މައި ޚަބަރަށް ދިޔުމަށް

ތިލަދުންގެ އަރުޝީފުން ހޯދުން

ފަހުގެ ހޯދުންތައް:
ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި

ގޮތް ދޫކޮށް 4،000 ފްލެޓު ހަވާލު ކުރުމުގެ މަސައްކަތް ހުއްޓާލައިފި

މި ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބިފައިވާ މީހުންނަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީން ހުއްޓާލައިފިއެވެ. ހައުސިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މާލެ ސަރަހައްދުން ފްލެޓު ދޫކުރުމަށްޓަކައި ސަރުކާރުން ހިންގާ ގެދޮރުވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓުތައް ހަވާލު ކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމ...

މުޙައްމަދު
އުތުރު ކޮރެއާއިން އައިއާރުބީއެމްގެ އާ ވައްތަރެއްގެ ސޮލިޑް ފިއުލް އިންޖީނެއް ޓެސްޓްކޮށްފި

އުތުރު ކޮރެއާއިން އައިއާރުބީއެމްގެ އާ ވައްތަރެއްގެ ސޮލިޑް ފިއުލް އިންޖީނެއް ޓެސްޓްކޮށްފި

މަނާކޮށްފައިވާ އިންޓަމީޑިއަޓް ރޭންޖް ބެލިސްޓިކް މިސައިލް (އައިއާރުބީއެމް) ގެ އާ ސޮލިޑް ފިއުލް އިންޖީނެއްގެ ސްޓޭޓިކް ޓެސްޓްތަކެއް އުތުރު ކޮރެއާއިން ކާމިޔާބުކަމާއެކު ކޮށްފިކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާތަކުން ހާމަކޮށްފިއެވެ. އުތުރު ކޮރެއާގެ މީޑިއާތަކުން ހާމަކޮށްފައިވާ ގޮތުގައި އެ ގައުމުގެ އަސްކަރިއްޔާއިން މި ޓެސްޓުތައް ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ހޮނިހިރު އަދި އަންގާރަ ދުވަހުއެވެ. މި ޓެސްޓުތަކުގެ ސަބަބުން އައިއާރުބީއެމް ސިސްޓަމް އިތުރަށް ބާރު ސްޕީޑެއްގައި ތަރައްގީކޮށް ކުރިއެރުވުމަށް އިތ...

މުޙައްމަދު
ހަފުތާ 14: އައިވީއެފް ފަރުވާ އާއި ބޯންމެރޯ ހެދުން ހިލޭ، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް

ހަފުތާ 14: އައިވީއެފް ފަރުވާ އާއި ބޯންމެރޯ ހެދުން ހިލޭ، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް

ހިލޭ ބޯންމެރޯ ޓްރާންސްޕްލާންޓް ހެދޭނެ ގޮތް ހެދުމާއެކު، އައިވީއެފް ފަރުވާ އާސަންދައިން ލިބޭނެ އިންތިޒާމު ހަމަަޖައްސައި، ގެވެށި އަނިޔާ ހުއްޓުވުމަށް ހާއްސަ އިދާރާއެއް ހަމަޖެއްސުމާއެކު ސިއްހީ ދުޅަހެޔޮކަމާއި އޯގާތެރި މުޖުތައު އަކަށް ބޭނުންވާނެ ގިނަ ކަންތައްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ”ހަފްތާ 14”ގެ ނަމުގައި އާންމު ކުރެއްވި މި ޕްލޭންގައި ސިއްހީ ދުޅަހެޔޮކަމާއި އޯގާތ...

ޙުސައިން ޝަހުދީ
ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ނަތީޖާތައް ދައްވެ ޔޫނިއަން ބާލިންގެ ކޯޗް މަގާމުން ވަކިކޮށްފި

ޖަރުމަނު ލީގުގައި ވާދަކުރަމުން އަންނަ ޔޫނިއަން ބާލިންގެ ނަތީޖާތައް ދައްވެ، އެ ޓީމްގެ ކޯޗުގެ މަގާމުގައި ހުރި އާސް ފިޝާ އެ މަގާމުން ވަކިކޮށްފިއެވެ. ފިޝާގެ އިރުޝާދުގެ ދަށުން މި ސީޒަންގައި އެ ޓީމު ނަތީޖާތައް ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. ލީގުގައި 11 މެޗު ކުޅުނު އިރު މޮޅުވީ އެންމެ ދެ މެޗުންނެވެ. ހަ ޕޮއިންޓާއިއެކު މިވަގުތު އެ ޓީމް އޮތީ ތާވަލުގެ ފުލުގައެވެ. ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް އެ ޓީމުން […]

އިބްރާހިމް ޚަލީލް
ނޮޅިވަރަމުން ފަލަސްތީނު ފަންޑަށް 2،00000 އަށްވުރެ ގިނަ ރުފިޔާ

ނޮޅިވަރަމުން ފަލަސްތީނު ފަންޑަށް 2،00000 އަށްވުރެ ގިނަ ރުފިޔާ

އިޒްރޭލު ސިފައިން ފަލަސްތީނުގެ ގާޒާގައި ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ހާލުގައި ޖެހިފައިވާ، ފަލަސްތީނުގެ މުސްލިމުންނަށް އެހީތެރިވުމަށް ބޭނުންވާ ފައިސާ ހޯދުމަށް ހދ.ނޮޅިވަރަމުގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ދެ ލައްކަށްވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. އެ ރަށު މުއައްސަސާތަކާއި ޖަމިއްޔާތަކާއި ޑަބްލިއުޑީސީ ގުޅިގެން އެ ރަށު ހުރިހާ އެންމެން ޝާމިލުވުމާއި ބައިވެރިވުމާއިއެކު ކުރިއަށް ގެންދިޔަ ހަރަކާތްތަކުން ވަނީ ފަލަސްތީނު ފަންޑަށް، 247626.50 (ދެލައްކަ ސާޅީސް ހަތްހާސް ހަސަތޭކަ ސައްބ...

އިބްރާހިމް ޚަލީލް
ހަފުތާ 14: ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު

ހަފުތާ 14: ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒު

ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި، ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖާއި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނައިފިއެވެ. ރޭ ނެރުނު މި ޕްލޭންގައި ދިވެހި ޤައުމީ ތަރިކައިގެ ކޮލެޖު ގާއިމުކުރުމުގެ މަސައްކަތް ފަށަން ހިމަނާފައި އޮތީ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. އަދި ދިވެހި ޤައުމީ ތަރިކަ ދިރާސާ މަރުކަޒު ގާއިމު ކުރުމުގެ މަސައްކަތް ފެށުން ހިމަނާފައި އޮތީ ފުރަތަމަ 9 ހަފުތާގެ ތެރޭގައެވެ. […]

ޔުމްނާ ޢަލީ
ފަލަސްތީނަށް އެހީވާން އެމްޑަބްލިއުއެސްސީން ފަސް ލައްކަ ރުފިޔާ

ފަލަސްތީނަށް އެހީވާން އެމްޑަބްލިއުއެސްސީން ފަސް ލައްކަ ރުފިޔާ

ފަލަސްތީންގެ ޣައްޒާގައިވާ ރައްޔިތުންނަށް އެހީވުމަށް މޯލްޑިވިއަން ރެޑް ކްރެެސެންޓުން ހުޅުވާފައިވާ ފަންޑަށް އެހީވުމުގެ ގޮތުން މޯލްޑިވްސް ވޯޓާ އެންޑް ސެވަރޭޖު ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ފަސްލައްކަ ރުފިޔާ ހަދިޔާކޮށްފިއެވެ. އެމްޑަބްލިއުއެސްސީގެ ހެޑް އޮފީހުގެ ބޭރުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ފަރާތުން ފައިސާގެ އެހީ ހަވާލުކޮށްދެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހްއެވެ. ދިވެހި ރެޑް ކްރެސެންޓުން ހުޅުވާލި ފަންޑު އެ ޖަމިއްޔާއިން ވަނީ ބަންދުކޮށްފައެވެ. ނަމަވެސް ބައެއ...

އަޙްމަދު ވަހީދު
ހަފުތާ 14: ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްފަށައި، ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުން

ހަފުތާ 14: ކުޅުދުއްފުށީ އެއާޕޯޓު ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމަށް މަސައްކަތްފަށައި، ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުން

ހދ. ކުޅުދުއްފުށީ ސިޓީ އެއާޕޯޓު ފަސިންޖަރުންގެ ޓާމިނަލްގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތްތައްފަށައި، މީހުން އުޅޭ ބޮޑެތި ރަށްތަކުގެ މަގު ހަދަން ފެށުންފަދަ ގިނަ އުމުރާނީ މަސައްކަތްތަކެއް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. ރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އާންމު ކުރެއްވި މި ޕްލޭންގައި މި މަސައްކަތް ފަށަން ހިމަނާފައި ވަނީ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައެވެ. މި ޕްލޭންގެ ގެދޮރުވެރިކަމާއި އުމުރާނީ ތ...

ޔުމްނާ ޢަލީ
ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަނީ

ރޮހިންޔާ މުސްލިމުންގެ ހައްގުގައި ހުށަހެޅި މައްސަލައިގެ ތެރެއަށް ރާއްޖެ ވަންނަނީ

މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވާން ރާއްޖެ އިން ހުށަހަޅައިފިއެވެ. މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާ ސަރުކާރުން އައިސީޖޭ އަށް މައްސަލައެއް ހުށަހެޅީ ނޮވެމްބަރު 11، 2019 ގައެވެ. އެ މައްސަލައިގައ،ި މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހ...

މުޙައްމަދު
ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ފްލެޓު ދޫކުރުމުގެ ހުރިހާ ކަމެއް ހުއްޓާލަން އޭސީސީން އަންގައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ “ގެދޮރުވެރިޔާ” މަޝްރޫއުގެ ދަށުން ފްލެޓް ލިބޭ 4،000 މީހުންގެ ދާއިމީ ލިސްޓާ އެއްގޮތަށް ފްލެޓު ދޫކުރުމުގެ ހުރިހާ މަސައްކަތެއް ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހައުސިން މިނިސްޓްރީ އަށް މިރޭ އަންގައިފިއެވެ. އޭސީސީން އެގޮތަށް އެންގި އިރު، ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހު ކަމަށް ބުނެ، ހައުސިން މިނިސްޓްރީން ވަނީ ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު […]

މުޙައްމަދު
ހަފުތާ 14: ރަށްރަށުގެ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން

ހަފުތާ 14: ރަށްރަށުގެ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން

ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ ޕްލޭންގައި ހިމަނައިފިއެވެ. މި ޕްލޭން އާންމުކުރެއްވީ މިރޭ މާލޭގެ ދަރުބާރުގޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ޕްލޭންގައި މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 4 ހަފުތާގެ ތެރޭގައި ރަށްރަށުގައި އަސާސީ ބޯހިޔާވަހިކަމަށް ދޫކޮށްފައިވާ ފްލެޓްތަކާއި ރޯހައުސްތަކަށް މަހުން މަހަށް ދައްކަންޖެހޭ އަދަދު ކުޑަކުރުނ...

ޔުމްނާ ޢަލީ
ހަފުތާ 14: ބޭރު ސިފައިން ބޭލުމާއި ކަނޑުން ގެއްލުނުބައި ހޯދުން

ހަފުތާ 14: ބޭރު ސިފައިން ބޭލުމާއި ކަނޑުން ގެއްލުނުބައި ހޯދުން

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ދުވަހުގެ ޕްލޭން މިރޭ އިފްތިތާޙްކޮށްފިއެވެ. މާލޭގެ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި “ހަފުތާ 14″ ގެ ނަމުގައި ނެރުނު މި ޕްލޭންގައި ”މިނިވަންކަމާއި ސިޔާދަތު”ގެ ބައިގައި، ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭގައި ތިބި ބޭރުގެ ސިފައިން ބޭލުމުގެ މަސައްކަތް ފެށުން ހިމަނާފަވެއެވެ. މިބައިގައި ދެވަނަ ކަމެއްގެ ގޮތުގައި ހިމަނާފައި ވަނީ، ނިމިދިޔަ ސަރުކާރުން އެހެން ޤައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގައި ރާއްޖޭގެ މިނިވަންކަމާ...

ޔުމްނާ ޢަލީ
އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާދީ ޕާޓީން ވަކިވެއްޖެ

އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާދީ ޕާޓީން ވަކިވެއްޖެ

ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ އެއް ނައިބު ލީޑަރުކަމުގެ މަގާމުގައި ހުންނެވި އިގްބާލް އާދަމް އެ މަގާމުން އިސްތިއުފާ ދެއްވައި އެ ޕާޓީން ވަކިވެއްޖެއެވެ. އިގްބާލް މަގާމުން އިސްތިއުފާ ދެއްވައި ޖޭޕީން ވަކިވެފައިވާކަން އެ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހްމަދު ‘’ތިލަދުން’’ އަށް ކަށަވަރުކޮށް ދެއްވިއެވެ. އިގްބާލު ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ ދެއްވައި، އެ ޕާޓީން ވަކިވި ކަމުގެ ސިޓީ ޖޭޕީ އަށް ފޮނުވާފައި ވަނީ މިއަދު އެވެ. އިގްބާލް ޖޭޕީގެ ނައިބު ލީޑަރުކަމުން އިސްތިއުފާ […]

ޔުމްނާ ޢަލީ
ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު އިސްތިއުފާ ދެއްވަނީ

ކޮމިޝަނާ އޮފް ޕްރިޒަންސް އަހުމަދު އިސްތިއުފާ ދެއްވަނީ

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމުން އަހުމަދު މުހައްމަދުފުޅު އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. އަހުމަދު، ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް އައްޔަން ކުރައްވާފައި ވަނީ ޖެނުއަރީ 21، 2020 ގައެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ އިންސްޕެކްޓާ އޮފް ޕްރިޒްންސްގެ މަގާމުގައެވެ. އޭނާ ވަނީ ހިއުމަން ރައިޓްްސް ކޮމިޝަންގެ ޑިރެކްޓާ އޮފް ނެޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ މަގާމު ވެސް އަދާކުރައްވައިފައެވެ. އަހުމަދު މީޑީއާތަކަށް މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ކޮމިޝަނާ އޮފް ޕްރި...

މުޙައްމަދު
4،000 ފްލެޓުގެ ދާއިމީ ލިސްޓު އަލުން ނެރެ، ފްލެޓުގެ އަގުތައް އާންމުކޮށްފި

4،000 ފްލެޓުގެ ދާއިމީ ލިސްޓު އަލުން ނެރެ، ފްލެޓުގެ އަގުތައް އާންމުކޮށްފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ސަރުކާރުގެ “ގެދޮރުވެރިޔާ” ސްކީމްގެ ދަށުން 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށް، ފްލެޓުތައް ދޫކުރާ އަގުތައް އާންމުކޮށްފިއެވެ. ހައުސިން މިނިސްޓްރީން މިރޭ ގެޒެޓް ކުރި އިއުލާންގައި ބުނި ގޮތުގައި ދާއިމީ ލިސްޓު އެކުލަވާލީ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ބެލުމަށް ފަހުއެވެ. ލިސްޓަށް އައި ބަދަލާއެކު ފުރަތަމަ ބުރުގައި ތިން ކޮޓަރީގެ ފްލެޓު ލިބޭ 76 އިން ފެށިގެން މަތިން […]

މުޙައްމަދު