ބައިނަލްއަގުވާމީ އިރާނުގެ ހެކަރުން މެދު އިރުމަތީގެ ގައުމުތަކުގެ ސިސްޓަމްތަކަށް ވަދޭ: ގޫގުލް އިރާނުގެ ހެކަރުން މެދު އިރުމަތީގެ ގައުމުތަކުގެ ޓެލެކޮމް އަދި ސަރުކާރުތަކުގެ އޭޖެންސީތަކުގެ ސިސްޓަމްތަކަށް ބެކްޑޯ ސޮފްޓްވެއަރ ބޭނުންކޮށްގެން ވަންނަ ކަމަށް ގޫގުލްއިން ބުނެފިއެވެ. އިރާނުގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ މިނިސްޓްރީގެ ތެރެއިން ހިންގާ ސައިބަރ އޮޕަރޭޝަނަކުން މެދު އިރުމަތީގެ ޓެލެކޮމިއުނިކޭޝަން އަދި ސަރުކާރު އިދާރާތަކުގެ ސިސްޓަމްތަކަށް ވަދެގަތުމަށް ބެކްޑޯ ސޮފްޓްވެއަރ އަޅާފައިވާ ކަމަށް ބުނެފައިވަނީ ގޫގުލްގެ ސެކިއުރިޓީ ޔުނިޓެއް ކަމަށްވާ މެންޑިއަންޓުންނެވެ. މެންޑިއަންޓުން ބުރާސްފަތި ދުވަހު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ކުޅިވަރު ރެއާލުން ފަހަތުން އަރާ އެސްޕަންޔޯލް ބަލިކޮށްފި އެސްޕަންޔޯލް އިން ލަނޑެއް ޖަހާފައި ވަނިކޮށް ފަހަތުން އަރާ ހަތަރު ލަނޑު (4-1) ޖަހައިގެން ރެއާލް މެޑްރިޑުން މެޗު ކާމިޔާބު ކޮށްފިއެވެ. ސްޕެނިޝް ލަލީގާގައި ރޭ އަމިއްލަ ދަނޑުގައި ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް އެ ޓީމުން ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. ފުރަތަމަ ހާފުގައި ރޮޑްރިގޯގެ އިތުރުން އެމްބާޕޭއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ލިބުނު ނަމަވެސް ގޯލެއް ޖެހޭގޮތެއް ނުވިއެވެ. މި ހާފުގައި ރެއާލްގެ ހަމަލާތައް […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ޣައްޒާގެ ސްކޫލަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 22 މީހުން ޝަހީދުވެއްޖެ ޣައްޒާ ސިޓީގައި ހުރި، ގެދޮރު ގެއްލިފައިވާ ކުދިންނަށް ޚާއްޞަ ސްކޫލަކަށް އިސްރާއީލުން ހޮނިހިރު ދުވަހު ދިން ވައިގެ ހަމަލާއެއްގައި މަދުވެގެން 22 މީހުން ޝަހީދުވެ، 30 މީހުން ޒަޚަމްވެފައިވާ ކަމަށް ފަލަސްތީނުގެ ސިއްޙީ އިދާރާތަކުން ބުނެފިއެވެ. ޝަހީދުވި މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. ފަލަސްތީނުގެ ސިއްޙަތާބެހޭ މިނިސްޓްރީން ސޯޝަލް މީޑިއާގައި ބުނެފައިވާ ގޮތުގައި މި ހަމަލާ އަމާޒުކުރީ ޣައްޒާ ސިޓީގެ ދެކުނުގައި އޮންނަ ޒައިތޫން ސްކޫލަށެވެ. މި ހަމަލާއާއެކު ވޭތުވެދިޔަ 72 ގަޑިއިރުގެ ތެރޭގައި... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ޖަޒީރާ ގައުމުތަކަކީ ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭ: ރައީސް ކުދި ޖަޒީރާ ގައުމުތަކަކީ މަލީގޮތުން ފުދުންތެރި، އިގްތިސާދީގޮތުން ކުރިއަރާފައިވާ އަދި ވިލުންތެރި ގައުމުތަކަކަށް ހަދަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް މިހާރު އެމެރިކާއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުވުމުގެ ކުރިން ކުރިއަށްދިޔަ ސިޑްސްގެ “ބިލްޑިންގ ރެޒިލިއެންޓް ފިއުޗަރސް: ދަ ގްލޯބަލް ސިޑްސް ޑެޓް ސަސްޓެއިނަބިލިޓީ ސަޕޯޓް ސަރވިސް” ގެ ހަ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ރައީސް އެމެރިކާ އަށް ވަޑައިގެންފި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެމެރިކާގެ ނިއުޔޯކަށް ވަޑައިގެންފިއެވެ. ރައީސް މުޢިއްޒު އެމެރިކާއަށް ކުރަށްވާ މި ދަތުރުފުޅަކީ، އެކުވެރި ދައުލަތްތައް (އދ.)ގެ އާންމު މަޖިލީހުގެ 79 ވަނަ ސެޝަނުގައި ބައިވެރިވެވަޑައިގަތުމަށް ކުރަށްވާ ދަތުރުފުޅެކެވެ. ރައީސް އެމެރިކާއަށް ވަޑައިގެންނެވުމުން މަރުޙަބާވިދާޅުވީ، ރާއްޖެއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޑރ. ޢަލީ ނަސީރު މުޙައްމަދެވެ. ރައީސްގެ މި ދަތުރުފުޅުގައި އދ.ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ތަޤުރީރު ކުރައްވަން ހަޖެހިފައިވާއިރު، އދ. ގެ ސ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިމާމުންގެ މަހާސިންތާ ފަށައިފި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ އިމާމުންގެ މަހާސިންތާ 2024 މިއަދު ފަށައިފިއެވެ. މި މަހާސިންތާގައި މުހިއްމު ފަސް ސެޝަނެއް އޮންނާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ބުނެފައެވެ. މިގޮތުން މިއަދު ހެނދުނު ވަނީ ފުރަތަމަ ސެޝަން ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު އެވެ. މި ސެޝަންގެ މަޢުޟޫއުއަކީ އުންމަތް ބިނާކުރުމުގައި މިސްކިތްތަކުގެ ދައުރެވެ. ދެވަނަ ސެޝަންގައި އިމާމުންގެ މުހިންމުކަމާއ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޕީއެލްގެ އެހީގައި އިހަވަންދޫ ކައުންސިލަށް ކެރޭނެއް މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) އިން ތިލަދުންމަތި އުތުރުބުރީ އިހަވަންދޫ ކައުންސިލަށް ކެރޭނެއް ހަދިޔާކޮށްފިއެވެ. މި ކެރޭން އިހަވަންދޫ ކައުންސިލާއި ރަސްމީކޮށް ހަވާލުކޮށްފައި ވަނީ އެކަމަށްޓަކައި އިއްޔެ އިހަވަންދޫ ބަނދަރު ސަރަހައްދުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު އިބްރާހިމެވެ. ކައުންސިލްގެ ފަރާތުން ކެރޭނާއި ހަވާލުވެލެއްވީ އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހް އެވެ. އިހަވަންދޫ ކައުންސިލްގެ އެދުމުގެ މަތީން އެމްޕީއެލް އިން ހަދިޔާކޮށްފައި ވަ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު "ހިރިމަރަދޫ ފޯވާޑް" ތިލަދުންމަތީގައި ހުރި އެންމެ މޮޅު އެއް ފޯވާޑް “ހިރިމަރަދޫ ފޯވާޑް” މިހެން ބުނެފިނަމަ ތިލަދުންމަތީގެ ފުޓްބޯޅަ އާއިލާގައި އޭނާ ނުދަންނަ މީހަކު ނުހުންނާނޭ ބުނުން ދޮގަކަށް ނުވާނެއެވެ. ހދ.ހިރިމަރަދޫއަށް އުފަން މުހައްމަދު ނަޝީދު (ފޯވާޑް) އަކީ ފޯވާޑެއްގައިގައި ހުންނަން ކޯޗުން ބޭނުންވާ ވަރަށް ގިނަ ކަންކަން ފުރިހަމަވާ ކުޅުންތެރިއެކެވެ. ސްޕީޑް ބާރެވެ. ދެފައިނަ ބޯޅަ ޖެހުމުގެ ގާބިލްކަމާއި، ކޮއްޓާ ނެއްޓުމުގެ ހުނަރެވެ. ނަޝީދު ފާހަގަ ވަނީ ގޯލާއި ރައްޓެހިވެފައި ލިބޭ މަދު ފުރުސަތުތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ހިފާ އިތުބާރު ފޯވާޑެއްގެ ގޮތުގައެވެ. ދ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އިންފިނިޓީ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރަށް ހދ.އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ “ތިލަދެކުނު ފުޓްބޯޅަ މުބާރާތް 2024” ގެ ފައިނަލުގެ ފަހު ޖާގަ ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ. މުބާރާތުގެ ސެމީ ފައިނަލުގެ ދެވަނަ މެޗުގައި އިއްޔެ ބައްދަލުކޮށްފައި ވަނީ އިންފިނިޓީ އެކަޑަމީއާއި ނޮޅިވަރަންފަރު ސްޕޯޓްސް ކްލަބެވެ. މި މެޗު 3-2 ގެ ނަތީޖާއިން ކާމިޔާބުކޮށް ނޮޅިވަރަންފަރުން ވަނީ ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގައި ފުރަތަމަ ލަނޑުޖަހައި ލީޑު ނެގީ ނޮޅިވަރަންފަރުންނެވެ. މެޗުގެ 24 ވަނަ މިނެޓުގައި މި ލަނޑު […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން ޝަހީދުކޮށްލާފައިވާ ފަލަސްތީނު ބަޔެއްގެ ހަށިތައް އިމާރާތެއްގެ ފުރާޅުމަތިން އުކައިފި އިސްރާއީލުގެ ސިފައިން ހުޅަނގު އައްސޭރީގެ ދެކުނުގެ ޤަބާޠިއްޔާ ރަށުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޝަހީދުކޮށްލި ފަލަސްޠީނުގެ ތިން މީހެއްގެ ހަށިގަނޑު ފުރާޅެއްގެ މަތިން އުކާ މަންޒަރު ފެންނަ ވީޑިއޯއިން އާންމުވެއްޖެއެވެ. މި ވީޑިއޯ އާންމުވުމާއި ގުޅިގެން މިފަދަ ލާއިންސާނީ ޢަމަލުތަކުން ހައްދުފަހަނައަޅާފައިވާ އިސްރާއީލުން ބުނީ، އެމައްސަލަ ބަލަމުން އަންނަ ކަމަށެވެ. މި ހާދިސާގެ ވީޑިއޯގައި ފެންނަ ގޮތުން، ސިފައިންގެ ބުލްޑޯޒަރަކުން ޝަހީދުކޮށްލާފައިވާ މީހުންގެ ހަށިގަނޑުތައް އުފުލާފައިވެއެވެ. މި މަންޒަރ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެމްޕީއެލް އިން އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅަނީ ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫގައި ޑޮކްޔާޑަކާއި ސްލިޕްވޭއެއް އަޅުމަށް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އިހަވަންދޫ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ. މިކަމަށްޓަކައި މިއަދު އިހަވަންދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހުއެވެ. އިހަވަންދޫ ކައުންސިލްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހުއެވެ. މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސީއީއޯ ވަޖީހު ވިދާޅުވީ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އެޕަލްގެ އައު މެކްއޯއެސް އަޕްޑޭޓުން ސެކިއުރިޓީ ޓޫލްތަކަށް މައްސަލަ ތަކެއް އެޕަލް ކުންފުނިން މިދިޔަ ހޯމަ ދުވަހު ނެރުނު މެކްއޯއެސް 15 (މެކްއޯއެސް ސެކޯއިއާ) އަޕްޑޭޓުން، ތިންވަނަ ފަރާތްތަކުގެ ސެކިއުރިޓީ ޓޫލްތަކަށް މައްސަލަ ދިމާވަމުންދާ ކަމަށް ޓެކް ރިޕޯޓުތަކުގައި ބުނެފިއެވެ. މި މައްސަލަ ދިމާވަމުންދަނީ މައިކްރޯސޮފްޓް، ކްރައުޑްސްޓްރައިކް އަދި ސެންޓިނަލްވަން ފަދަ ކުންފުނިތަކުން ތައްޔާރުކޮށްފައިވާ ނެޓްވޯކް-ބޭސްޑް ސެކިއުރިޓީ ސޮފްޓްވެއަރތަކަށެވެ. މި މައްސަލައިން އެންމެ ބޮޑަށް އަސަރުކުރަނީ ހަމައެކަނި މެކް ޑިވައިސްތައް ބޭނުންކުރާ ވިޔަފާރިތަކަށެވެ. މި ސެކިއުރިޓީ ޓޫލްތަކަކީ އެންޓަ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިސްރާއީލުން ބެއިރޫތަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 12 އަށް އިސްރާއީލުން ލުބުނާނުގެ ވެރިރަށް ބެއިރޫތުގެ ދެކުނު ހިސާބަށް ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 12 އަށް އިތުރުވެއްޖެ ކަމަށް ލުބުނާނުގެ ސިއްޙީ ވުޒާރާއިން ބުނެފިއެވެ. މި ހަމަލާގައި 66 މީހުންނަށް އަނިޔާވެފައިވާ ކަމަށްވެސް އެ ވުޒާރާއިން މަޢުލޫމާތު ދީފައިވެއެވެ. ބެއިރޫތުގެ ދާހިޔާ ސަރަހައްދުގެ އިމާރާތަކަށް ދިން މި ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ކުޑަކުދިން ހިމެނޭ ކަމަށް ލެބަނޯނުގެ ސިއްޙީ އިދާރާތަކުން ބުނެފައިވެއެވެ. އިސްރާއީލުގެ ސިފައިންގެ ބަޔާނެއްގައި ބުނެފައިވަނީ މި ހަމަލާ އަމާޒުކުރީ ހިޒްބުﷲގ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ "ކަންކަން ކޮށްދެވޭނެ ފަރާތްތަކާއި ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭ" ރާއްޖެއަށް ފައިދާކުރާނެ ކަންކަން ކޮށްދެވޭ ފަރާތްތަކާއި ގިނައިން ބައްދަލުކޮށް އެކުގައި މަސައްކަތްކުރަންޖެހޭކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެވެ. ރައީސް މުޢިއްޒު، އެކުވެރި ދައުލަތްތައް (އދ.) ގެ ޢާންމު މަޖިލީހުގެ 79 ވަނަ ސެޝަންގައި ބައިވެރިވަޑައިގަތުމަށް މިއަދު ވަނީ އެމެރިކާގެ ނިއުޔޯކަށް ފުރާވަޑައިގެންފައެވެ. މި ދަތުރުފުރަށް އަރާވަޑައިގަތުމުގެ ކުރިން ރައީސް ވަނީ މީޑިއާތަކަށް ބަސްދީގަތުމެއް ދެއްވާފައެވެ. މި ބަސްދީގަތުމުގައި ރައީސް ވިދާޅުވީ، މި ދަތުރުފުޅުގައި އދ.ގެ އާންމު މަޖިލ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ކޮލަމް ޖުމްހޫރީމޭވާ ގްރާފްޓް ކުރުމަކީ ކޮބާ؟ ޖުމްހޫރީމޭވާ ގްރާފްޓް ކުރުމަކީ ފޯދިފައި ހުންނަ، ބަލިތަކުންނާއި ސޫފިން ލިބޭ ގެއްލުން ވީހާވެސް ކުޑަ ގަހެއްގެ ކުރިކޮޅެއް (ސަޔަން އެއް) ކަނޑައިގެން، ފޯދި ހެދެމުންދާ ގަހެއްގެ ގޮތްޕެއްގައި (ރޫޓްސްޓޮކްގައި) ނުވަތަ ނުފޯދި ހުރި ކުޑަ ގަހެއްގެ ގޮއްޕެއްގެ ކޮޅުގައި (ރޫޓްސްޓޮކްގައި) ގުޅުވުމެވެ. ފޯދި ހެދެމުންދާ ގަހެއްގެ ގޮތްޕެއްގައި ގްރާފްޓްކޮށްފައި ގްރާފްޓްކުރުމުގެ ބޭނުމަކީ އަވަހަށް އަދި ގިނައިން މޭވާ އެޅުވުމެވެ. ފޯދިފައި ހުންނަ ގަހެއްގެ ގޮފިތައް ބުރިކޮށްފައި ގްރާފްޓްކުރުމުގެ ބޭނުމަކީ ވެޔޮގަނޑު މުސްކުޅިވެ މަތ... ހުބާ ޕްލާންޓްސް · 2 އަހަރު ކުރިން