ބުރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު ސަލާމަތްކޮށް ފުލުހުންނާއި ހަވާލުކޮށްފި
ސިނަމާލެ ބްރިޖުމަތިން ކަނޑަށް ފުންމާލި ބިދޭސީއަކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑްގެ ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންގެ ސިފައިން ހަރަކާތްތެރިވެ ސަލާމަތްކޮށްފިއެވެ. އެމްއެންޑީއެފުން ބުނިގޮތުގައި މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްގެ މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ރޭ ދަންވަރު 00:44 ހާއިރުއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން، ކޯސްޓްގާޑުގެ ޑައިވަރުން ވަނީ ވަގުތުން އެ ސަރަހައްދަށް ގޮސް އޭނާ ހޯދުމުގެ އޮޕަރޭޝަން ފަށާފައެވެ. ޑައިވަރުން ކުރި މަސައްކަތުން އެ މީހާ ފެނިފައިވަނީ ބްރިޖު...