މައި ޚަބަރަށް ދިޔުމަށް
ސަމާލު ފީތާ
  • ހުދު ސަމާލު Over the country އަށް (16:00 އިން 22:00 އަށް) — ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވެ ކަމަށް ލަފާކުރެވޭ

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:

ކުޅުދުއްފުށީ އެއަރޕޯޓު ނުނިމިގެން އުޅޭނީ ތިން ގެއެއް ކޯޓު މަރުހަލާގައި ހުރުމުން: އެމްޓިސީސި

ކުޅުދުއްފުށީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅޭނީ ތިން ގެއެއްގެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުން ކަމަށް އެމްޓިސީސި އިން ބުނެފިއެވެ. އިއްޔެ ނޫސްވެރިންނާއި ބައްދަލުކުރައްވަމުން އެމްޓީސީސީ އިން ބުނީ އެއަރޕޯޓުގެ މަސައްކަތް ނުނިމިގެން އުޅެނީ ފެންސް ޖެހުމުގެ މަސައްކަތުގެ ތެރެއިން، ފެންސުތަށް އެ ސަރަހައްދުގައި ހުރި އާންމުންގެ ތިން ގެއަކަށް އަރާތީ އެ ގެތަކުގެ މައްސަލައިގެ ކޯޓު މަރުހަލާ ނުނިމޭތީ ކަމުގައެވެ. ފެންސް ޖެހުމާއި ގެތަށް ތަޅާލުމަކީ ދެ މަސައްކަތް އެކަތި އަނެކައްޗާ ގުޅިގެން އަންނަ ޕްރޮޖެކްޓ...

Thiladhun
ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި

ނެއްލައިދޫ ސްކޫލުގެ ދަރިވަރުުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި

ނެއްލައިދޫ ސްކޫލުގެ ދަރިވަރުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި އެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު3 ގެ ދަރިވަރުން، އެރަށު އިންޖީނުގެއަށް އަދި ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސްވެރިކަން ކުރާ ތަންތަނަށް ވަނީ  ޒިޔާރަތްކޮށްފައެވެ. ނެއްލައިދޫ ސުކޫލުގެ ގުރޭޑު 3 ގެ ދަރިވަރުން މިއަދު އިންޖީނުގެއަށް ޒިރާތަތްކުރީ ޕްރޮޖެކްޓް ބޭސް ލާނިންގ ރިސޯސަސް ތީމް ގެ ދަށުން އިންޖީނުގޭގައި މަސައްކަތް ކުރިޔަށް ދާގޮތް ބެލުމަށެވެ. އަދި އެ ސުކޫލުގެ ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސައްކަތް ކުރާ […]

Thiladhun

ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި ރާއްޖެއިން ސޮއިކޮށްފި

އދ. އިން އެކުލަވާލާފައިވާ ބައިނަލްއަޤުވާމީ ތިން މުއާހަދާއެއްގައި މިއަދު ރާއްޖެއިން ބައިވެރިވެއްޖެއެވެ. މި މުއާހަދާތަކުގައި ރަސްމީކޮށް ރާއްޖެއިން ބައިވެރޮވެފައިވާކަން ޚާރިޖީ ވުޒާރާއިން މިއަދުވަނީ ހާމަކޮށްފައެވެ. އެގޮތުން މިއަދު ރާއްޖެއިން ރަސްމީކޮށް ބައިވެރިވެފައިވާ މުއާހަދާތަކަކީ ޔޫއެން އާމްސް ތްރޭޑް ޓްރީޓީ، ޔޫއެން ކްލަސްޓާ މިއުނިޝަންސް ކޮންވެންޝަން އަދި ތާޑް އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮފް ދަ ރައިޓްސް އޮފް ދި ޗައިލްޑް އެވެ. މި ތިން މުއާހަދާގައިވެސް ބައިވެރިވުމަށް ރައްޔިތުންގެ މަޖި...

Thiladhun
ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ސާފް ޗެމްޕިއަންޝިޕް: 18 އަހަރުން ދަށުގެ ޓީމް ބްރޯންޒް މެޑަލް ހޯދައިފި

ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ ފުޓްބޯޅަ ޓީމް ބޫޓާން ބަލިކޮށް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފިއެވެ. މިއަދު ކުޅުނު މެޗްގައި ރާއްޖެ އިން ބޫޓާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗްގައި ބޫޓާން ކޮޅަށް ލަނޑު ޖެހީ ރާއްޖޭގެ އިބްރާހިމް އިމްރާން އެވެ. ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ދިވެހި ޓީމުގެ އަމާޒަކީ ސެމީ އަށް ދަތުރުކުރުން ކަމުގައި ކަމަށާއި ޖުމްލަ […]

އިބްރާހިމް އަސްވާޤް

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކޮށްފި

120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެ އެވެ. ރޭ ރާއްޖެ ޓީވީގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ މިހާތަނަށް 120 މިލިއަން ރުފިޔާގެ ލޯން އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރެވި، ކޮންޓްރެކްޓް ކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް، ލޯނަށް އެދި ވަރަށް ގިނަ ފަރާތްތަކުން އެދެމުންދާ ކަމަށާއި އެދޭ ހުރިހާ ފަރާތްތަކަށް ލޯން ދޫކުރެވޭ ވަރަށް ފައިސާ […]

ޔުމްނާ ޢަލީ
ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލްތައް މިއަދު

ހދ.އަތޮޅު ކައުންސިލް ވޮލީ މުބާރާތުގެ ފައިނަލްތައް މިއަދު

ހދ.އަތޮޅު ކައުންސިލުން އިންތިޒާމުކޮށްގެން ބާއްވާ ވޮލީބޯޅަ މުބާރާތުގެ ފައިނަލް މިއަދު ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގައި ކުޅެވޭނެއެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލުގައި މިއަދު ހަވީރު ބައްދަލު ކުރާނީ ޓީމު ކުޅުދުއްފުށީ އަދި ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބެވެ. އަދި މިރޭ 8 ޖަހާއިރު ކުޅޭ ފިރިހެން ޑިވިޜަންގެ ފައިނަލް މެޗްގައި ބައްދަލު ކުރާނީ ކުޅުދުއްފުށީ އެކުވެރިންގެ ދިރުން އަދި ޓީމު ނޮޅިވަރަމެވެ. މިމުބާރާތުގެ އަންހެން ޑިވިޜަންގެ ފައިނަލަށް ނޮޅިވަރަންފަރު ސްޕޯރޓްސް ކްލަބް ދަތުރުކުރީ، ސެމީ ފައި...

އިބްރާހިމް އަސްވާޤް

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުންކުރެވޭ ގޮތް ހަދަނީ

މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ. ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މި މަޝްވާރަތަށް ކޮށްފައެވެ. ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓް އެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/YvFCSa2vJr — Ministry of Tra...

އިބްރާހިމް އަސްވާޤް
ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު

ޓޫރިޒަމް މާސްޓަރ ޕްލޭންއާ އެއްގޮތަށް އަންނަ އަހަރު މަސައްކަތް ތަރުތީބު ވެގެންދާނެ: ޓޫރިޒިމް މިނިސްޓަރު

ދެމެހެއްޓެނެވި ފަތުރުވެރިކަމުގެ މައްޗަށް އެކުލަވާލެވޭ ފަސްވަނަ ޓޫރިޒަމް މާސްޓަރ ޕްލޭންގެ މަސައްކަތް ނިންމައި އަންނަ އަހަރު އެ މަގުން އެސިނާޢަތުގެ މަސައްކަތް ތަރުތީބު ވެގެންދާނެކަމަށް ޓޫރިޒމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ. އަލީ ވަހީދު މިހެން ވިދާޅުވީ މިދިޔަ މި މަހުގެ 27 ވަނަ ދުވަހު ފާހަގަކުރި ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހާއިގުޅިގެން ނެރުނު ބަޔާނުގައެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުސްތަޤްބަލަކީ ތަފާތު އެކި ޖަޒީރާވަންތަ ސިފަތަކާ، ބަވަނަވަމުންދާ ދުނިޔޭގެ ރަހަތަކާއި ކު...

އަފްރާހް އަބްދުލް ރަޝީދު
ހއ. ބިލެތްދޫ ތިލަ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ހއ. ބިލެތްދޫ ތިލަ ސަރަހައްދު: ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރައްދެއް

ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ. އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގަ...

ޙުސައިން ޘަޤީފް
ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން

ދަރިފުޅަށް ދެވޭނެ އެންމެބޮޑު އަނިޔާއަކީ - ރުޅިއައުން، ހަޅޭއް ލެވުން، އެއްޗިހި ކިޔުން

ތިބާގެ ދަރިފުޅަށް ދެވޭނެ އެންމެބޮޑު އެއް އަނިޔާއަކީ – ރުޅިއައުމެވެ. ހަޅޭއް ލެވުމެވެ. އެއްިޗިހި ކިޔުމެވެ. އެއީ ހާދަހާ ވޭންހުރި ހިތްދަތި އިހްސާސްތަކަކާ ދަރިފުޅު ކުރިމަތިކުރުވާ ތަޖުރިބާއެކެވެ. މައިން ބަފައިންނާއި މުދައްރިސުންގެ އެންމެބޮޑު އުންމީދަކީ އެމީހުންގެ ދަރިން އެހެންމީހުންގެ ކުރިމަތީގައި އަގުހުރި، މީހުންގެ އިހްތިރާމް ލިބިގެންވާ ބަޔަކަށް ވުމެވެ. އެކަމަށް އެކިމީހުން މަސައްކަތް ކުރަނީ އެކިގޮތަށެވެ. ބައެއް މީހުން، އެމީހުންގެ އުންމީދުތައް ހާސިލުނުވެދާނެކަމަށް، ނުވަތަ އެކަމުގެ ސަބަބުން ތިމާމެން އަ...

މުޙައްމަދު ޝިހާބް
ޒުވާނުންނާއި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް: ނައިބް ރައީސް

ޒުވާނުންނާއި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް: ނައިބް ރައީސް

ދިވެހި ޒުވާނުންނަށް އަދި ވަކިން ޚާއްޞަކޮށް ދިވެހި އަންހެން ކަނބަލުންނަށް ބޭނުންވަނީ ވަޒީފާގެ ބާޒާރުގައި ފުރުޞަތުތައް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ބައިނަލްއަޤްވާމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާޞަބާ ފާހަގަކުރުމުގެ ގޮތުން ފަރުކޮޅުފުށީގައި ކުރިޔަށްދާ ޖޮބް ފެއާއަށް ޒިޔާރަތްކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ފަތުރުވެރިކަމުގެ ދުވަހާއި ގުޅިގެން ކުރިޔަށްދާ މި ޖޮބް ފެއާއަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއް...

އިބްރާހިމް އަސްވާޤް
ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފި

ގޯލްޑެން ފުޓްސަލް ޗެލެންޖް 2019: ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފި

ހުޅުމާލޭ ރެހެންދި ޓާފުގައި ކުރިއަށްދިޔަ ގޯލްޑެން ފުޓްސަލް ޗެލެންޖުގައި މިރޭ ހދ އަތޮޅުގެ ޗެންޕިއަންކަން ނައިވާދޫ ހޯދައިފިއެވެ. ފައިނަލުގައި މަކުނުދޫއާއި ބައްދަލުކުރި މެޗް 5-1 ނަތީޖާއަކުން ކާމިޔާބުކުރީ ނައިވާދޫއެވެ. ނައިވާދޫގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްދީފައިވަނީ ޖާރޒީ ނަންބަރ 8 އަޙްމަދު ހަމީދުއެވެ. މުޙައްމަދު އަސްލަމް (7) އާއި މުޙައްމަދު ނާޝިދު ވަނީ ނައިވާދޫއަށް 2 ގޯލް ކާމިޔާބުކޮށްދީފައެވެ. މަކުނުދޫ ޓީމްގެ ހަމައެކަނި ގޯލް ކާމިޔާބް ކޮށްދިނީ ސައްމޫން އަބްދުﷲ (8) އެވެ. އެންމެ ގިނަގޯލް ޖެހި ކުޅުންތެ...

ހުސައިން ހަބީބް

ހޯރަފުށީ ދާއިރާގެ ރައްޔިތުންނާ ސަލީމް ބައްދަލުކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމް (ސައްލެ)، އެދާއިރާގައި ހިމެނޭ ރަށްތަކުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ކޮންމެ ރަށެއްގައިވެސް ވަކި ވަކިން ބޭއްވެވި މި ބައްދަލުކުރެއްވުންތަކުގައި، ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް، މެންބަރު ވަނީ އޮޅުންފިލުއްވާފައެވެ. ހަމައެހެންމެ، ދާއިރާގެ ރަށްރަށުގެ މުއައްސަސާތަކުގެ ވެރިންނާވެސް، މެންބަރު ސަލީމް ވަނީ ބައްދަލުކުރައްވާފައެވެ. މި ހަފްތާގެ ތެރޭގައި މި ބައްދަލުވުންތައް ކުރިއަށް ގެންދަވާފައިވާއިރު، ހޯރަފުށީ ދާއިރާގައި...

Thiladhun
މުޖުތަމަޢު ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް!

މުޖުތަމަޢު ތަރައްޤީ ކުރުމަށް ބޭނުންވާ ވަސީލަތްތައް!

މުޖުތަމަޢު ތަރައްގީ ކުރުމަށް ބޭނުންވާނެ ވަސީލަތްތައް ދެނެގަތުމަކީ މުޖުތަމަޢު ކުރިއެރުވުމަށް ފަށައިގަތުމުގެ ތެރެއިން ހިމެނިގެންވާކަމެވެ. ސަބަބަކީ ވަސީލައްތައް ދެނެގަނެ އޭގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމެވެ. ވަސީލަތް ހިމެނިގެންވަނީ ހަމައެކަނި ފައިސާއާ މުދަލަކުންނޫނެވެ. މައިގަނޑު ގޮތެއްގައި ވަސީލަތް ބަހާލެވިފައިވަނީ: ގުދުރަތީ ވަސީލަތް، އންސާނީ ވަސީލަތް، މާލީ ވަސީލަތް އަދި އިންސާނުންގެ ބޭނުމަށް އުފައްދައިފައި ހުންނަ ތަފާތު ވަސީލަތް ތަކުގެ މަައްޗަށެވެ. އެއްވަސީލަތަކާ އަނެއްވަސީލަތަކާއި...

Thiladhun

މިނިމަމް ވޭޖާ އެކު ރައްޔިތުން ޓުއަރިޒަމް އާއި މެދު ކުރި އުންމީދު ބަދަލުކުރާނަން: އަލީ ވަހީދު

މިނިމަމް ވޭޖާއި އެކު މިއަންނަ އަހަރު، ރައްޔިތުން ޓުއަރިޒަމް އާއި މެދު ދެކުނު އުންމީދުތައް ބަދަލުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު އައި އިރު އެއްވެސް ލިޔެކިޔުމެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރިހާ ރަށަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދާ ނިމިފައި ވާކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ސެކިޔުރިޓީ ކަންކަން ހުރި […]

Thiladhun