ޚަބަރު އާދަމް ހަލީމްގެ ގާތިލް ސަމާހު މަރުގެ ހުކުމުން ސަލާމަތްވެއްޖެ ކ. ކާށިދޫގައި ޕޮލިސް ސާޖަންޓް އާދަމް ހަލީމް މަރާލި މައްސަލާގައި މުހައްމަދު ސަމާހު މެރުމަށް ކޮށްފައިވާ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ. ކ. ކާށިދޫގައި ޖުލައި، 2012 ފުލުހުންގެ ޑިއުޓީއަށް ދަނިކޮށް އާދަމް ހަލީމަށް ވަޅިއަކުން ހަމަލާދީ މަރާލި މައްސަލާގައި އެރަށު ސުވާސާގޭ ސަމާހު މެރުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައި ކޯޓުން އޮތީ ތާއީދުކޮށްފަ އެވެ. އެ މައްސަލަ ސަމާހުގެ ފަރާތުން ވަނީ ސުޕްރީމް […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ކުޅިވަރު އެކަކު މަދުކޮށް ކުޅުނު އާސެނަލް އަތުން ސިޓީ ސަލާމަތްވީ ފަހު ސިކުންތުގައި ފަހު ސިކުންތުކޮޅުގެ ތެރޭ ޖޯން ސްޓޯންސް ޖެހި ލަނޑުން، އެކަކު މަދުކޮށް ކުޅެމުންދިޔަ އާސެނަލް އަތުން ސިޓީ ބަލިނުވެ ސަލާމަތް ވެއްޖެއެވެ. އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސިޓީގެ ދަނޑުގައި ކުޅުނު މި މެޗު ނިމިގެން ދިޔައީ 2-2 ގެ ނަތީޖާއިން ދެ ޓީމް އެއްވަރުވެގެންނެވެ. ޑިފެންސަށް އިސްކަން ދީގެން ފެށި އާސެނަލް ކޮޅަށް ސިޓީން ލަނޑުޖަހައި ލީޑު ނެގީ މެޗުގެ 9 ވަނަ މިނެޓުގައެވެ. ސަވީނިއޯ ކުޅުނު ތުރޫ ޕާހަކަށް އަރާ ހާލަންޑް ވަނީ އެ […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބެންގަލޫރުގައި އަންހެނެއްގެ ހަށިގަނޑުގެ ބައިތައް ކޮށާފައި ފްރިޖްކޮށްފައި ހުއްޓާފެނިއްޖެ ބެންގަލޫރުގައި އަންހެނެއްގެ ހަށިގަނޑުގެ ބައިތައް ކޮށާފައި ފްރިޖްކޮށްފައި ހުއްޓާފެނިއްޖެއެވެ. ބެންގަލޫރުގެ މުނެސްވަރްނަގަރު ސަރަހައްދުގައި ހިނގި މިހާދިސަގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ހޮނިހިރު ދުވައެވެ. މިކަން ހާމަވުމާ ގުޅިގެން، ބެންގަލޫރު ސެންޓްރަލް ޑިވިޝަންގެ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް (ޑީސީޕީ) ޝެކަރުގެ ބެލުމުގެ ދަށުން 6 ޚާއްޞަ ޕޮލިސް ޓީމެއް އެކުލަވާލާ، ތަޙުޤީޤު ފަށައިފި ކަމަށް އެގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފައެވެ. މި މައްސަލައިގެ ތަޙުޤީޤުގައި، ހާދިސާ ހިނގި ސަރަހައްދުގ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު އެނދުވިއްކާއިރު ރަށްރަށުގައި އުޅެންވީގޮތް ފަތުރުވެރިންނަށް ކިޔައިދޭންޖެހޭ: މަކުނުދޫ ކައުންސިލް ގެސްޓްހައުސް އިޝްތިހާރު ކުރެވި ފަތުރުވެރިންނަށް އެނދުވިއްކޭއިރު ދެވޭ މައުލޫމާތުގައި ރަށްރަށުގައި ހުންނަ ގެސްޓް ހައުސްތަކަށް އައިސް، ފަތުރުވެރިން ރަށުތެރޭގައި އެޅޭއިރު ގެންގުޅެން ޖެހޭ މިންގަނޑުތައް ތަފްސީލުކޮށް ސާފުކޮށްދީ ހަންދާން ކޮށްދިނުމަށް މަކުނުދޫ ކައުންސިލުން ގޮވާލައިފިއެވެ. މި މަހު 17 ވަނަ ދުވަހު ފަތުރުވެރިކަމުގެ ވުޒާރާއިން ޓޫރިސްޓް ގެސްޓްހައުސް ހިންގާ ފަރާތްތަކަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ގެސްޓްހައުސް ފަތުރުވެރިކަމަކީ މީހުން ދިރިއުޅޭ ރަށްރަށަށް ބިނާކޮށް ބައްޓަންވެފައިވާ ފަތުރ... އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިންތިޚާބުން ބަލިވެއްޖެނަމަ އަލުން ވާދައެއް ނުކުރާނަން: ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު 2024 އިން ބަލިވެއްޖެނަމަ އަލުން ވާދަނުކުރައްވާނެ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. ވޭތުވެދިޔަ ތިން ރިޔާސީ އިންތިޚާބުގައި ވެސް ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ވާދަކުރައްވާފައިވާ 78 އަހަރުގެ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ބަލިވެއްޖެނަމަ، 2028 ގެ އިންތިޚާބުގައި އަލުން ވާދަކުރައްވަން ގަސްތު ނުކުރައްވާ ކަމުގައެވެ. ސިންކްލެއަރ މީޑިއާ ގްރޫޕަށް ދެއްވި އިންޓަވިއުއެއްގައި، ނޮވެމްބަރު މަހުގެ އިންތިޚާބުގައި ކަމާލާ... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ރާއްޖެ ހޯރަފުށީގައި ފުޅާދާއިރާއެއްގައި ޑްރަގް ވިއްކާކަމަށް ތުހުމަތުވާ މީހަކު ހައްޔަރަށް ހއ. ހޯރަފުށީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިއްކާކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ. އެ މީހާ ހައްޔަރުކޮށްފައި ވަނީ ހޯރަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައެވެ. އިއްޔެ ހިންގި މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ އެރަށު ރަތްބަގީޗާގެ، އަޙްމަދު ޝީބާން (42އ) އެވެ. މި އޮޕަރޭޝަނުގައި، ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅޭ ކޮޓަރި ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އިމިގްރޭޝަންގެ އޮޕަރޭޝަނަށް 10 މަސް، 4،054 ބިދޭސީން ފޮނުވާލައިފި ރާއްޖޭގައި ގަވާއިދާ ހިލާފަށްއުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ކުރިއަށް ގެންދާ އޮޕަރޭޝަނުގައި 10 މަސްތެރޭގައި 4،054 ބިދޭސީން ފޮނުވާލައިފިއެވެ. މި އޮޕަރޭޝަން އިމިގްރޭޝަނުން ފެށީ ފާއިތުވި އަހަރު އަހަރުގެ ނޮވެމްބަރު 17 ވަނަ ދުވަހުއެވެ. ފުލުހުންނާއި ގުޅިގެން ކުރިއަށް ގެންދާ މި އޮޕަރޭޝަން އަށް އަހަރުގެ ސެޕްޓެމްބަރު 17 އަށް ވަނީ 10 މަސް ވެފައެވެ. އިމިގްރޭޝަނުން މިއަދު އާންމުކުރި މައުލޫމާތަށް ބަލާއިރު މި މުއްދަތުގެ ތެރޭގައި ގަވާއިދުން ބޭރަށް ރާއްޖޭގައި އުޅެމުން އައިކަމަށް ފާހަގަވި 4،054 […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ލަންކާގެ ސިޔާސީ ބާރުވެރިކަން ފުރޮޅި އަނޫރާ އަށް ބޮޑު ކާމިޔާބެއް އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބު ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކާމިޔާބު ކުރަށްވައިފިއެވެ. ސްރީލަންކާގެ އިލެކްޝަން ކޮމިޝަނުން ވަނީ މިރޭ ރާއްޖެ ގަޑިން 8:20 ހާއިރު، އިންތިޚާބު ކާމިޔާބުވީ އަނޫރާއަށް ކަން ޢިއުލާންކޮށްފައެވެ. ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގެ ވޯޓު ފުރަތަމަ ގުނިއިރު، އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަށް ވޯޓު ނުލިބުނެވެ. ނަމަވެސް އަނޫރާ ވަނީ 42 އިންސައްތަ ހޯއްދަވައި ޒަމާނުއްސުރެ އެ ޤައުމުގައި ސިޔާސީ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ހދ. އެފްސީއެސްސީ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ހދ. ކުޅުދުއްފުށީ ސިޓީގައި ހުންނަ ހދ. ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރ (އެފްސީއެސްސީ)ގެ މުވައްޒަފުންނަށް ޤާނޫނުތަކާއި ގަވާއިދުތަކުގެ ތަމްރީނު ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައި ވަނީ މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ލީގަލް ޑިޕާޓްމަންޓްގެ ފަރާތުންނެވެ. މިނިސްޓްރީ އޮފް ފެމިލީ އެންޑް ސޯޝިއަލް ޑިވެލޮޕްމަންޓުގެ ޑެޕިއުޓީ މިނިސްޓަރު އަޝްރާ އަހްމަދު އިސްވެ ނަންގަވައިދެއްވި މި ސެޝަންތަކުގައި ގެވެށި އަނިޔާ ހުއްޓުވުމުގެ ޤާނޫނު، ޢާއިލާއާ ބެ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދެފި ރާއްޖޭގެ ރިސޯޓެއްގައި ބިދޭސީ ޝެފަކު މަރާލި މައްސަލާގައި އިންޓަޕޯލްގެ އެހީއަށް އެދިއްޖެ އެވެ. އެއްލައިދޫ ރިސޯޓްގައި 2019 ވަނަ އަހަރު ސްރީލަންކާގެ ޝެފަކަށް ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރަނީ އެ ގައުމުގެ ރައްޔިތެއް ކަމަށްވާ ޖަޔަލަތު ކޮޑިއާޗިގެ ޖަނަކަ ޕްރަސަންނަ ޕެރޭރާގެ މައްޗަށެވެ. އެ މައްސަލާގައި ދައުލަތުގެ މުހިންމު ހެކިވެރިންތަކެއް ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ އަދި އެ މީހުން ތިބި ތަނެއް ނޭނގޭތީ އެ މީހުން ތިބި ތަނެއް ހޯދުމުގެ މަސައްކަތް ދައުލަތުން ދިޔައީ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
ރާއްޖެ ޑްރަގް އެތެރެކުރި މައްސަލައެއްގައި ދައުވާ ކޮށްދިނުމަށް އެދިއްޖެ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ދެ ދިވެހިންނާއި، ޕާކިސްތާނުގެ މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދިއްޖެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައިގެ ތަހުގީގު ނިންމައި ތިން މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި, ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. މި މައްސަލާގައި ހިމެނޭ ތިން މީހުންނަކީ މިއަހަރުގެ ޖުލައި 24 ވަނަ ދުވަހުގެ ފަތިހު 5:10... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ލަންކާ އިންތިޚާބުގައި ސިޔާސީ ބޮޑުން ފަހަތަށްޖައްސައި އަނޫރާ ކުރީގައި އަވަށްޓެރި ސްރީ ލަންކާގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުގައި، އެ ޤައުމުގެ ސިޔާސީ ބޮޑެތި ޕާޓީތަކުގެ މައްޗަށް ކުޑަ ޕާޓީއެއްގެ ލީޑަރެއްކަމަށްވާ އަނޫރާ ކުމާރަ ޑިސެނަޔަކަ ކުރި ހޯއްދަވައިފި އެވެ. ލަންކާގައި އިއްޔެ އޮތް ރިޔާސީ އިންތިޚާބުގައި 17 މިލިއަންނަށް މީހުން ވޯޓު ލުމުގެ ހައްގު ލިބުނުއިރު، މިއަދު ހެނދުނު 8:00 އާއި ހަމައަށް ސާފުވި ނަތީޖާއިން ކުރީގައި އޮތީ ލަންކާގެ ކުޑަކުޑަ ސިޔާސީ ޕާޓީއެއް ކަމަށްވާ ޕެރެމޫނާ (ޖޭވީޕީ)ގެ، އޭޑީއޭގެ ގޮތުގައި މަޝްހޫރުވެފައިވާ އަނޫރާ ކުމާރަ […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ކުޅިވަރު ޗެލްސީއާއި ލިވަޕޫލް މޮޅުވިއިރު ޔުނައިޓެޑް އެއްވަރު އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީއާއި ލިވަޕޫލުން ކުޅުނު މެޗުތައް ކާމިޔާބުކުރި އިރު، މެންޗެސްޓާ ޔުނައިޓެޑް ކުޅުން މެޗު އެއްވަރު ވެއްޖެއެވެ. ރޭ ރަށުން ބޭރުގައި ޗެލްސީ ނުކުތީ ވެސްޓްހޭމްއާއި ދެކޮޅަށެވެ. އެ މެޗު 3-0 ގެ ނަތީޖާއިން ކާމިޔާބު ކުރީ ޗެލްސީންނެވެ. މި މެޗުގައި ޗެލްސީން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ފުރަތަމަ ހާފްގައި ނިކޮލަސް ޖެކްސަން ކާމިޔާބުކުރިއިރު ތިންވަނަ ލަނޑު ޖަހައިދީފައިވަނީ ކޯލް ޕާމާ އެވެ. ރޭ އަމިއްލަ ދަނޑުގައި ލިވަޕޫލުން […] އިބްރާހިމް ޚަލީލް · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ ބަންގްލަދޭޝްގައި ޑެންގޫގެ ނުރައްކާ ބޮޑުވެއްޖެ ބަންގްލަދޭޝްގައި ފެތުރެމުންދާ ޑެންގޫ ރޯގާގައި އިތުރު މީހަކު މަރުވެއްޖެއެވެ. މިއާއެކު މިއަހަރު ޑެންގީއިން މަރުވި މީހުންގެ އަދަދު 125 އަށް ވަނީ އަރައިފައެވެ. އެ ޤައުމުގެ ޞިއްޙަތާބެހޭ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ހެލްތު ސަރވިސަސް (ޑީޖީއެޗްއެސް) އިން ބުނީ ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޑެންގޫ ރޯގާއަށް ފަރުވާ ހޯދުމަށް 843 މީހުން ހޮސްޕިޓަލްތަކަށް ވައްދާފައިވާ ކަމަށެވެ. މީގެ ތެރެއިން 226 މީހުން ވައްދާފައިވަނީ ޑާކާ ނޯތު ސިޓީ ކޯޕަރޭޝަންގެ ދަށުގައިވާ ހޮސްޕިޓަލްތަކަށެވެ. އަދި 162 މީހުން […] އަޙްމަދު ދާއޫދު · 2 އަހަރު ކުރިން
ބައިނަލްއަގުވާމީ އިރާނުގެ ހެކަރުން މެދު އިރުމަތީގެ ގައުމުތަކުގެ ސިސްޓަމްތަކަށް ވަދޭ: ގޫގުލް އިރާނުގެ ހެކަރުން މެދު އިރުމަތީގެ ގައުމުތަކުގެ ޓެލެކޮމް އަދި ސަރުކާރުތަކުގެ އޭޖެންސީތަކުގެ ސިސްޓަމްތަކަށް ބެކްޑޯ ސޮފްޓްވެއަރ ބޭނުންކޮށްގެން ވަންނަ ކަމަށް ގޫގުލްއިން ބުނެފިއެވެ. އިރާނުގެ އިންޓެލިޖެންސް އަދި ސެކިއުރިޓީ މިނިސްޓްރީގެ ތެރެއިން ހިންގާ ސައިބަރ އޮޕަރޭޝަނަކުން މެދު އިރުމަތީގެ ޓެލެކޮމިއުނިކޭޝަން އަދި ސަރުކާރު އިދާރާތަކުގެ ސިސްޓަމްތަކަށް ވަދެގަތުމަށް ބެކްޑޯ ސޮފްޓްވެއަރ އަޅާފައިވާ ކަމަށް ބުނެފައިވަނީ ގޫގުލްގެ ސެކިއުރިޓީ ޔުނިޓެއް ކަމަށްވާ މެންޑިއަންޓުންނެވެ. މެންޑިއަންޓުން ބުރާސްފަތި ދުވަހު... އަޙްމަދު ދާއޫދު · 2 އަހަރު ކުރިން