ނޭޕާލުގެ ވެރިރަށް ކަތަމަންޑޫގައި ކުރިއަށްދާ 18 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި މިއަދު ރާއްޖޭގެ ފުޓްބޯޅަ ޓީމް ބޫޓާން ބަލިކޮށް މުބާރާތުން ބްރޯންޒް މެޑަލް ހޯދައިފިއެވެ.
މިއަދު ކުޅުނު މެޗްގައި ރާއްޖެ އިން ބޫޓާން ބަލިކުރީ 1-0 ގެ ނަތީޖާއަކުންނެވެ. މިއަދުގެ މެޗްގައި ބޫޓާން ކޮޅަށް ލަނޑު ޖެހީ ރާއްޖޭގެ އިބްރާހިމް އިމްރާން އެވެ.
ޒުވާން ޓީމުގެ ކޯޗު ޝާޒްލީ މުހައްމަދު (ޝާޒް) ބުނީ ދިވެހި ޓީމުގެ އަމާޒަކީ ސެމީ އަށް ދަތުރުކުރުން ކަމުގައި ކަމަށާއި ޖުމްލަ ގޮތެއްގައި ރާއްޖޭގެ ޓީމުގެ ފަރާތުން މިދިޔަ ދެ މުބާރާތާއި އަޅާބަލާއިރު މި މުބާރާތުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔަ އެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާ އާއި ބައްދަލުކޮއް 4-0 ގެ ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގެ ސެމީ އަށް ރާއްޖެ ދިޔަ ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ. މީގެ ކުރިން 2015 އަދި 2017 ވަނަ އަހަރު ބޭއްވި ޗެމްޕިއަންޝިޕްގައި ޒުވާން ޓީމު ވަނީ ކުޅުނު ހުރިހާ މެޗަކުންވެސް ބަލިވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!