މެލޭޝިއާގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް ބޭނުން ކުރެވޭ ގޮތް ހެދުމަށް އެއްބަސްވުމެއްގައި ސޮއިކުރުމާމެދު ދެ ގައުމުން މަޝްވަރާކޮށްފިއެވެ.
ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރާއެކު ބޭއްވި ބައްދަލުވުމުގައި ވަނީ މި މަޝްވާރަތަށް ކޮށްފައެވެ.
ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓް އެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފި. pic.twitter.com/YvFCSa2vJr
— Ministry of Transport and Civil Aviation (@MoTCAmv) September 29, 2019
ޓްރާންސްޕޯޓު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި ރާއްޖޭގެ ޑްރައިވިން ލައިސަންސް މެލޭޝިއާގައި ބޭނުން ކުރެވޭނެފަދަ މިއުޗުއަލް ރެކޮގްނިޝަން އެގްރީމެންޓެއްގައި ދެ ޤައުމުގެ ދެމެދުގައި ސޮއި ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.
މިއަހަރުގެ ޖެނުއަރީން ފެށިގެން ދިވެހި ލައިސެންސް މެލޭޝިޔާގައި ބޭނޭނުންކުރުން ވަނީ ވަގުތީ ގޮތުން ހުއްޓާލާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!