މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު ހއ. އަތޮޅުން ފެށިގެން އދ. އަތޮޅަށް (10:30 އިން 16:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ބަރުދަން ލުއިކޮށްލައިގެން ސަޕްރައިޒް އިނާމެއް، މުރައިދޫ އަންހެނުންގެ ދުޅަހެޔޮކަމަށް ކަސްރަތު ޕްރޮގްރާމެއް

ބަރުދަން ލުއިކޮށްލައިގެން ސަޕްރައިޒް އިނާމެއް، މުރައިދޫ އަންހެނުންގެ ދުޅަހެޔޮކަމަށް ކަސްރަތު ޕްރޮގްރާމެއް

ހއ. މުރައިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން އިންތިޒާމުކޮށްގެން، އެ ރަށު ކައުންސިލާއި ބާރަށު ކައުންސިލް ގުޅިގެން ކުރިއަށްގެންދާ ޚާއްޞަ ކަސްރަތު ޕްރޮގްރާމެއް އިއްޔެ މުރައިދޫގައި ފަށައިފިއެވެ. މި ޕްރޮގްރާމަކީ ރައްޔިތުންގެ މެދުގައި ދުޅަހެޔޮ ޞިއްޙަތެއް ޤާއިމުކުރުމަށާއި، ކަސްރަތު ކުރުމުގެ އާދަ އަށަގެންނެވުމުގެ މަޤްޞަދުގައި އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މުރައިދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، އަންހެނުންނަށް އަމާޒުކޮށްގެން ފެށި މި ކަސްރަތު ޕްރޮގްރ...

ފާތިމަތު ސަޙާ
މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ

މިވަގުތު އުތުރުގެ ފުޓް ބޯޅައިގެ ރަސްގެފާނު ދިއްދޫ އަށް އެފްއޭއެމްގެ މެމްބަރުކަން ދެނީ

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓުވެ، ދިވެހި ޕްރިމިއަރ ލީގުގައި ވާދަކުރަމުން އަންނަ ހއ. ދިއްދޫގެ ދިއްދޫ ސްޕޯޓްސް ކްލަބަށާއި، ގދ. ގައްދޫގެ، ގައްދޫ ރެކްރިއޭޝަން ކްލަބަށް، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މެމްބަރުކަން ދޭން ނިންމައިފިއެވެ. މި ނިންމުމާއެކު އެ އެސޯސިއޭޝަންގެ ހިންގުމުގެ ކަންކަމުގައި ބަސްބުނުމުގެ އިތުރުން ވޯޓު ލުމުގެ ފުރުސަތު ވެސް އެ ދެ ކްލަބަށް ލިބިގެންދާނެއެވެ. ރަސްމީ ސިފައެއްގައި ދިއްދޫ ސްޕޯޓްސް ކްލަބާއި ގައްދޫ ރެކްރިއޭޝަނަކީ އެފްއޭއެމްގެ މެމްބަރު ކްލަބުތ...

ޔުމްނާ ޢަލީ
އުލިގަމު އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު 20 އަހަރަށް ކުއްޔަށް ދޫކުރަން ބީލަމަށް ލައިފި

އުލިގަމު އަންހެނުންގެ ކޮމިޓީގެ ފަތްކެޔޮ ދަނޑު 20 އަހަރަށް ކުއްޔަށް ދޫކުރަން ބީލަމަށް ލައިފި

ހއ. އުލިގަމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމކ) އިން ތަރައްޤީކޮށްފައިވާ ފަތްކެޔޮ ދަނޑު 20 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ހިފާނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ. އެގޮތުން 14 އޮކްޓޯބަރ 2026 އިން ފެށިގެން 22 އޮކްޓޯބަރ 2026 ގެ ނިޔަލަށް، ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 09:00 އިން މެންދުރުފަސް 13:00 އަށް އެ ރަށު ކައުންސިލް އިދާރާއަށް ހާޟިރުވެގެން ނުވަތަ އޮންލައިން ފޯމު މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެކަމަށް އުލިގަމު ކައުންސިލުން […]

ފާތިމަތު ސަޙާ
ކުރަފި ޕާޓީގެ މުޒާހަރާއެއްގައި ބައިވެރިވުމުން، އެކްޓަރު އިމްރާން ޚާން އިންޑިއާއިން ފޭބުމަށް އަންގައިފި

ކުރަފި ޕާޓީގެ މުޒާހަރާއެއްގައި ބައިވެރިވުމުން، އެކްޓަރު އިމްރާން ޚާން އިންޑިއާއިން ފޭބުމަށް އަންގައިފި

އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި އިންޑިއާގައި ކުރިއަށްދިޔަ މުޒާހަރާއެއްގައި ބައިވެރިވުމާ ގުޅިގެން، ބޮލީވުޑްގެ މަޝްހޫރު ތަރި އާމިރު ޚާންގެ ކޮއްކޮގެ ދަރިފުޅު އަދި އެކްޓަރު އިމްރާން ޚާން މި މަހުގެ 28 ގެ ކުރިން އެ ޤައުމުން ފޭބުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން އަންގައިފިއެވެ. އެމެރިކާގެ ރައްޔިތެއް ކަމަށްވާ އިމްރާން ޚާން އަތުގައި އޮންނަނީ އިންޑިއާ ދަރިކޮޅުގެ މީހުންނަށް ދޫކުރާ “އޯވަސީސް ސިޓިޒަން އޮފް އިންޑިއާ” (އޯސީއައި) ކާޑެކެވެ. ފުލުހުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، މުމްބާއީގެ [...

ނާޒިމާ އަލީ
ފެނަކައިގެ އެކްޓިން އެމްޑީއަކަށް ޑރ. އަޒުވަރު، ބޯޑަށް ނިޒާމް އައްޔަންކޮށްފި

ފެނަކައިގެ އެކްޓިން އެމްޑީއަކަށް ޑރ. އަޒުވަރު، ބޯޑަށް ނިޒާމް އައްޔަންކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް އިބްރާހިމް ނިޒާމް އައްޔަންކޮށްފިއެވެ. ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ބުނީ، ފެނަކަ ކޯޕަރޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރ އަދި އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް، ސ. ފޭދޫ، ނެސްޕްރޯވިލާ، ޑރ. އަލީ އަޒުވަރު ހަމަޖައްސާފައިވާ ކަމަށެވެ. މީގެއިތުރުން އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް، ހ. ހުދުރިޔާ، އިބްރާހިމް ނ...

ޔުމްނާ ޢަލީ
ކޮންމެ ގެއެއްގައި ވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: ސާޖިދާ

ކޮންމެ ގެއެއްގައި ވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: ސާޖިދާ

ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: މެޑަމް ސާޖިދާ ކޮންމެ ގެއަކާއި ގޯއްޗެއްތެރޭވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، ފެހިކަން އިތުރުވެ، ވައި ސާފުވެ، ރަނގަޅު ކާނާ ހޯދުމަށް ފަހި ކުރެވިދާނެ ފުރުޞަތެއް: މެޑަމް ސާޖިދާ ކޮންމެ ގެއަކާއި ގޯއްޗެއްގެ ތެރޭގައިވެސް ދަނޑުވެރިކަމުގެ މަސައްކަތެއް ކުރުމަކީ، މާހައުލުގެ ފެހިކަން އިތުރުވެ، ވައި ސާފުވެ އަދި ރަނގަޅު ކާނާ ހޯދުމަށް ފަހިކުރެވިދާނެ ފ...

ޔުމްނާ ޢަލީ
ކުންފުނި އެމްޓީސީސީއާ އެއްކޮށްލުމުގެ މަރުހަލާގައި އާރްޑީސީގެ އެމްޑީ ނަޒީމް ވަކިކޮށްފި

ކުންފުނި އެމްޓީސީސީއާ އެއްކޮށްލުމުގެ މަރުހަލާގައި އާރްޑީސީގެ އެމްޑީ ނަޒީމް ވަކިކޮށްފި

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އިބްރާހިމް ނަޒީމް އެ މަޤާމުން ވަކިކޮށްފިއެވެ. ނަޒީމް އެ މަޤާމުން ވަކިކޮށްފައިވާކަން ޕްރައިވެޓައިޒޭޝަން ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ވަނީ ޔަޤީންކޮށްދީފައެވެ. ޕީސީބީން ބުނީ، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމުންނާއި، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން އިބްރާހިމް ނަޒީމް ވަކިކޮށްފައިވާ ކަމަށެވެ. އޭނާ މަޤާމުން ވަކިކުރުމަށްފަހު، ކުންފުނީގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މިހާރު ވަނީ ބޭފުޅަކު...

ޝިއުނާ އާދަމް
ގަދަ ކަނޑުން 8 މީހުން ސަލާމަތްކުރި ހިތްވަރުގަދަ ފުލުހުންނަށް ''ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް''

ގަދަ ކަނޑުން 8 މީހުން ސަލާމަތްކުރި ހިތްވަރުގަދަ ފުލުހުންނަށް ''ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް''

ކ. ގާފަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް ބަންޑުންޖަހާލި “ހޯކްސް ވޮޔޭޖް” ލޭންޑިންގ ކްރާފްޓުން ކަނޑުވި މީހުން ސަލާމަތްކުރުމުގައި ހިތްވަރުގަދަ މަސައްކަތްތަކެއް ކޮށްފައިވާ ދިވެހި ފުލުހުންގެ ޚިދުމަތުގެ އޮފިސަރުންނަށް “ފުރާނަ ސަލާމަތްކުރުމުގެ ރަން މެޑަލް” މިއަދު އަރުވައިފިއެވެ. ފުލުހުންގެ މައި އިދާރާ، ޝަހީދު ޙުސައިން އާދަމް ބިލްޑިންގގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި މެޑަލް އޮފިސަރުންނާ ހަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދެވެ. ފުލުހުން ބުނިގޮތުގައި ފުރާނަ ސަލާމަތްކު...

ޔުމްނާ ޢަލީ
ޕާކިސްތާނުގެ ސްކޫލެއްގެ ފުރާޅު ވެއްޓި 18 ދަރިވަރުންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ސްކޫލެއްގެ ފުރާޅު ވެއްޓި 18 ދަރިވަރުންނާއި ޓީޗަރަކު މަރުވެއްޖެ

ޕާކިސްތާނުގެ ހުޅަނގު އުތުރު ޕެޝާވަރުގެ ޑިރް ކޮލޮނީ ސަރަހައްދުގައި ހުންނަ އަމިއްލަ ސްކޫލެއްގެ ފުރާޅު ވެއްޓި، މަދުވެގެން 18 ދަރިވަރުންނާއި އަންހެން ޓީޗަރަކު މަރުވެ، 40 އަށް ވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. ބުރާސްފަތި ދުވަހުގެ ހެނދުނު ހިނގި މި ހާދިސާގައި މަރުވި ހުރިހާ ދަރިވަރުންނަކީ ވެސް އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ. ހާދިސާ ހިނގުމާ އެކު ލޯކަލް ޑިޒާސްޓާ މެނޭޖްމަންޓް ޓީމުތަކާއި، ފުލުހުން އަދި ރެސްކިއު 1122 ގެ އޮފިޝަލުން އާންމުންނާ ގުޅިގެން ވަނީ […]

ނާޒިމާ އަލީ
ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ޅ.އަތޮޅުގައި ހިންގި ޑްރަގް ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ޅ. އަތޮޅުގެ ދެ ރަށެއްގައި ފުލުހުން ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށް، އެ މީހުންގެ ބަންދަށް ކޯޓުން މުއްދަތު ޖަހައިދީފިއެވެ. މި އޮޕަރޭޝަންތައް ހިންގާފައިވަނީ އެ އަތޮޅު ނައިފަރާއި އޮޅުވެލިފުށީގައެވެ. ފުލުހުން ވިދާޅުވީ، ނައިފަރުގައި ހިންގި އޮޕަރޭޝަނަކީ އެ ރަށުގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތި ގެންގުޅެ އަދި ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ނައިފަރު ޕޮލިސް ގުޅިގެން މި މަހުގެ 12 ވަނަ ދުވަހު ހިންގި [...

ޔުމްނާ ޢަލީ
''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''

''އެކަށައެޅޭ ބާވަތްތައް އިމްޕޯޓް ނުކޮށް ރާއްޖެއަށް ބޭނުންވާ މިންވަރަށް ހެއްދޭނެ މަގުފަހިކޮށްދިނުމަކީ އަމާޒެއް''

ސަރުކާރުގެ އަމާޒަކީ ވަކި އެކަށައެޅިފައިވާ ބާވަތްތަކުގެ ކާބޯތަކެތި އިމްޕޯޓްކުރުމާ ނުލައި، ރާއްޖެއަށް ބޭނުންވާ މިންވަރަށް އަމިއްލަ ފަސްގަނޑުގައި ހައްދައި ބާޒާރަށް ނެރެވޭނެ މަގުފަހިކޮށްދިނުން ކަމުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ޤައުމީ ދަނޑުވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާ މެދުވެރިކޮށް ފޮނުއްވި މެސެޖެއްގައެވެ. ރައީސް ވިދާޅުވީ ދަނޑުވެރިންގެ ދުވަހަކީ ކާބޯތަކެތީގެ ރައްކާތެރިކަން ޤައުމީ ފެންވަރުގައި ކަށަވަރުކުރުމަށާއި، އިޤްތިޞާދު ސިންދަފާތު ކ...

ޝިއުނާ އާދަމް
އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި

އަތުލައިގަތް ބަނގުރާ ނެޓްވޯކްގެ އިސް މީހާ ހައްޔަރުކޮށްފި

މާލޭގައި ފުޅާދާއިރާއެއްގައި ޤަވާއިދާ ޚިލާފަށް ބަނގުރާ ފޯރުކޮށްދެމުންދިޔަ ނެޓްވޯކަކަށް ޢަމާޒުކޮށް، ފުލުހުން ހިންގި އޮޕަރޭޝަންގައި ހެންވޭރު ގެއެއް ބަލައިފާސްކޮށް އަތުލައިގަތް ބަނގުރާ ފުޅިތަކުގެ މައްސަލައާ ގުޅުންހުރި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ. މިކަމާގުޅިގެން ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި މައްސަލައިގެ ތަޙުޤީޤަށް މިހާތަނަށް ލިބުނު މަޢުލޫމާތުން އެނގޭ ގޮތުގައި، އެ ނެޓްވޯކްގައި އިސްކޮށް ހަރަކާތްތެރިވަނީ ހ. ކަރޯގެ، 53 އަހަރުގެ މުޙައްމަދު ރަޝްވާން ޢައްބާސްއެވެ. މާލޭގައި ފުޅާދާއިރާއެއްގަ...

ފާތިމަތު ސަޙާ
ސްޓާލިންކަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަލައި އީރާނުން ފިޔަވަޅުތައް ވަރުގަދަކުރަނީ

ސްޓާލިންކަކީ ހަނގުރާމައިގެ ހަތިޔާރެއްގެ ގޮތުގައި ބަލައި އީރާނުން ފިޔަވަޅުތައް ވަރުގަދަކުރަނީ

އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ކުރިއަށްދާ ދަނޑިވަޅުގައި، ސެޓެލައިޓް އިންޓަނެޓް ޚިދުމަތްދޭ ސްޓާލިންކާ ދެކޮޅަށް އަޅަމުންދާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް، އިންޓަނެޓްގެ ޚިދުމަތް އިތުރަށް ހިފެހެއްޓުމަށް ތައްޔާރުވަމުންދާކަމަށް އީރާނުގެ ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އީރާނުގެ ސަރުކާރުން އަޅާފައިވާ ހަރުކަށި ފިލްޓަރިންގއާއި ހުރަސްތަކާ ނުލައި ޚިދުމަތް ލިބޭ އީލޮން މަސްކްގެ ސްޓާލިންކަކީ ޤައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ކަނޑައަޅައި އެ ޤައުމުގައި ވަނީ މަނާ...

ނާޒިމާ އަލީ
ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލުން ލާސްކް ބަލިކޮށްފި، ފެޔަނޫޑުން ކޯމޯގެ މައްޗަށް ކުރިހޯދައިފި

ބާކޯލާގެ ހެޓްރިކާއެކު ލިވަޕޫލުން ލާސްކް ބަލިކޮށްފި، ފެޔަނޫޑުން ކޯމޯގެ މައްޗަށް ކުރިހޯދައިފި

ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި ބްރެޑްލީ ބާކޯލާ ކާމިޔާބުކުރި ހެޓްރިކާއެކު، 6-3 ގެ ނަތީޖާއަކުން އޮސްޓްރިއާގެ ލާސްކް (LASK) ބަލިކޮށް ލިވަޕޫލުން މުބާރާތުގައި ސައްތައިން ސައްތަ ރެކޯޑު ދަމަހައްޓައިފިއެވެ. މިދިޔަ އޯގަސްޓް މަހު ޕީއެސްޖީން 123 މިލިއަން ޕައުންޑްގެ އަގަކަށް ލިވަޕޫލާ ގުޅުނު ފަހުން އެކަށީގެންވާ ކުޅުމެއް ނުދެއްކި ފާޑުކިޔުންތައް އަމާޒުވެފައިވާ ފްރާންސްގެ ފޯވާޑް ބާކޯލާ، އޭނާ އެ ކްލަބަށް ކުޅެދިން 7 ވަނަ މެޗުގައި މި ހެޓްރިކާއެކު ވަނީ ފުރަތަމަ ފަހަރަށް […]

އަޙްމަދު ވަހީދު
ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ބިމެއް ދޫކޮށްފި

ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ތިން ބިމެއް ދޫކޮށްފި

ހއ. ހޯރަފުށީ ބަނދަރު ސަރަޙައްދުން ވިޔަފާރި އުޞޫލުން ދޫކުރުމަށް ކަނޑައެޅި 3 ބިމެއް އެކި ފަރާތްތަކާ ޙަވާލުކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކޮށް، އެ ބިންތައް ރަސްމީކޮށް ޙަވާލުކޮށްފިއެވެ. މި ބިންތައް ޙަވާލުކޮށްފައިވަނީ ލޯ އިންވެސްޓްމަންޓް، ބެލަސީ އަދި ސޯޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއެވެ. ހޯރަފުށީ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ބިންތައް ދޫކުރުމުގެ މައިގަނޑު މަޤްޞަދަކީ ވިޔަފާރިކުރަން ބޭނުންވާ ވީހާވެސް ގިނަ ފަރާތްތަކަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ. އަދި ބަނދަރު ސަރަޙައްދުން ފަސޭހަކަ...

ފާތިމަތު ސަޙާ