ހުޅުމާލޭ ދެ ފޭސް ގުޅުވާލަދޭ ބްރިޖްމަތީ ލޮރީއަކާއި ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.

ފުލުހުން ބުނީ، ހުޅުމާލެ ދެ ފޭސް ގުޅޭ ބްރިޖްމަތީ އެކްސިޑެންޓެއް ހިނގައިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

Ad
rt

މި އެކްސިޑެންޓް ހިނގާފައި ވަނީ ސައިކަލަކާއި ލޮރީއެއް ޖެހިގެންނެވެ.

މި ހާދިސާގައި އަނިޔާވި މީހަކަށް ހުޅުމާލެ ހޮސްޕިޓަލްގައި އަންނަނީ ފަރުވާދެމުންނެވެ.

އަނިޔާވެފައި ވަނީ ސައިކަލް ދުއްވަން އިން މީހާ އަށެވެ. އެއީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.