ކޯޓާ ހޯދަން ވަގު ލިޔުންތަކެއް ހުށަހެޅި މައްސަލަ ފުލުހަށް!
ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރުމަށް ބިދޭސީ މަސައްކަތްތެރިން ގެނައުމުގެ ހުއްދަ ހޯދުމަށްޓަކައި ކޯޓާއަށް އެދި ވަޒީފާދޭ ފަރާތްތަކުން ހުށަހަޅާއިރު، އޮޅުވާލާފައިވާ ސައްޙަ ނޫން ލިޔެކިޔުންތައް ހުށަހަޅާކަން ފާޙަގަވެފައި ވާކަމަށް، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވޮލޮޕްމެންޓް އިން ބުނެފިއެވެ. އިކޮނޮމިކް މިނިސްޓްރީން މިއަދު ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި ފަދަ ފަރާތްތަކާމެދު ޤާނޫނީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށާއި، އަދި މިހާރު އެ ފަރާތްތައް، މޯލްޑިވްސް ޕޮލިސް ސާވިސް އަށް ރިޕޯޓްކޮށްފައ...