މިނިމަމް ވޭޖާއި އެކު މިއަންނަ އަހަރު، ރައްޔިތުން ޓުއަރިޒަމް އާއި މެދު ދެކުނު އުންމީދުތައް ބަދަލުކުރާނެ ކަމަށް ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޓުއަރިޒަމް ދުވަސް ފާހަގަކުރުމުގެ ގޮތުން ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، މި ސަރުކާރު އައި އިރު އެއްވެސް ލިޔެކިޔުމެއްވެސް ފެންނަން ނެތް ކަމަށެވެ. އެހެންނަމަވެސް މިހާރު ހުރިހާ ރަށަކާއި ބެހޭ ހުރިހާ މައުލޫމާތެއް ހޯދާ ނިމިފައި ވާކަމަށެވެ. އެގޮތުން ހުރިހާ ރަށެއްގެ ސެކިޔުރިޓީ ކަންކަން ހުރި ގޮތާއި، މަސައްކަތްކުރާ މީހުންގެ ނިސްބަތާއި އަދި ސާވިސް ޗާޖުގެ ގޮތުގައި ދޭ މިންވަރުވެސް ބަލާ ރިކޯޑް ކުރެވިފައިވާ ކަމަށެވެ.

Ad
rt

މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ، މި ހުރިހާ މައުލޫމާތާއި، އަދި މިނިމަމް ވޭޖާއި އެކު، މިއަންނަ އަހަރު، ރާއްޖޭގެ ޓުއަރިޒަމް އާއި މެދު ރައްޔިތުން ދެކެމުން އައި ގޮތް ބަދަލުކުރާނެ ކަމަށެވެ.

މިނިސްޓަރީ އޮފް ޓުއަރިޒަމް އާއި، ރާއްޖޭގެ ދިފާއި ބާރާއި ގުޅިގެން މިދިޔަ ފެބްރުއަރީ މަހު ފެށި އިންސްޕެކްޝަން ނިންމާލާފައިވަނީ މިދިޔަ ހުކުރު ދުވަހުއެވެ.