ސޯޝަލް މީޑިއާ އެކްޓިވިސްޓް ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެނިހެން ތަކެތި ދިވެހި ފުލުހުންގެ ޚިދުމަތުން ހިފަހައްޓައިފިއެވެ.

ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބުގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާކަމަށް ފުލުހުން މިއަދު ވަނީ ހާމަކޮށްފައެވެ.

Ad
rt

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ، ފުލުހުންގެ ނަމުގައި މީސްމީޑއާގައި ދައުރުކުރަމުންދާ ސައްހަ ނޫން ބަޔާނެއްގެ މައްސަލައިގައި ތަހުގީގުގެ ބޭނުމަށް ކޯޓު އަމުރެއްގެ ދަށުން ތޮއްޔިބު ޝަހީމްގެ ފޯނާއި އިލެކްޓްރޯނިކް އެހެން ބައެއް ތަކެތި ހިފަހައްޓާފައިވާ ކަމަށެވެ.

ނަމަވެސް، މި މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި ފިޔަވަޅު އަޅާފައިވަނީ ފަހަކަށް އައިސް ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހައްޔަރުކުރުމަށް ސައްހަ ނޫން ކޯޓު އަމުރެއް ނެރުމާ ގުޅޭ ގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ ކަމަށް ބުނާ ތަހުގީގު ރިޕޯޓަކާ ގުޅިގެންނެވެ. ފުލުހުން ވަނީ މި ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ކުރިން ބުނެފައެވެ.

މި މަހުގެ 3 ވަނަ ދުވަހު ފުލުހުން ވަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ހާމަކޮށްފައެވެ. އަދި މީސް މީޑިއާގެ އެކި މަންސަތަކުގައި ދައުރުކުރަމުންދާ، ޔާމީން ހައްޔަރުކުރުމަށް ނެރުނު ކަމަށް ބުނާ ސައްހަ ނޫން ކޯޓު އަމުރަކާ ގުޅޭ ގޮތުން ފުލުހުން ކޮށްފައިވާ ތަހުގީގުގެ ރިޕޯޓް ކަމަށް ބުނެ ދައުރުކުރަމުންދާ ރިޕޯޓަކީ ސައްހަ ނޫން ރިޕޯޓެއް ކަމަށް ފުލުހުން ވަނީ އިތުރަށް ކަށަވަރުކޮށްދީފައެވެ.