ނެއްލައިދޫ ސްކޫލުގެ ދަރިވަރުން މަސައްކަތްކުރާ ތަންތަނަށް ޒިޔާރަތްކޮށްފި އެވެ.

ނެއްލައިދޫ ސުކޫލުގެ ގުރޭޑު3 ގެ ދަރިވަރުން، އެރަށު އިންޖީނުގެއަށް އަދި ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސްވެރިކަން ކުރާ ތަންތަނަށް ވަނީ ޒިޔާރަތްކޮށްފައެވެ.

Ad
rt

ނެއްލައިދޫ ސުކޫލުގެ ގުރޭޑު 3 ގެ ދަރިވަރުން މިއަދު އިންޖީނުގެއަށް ޒިރާތަތްކުރީ ޕްރޮޖެކްޓް ބޭސް ލާނިންގ ރިސޯސަސް ތީމް ގެ ދަށުން އިންޖީނުގޭގައި މަސައްކަތް ކުރިޔަށް ދާގޮތް ބެލުމަށެވެ.

އަދި އެ ސުކޫލުގެ ގުރޭޑު 2 ގެ ދަރިވަރުން ލަނޑާ މަސައްކަތް ކުރާ ތަނަށް ޒިޔާރަތްކުރީ ޕްރޮޖެކްޓް ބޭސް ލާނިންގ ރިސޯސަސް ތީމް ގެ ދަށުން ލަނޑާގެ މަސްވެރިކަން ކުރާގޮތާއި ބެހޭގޮތުން މަޢުލޫމާތު ހޯދުމަށެވެ.