ، އެރަށު މުޙައްމަދު ހަސަން، ޑެއިޒީފެހި، (36 އަހަރު) އެވެ. ފަޅުތެރޭގައި އޮއްވާ ފެނުނީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ. އެޒުވާނާ މިހާރު ވަނީ ފުލުހުން ނަގައިގެން ހޮސްޕިޓަލަށް ގެންގޮސްފައިކަމަށް އެމީހާ ބުންޏެވެ. އޭނާ ނަގާފައިވަނީ […] އަލީ އާދިލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ 72 ފިރިހެނުން ލައްވައި އަނބިމީހާ ރޭޕްކުރުވި ފިރިއެއްގެ ޝަރީޢަތް ފަށައިފި ފްރާންސްގެ އެކަހެރި ހިސާބެއްގައި އޮންނަ މަޒަން ކިޔާ ރަށުގައި ހިނގި ބޮޑު ރޭޕްގެ މައްސަލައިގެ ޝަރީޢަތް ފެށިއްޖެއެވެ. ފްރާންސްގެ މަޒަން ރަށުގައި ހިނގި މި ބޮޑު ރޭޕް މައްސަލައިގެ ޝަރީޢަތް އިއްޔެ އެވިނިއޯން ކޯޓުގައި ފެށިފައިވާއިރު، މި މައްސަލައިގައި 51 މީހެއްގެ މައްޗަށް ދަޢުވާ އުފުލިފައިވެއެވެ. މި މައްސަލައިގެ މައިގަނޑު ތުހުމަތުކުރެވޭ ފަރާތަކީ ރޭޕްގެ ޝިކާރައަކަށްވި އަންހެންމީހާގެ ފިރިމީހާ ޑޮމިނިކް ޕެލިކޯއެވެ. އޭނާގެ އަނބިމީހާ ޖިސެލްގެ ކެއުމުގައި ޑްރަގް ލައިގެން އޭނާ ނިންދާފައި، އެހެން ފިރިހެނުން ގެނެސ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގައި އިސްރާއީލް ސިފައިން، އދ.ގެ ޕޯލިއޯ ވެކްސިން ޓީމް ހުއްޓުވައިފި ޣައްޒާގައި ޕޯލިއޯ ވެކްސިން ދިނުމުގެ ކެމްޕޭނުގައި ބައިވެރިވި އދ. ގެ ޓީމް އިސްރާއީލް ސިފައިން ހުއްޓުވައިފިއެވެ. މި ހާދިސާގައި އދ. ގެ ދެ މުވައްޒަފަކު ބަންދުކޮށް ސުވާލުކުރުމަށްފަހު، އެ ޓީމްގެ އުޅަނދުތަކަށް ބުލްޑޯޒަރު ބޭނުންކޮށްގެން ގެއްލުން ދީފައިވާ ކަމަށް އދ. އިން ބުނެފައިވެއެވެ. އަލް ރަޝީދު ޗެކްޕޮއިންޓްގައި ހިނގި މި ހާދިސާގައި އދ. ގެ މުވައްޒަފުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް އދ. ގެ ފަލަސްޠީނުގެ ހިއުމެނިޓޭރިއަން ކޯޑިނޭޓަރު މުހަންނަދު ހާދީ ވިދާޅުވެފައިވެއެވެ. އޭނާ ވިދާޅުވި ގޮތުގައި 12 […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ސަމާޙް ނިޔާވި ހާދިސާއާއި ގުޅުވައި ކަށަވަރުނޫން މައުލޫމާތު ނުފަތުރަން އެދިއްޖެ ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ރޭސް ކާރެއް، ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ރޭ މެންދަމު ހިނގި ނުރައްކާތެރި އެކްސިޑެންޓާއި ގުޅުވައި ސައްހަކަން ކަށަވަރު ނުކުރެވޭ މައުލޫމާތު ނުފަތުރަން ދިވެހި ފުލުހުންގެ ޚިދުމަތުން އެދިއްޖެއެެވެ. ހުޅުމާލޭ ސެންޓްރަލް ޕާކު ކައިރިން ބާރު ސްޕީޑުގައި ދުއްވަމުން ދިޔަ ރޭސް ކާރަކުން ސައިކަލެއްގައި ޖެހިގެން ހުކުރު ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ނިޔާވެފައި ވަނީ، ޙަސަން ސަމާޙް، ބީޗްހައުސް/ލ. އިސްދޫ އެވެ. މި އެކްސިޑެންޓް ހިނގާފައި ވަނީ ސެޕްޓެންބަރު 5 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ކޮމިއުނިކޭޝަން އޮތޯރިޓީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް)، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީގެ ދަށަށް ބަދަލު ކޮށްފިއެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު މިގޮތަށް ނިންމާފައި މިވަނީ އެ މަނިކްފާނަށް ގާނޫނު އަސާސީން ލިބިދޭ ބާރުގެ ދަށުންނެވެ. ކޭމް މެދުވެރިކޮށް މި ސަރުކާރުން ވަނީ ތާރީހީ ނިންމުމެއް ނިންމާފައެވެ. ފާއިތުވި އަހަރުގެ ޑިސެމްބަރ 16 ވަނަ ދުވަހު ކޭމް އިން ވަނީ ރާއްޖޭގައި އިންޓަނެޓުގެ ހިދުމަތްދޭ ކުންފުނިތައް މެދުވެރިކޮށް ބަރަހަނާ މަންޒަރުތައް ފަތުރާ ވެބްސައިޓުތަކަށ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ރާއްޖެ ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް، ޝަކުވާއެއް ވެސް އަދި ނުލިބޭ: ފުލުހުން އއ. ރަސްދޫގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް ވެސް އެކަމުގެ ޝަކުވާއެއް ވެސް އަދި ލިބިފައި ނުވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ. ރަސްދޫގެ އާންމު ތަންތަނާއި، ގޮނޑުދޮށުގައި ރަޝިޔާއަށް ނިސްބަތްވާ ފަތުރުވެރިންތަކެއް ބަރަހަނާ މަންޒަރުޅެ އިންޓަނެޓްގައި އާންމުކޮށްފައިވާ ކަމަށް މީސް މީޑިއާގައި ވަނީ އަޑެއް ފެތުރިފައެވެ. މިކަމާއި ގުޅިގެން ފުލުހުން ބުނީ، ރަސްދޫގެ މަގުތަކާއި ވީޗްގައި ފަތުރުވެރިންތަކެއް ބަރަހަނާ ފިލްމު ކުޅުނު މައްސަލައެއް އަދި ޝަކުވާއެއް ވެސް މިހާތަނަށް އ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން