ރާއްޖެ އެއްގަމު ލައިސަންސްގެ ތިއަރީ އިމްތިހާނު ހަދާ ސެންޓަރަކަށް ޕޮލިޓެކްނިކް އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ. މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ އަދީބާއި ޒިޔަތަށް މާފު ދިނުން ބަލައެއް ނުގަންނަން: އަދާލަތު މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ބޮޑު ހިޔާނާތާ ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބުދުލް ޣަފޫރާއި، އެމްއެމްޕީއާރުސީގެ އޭރުގެ މެނޭޖިމް ޑިރެކްޓަރު އަބްދުﷲ ޒިޔަތު އަށް ރައީސް އިބްރާޙީމް މުޙައްމަދު ޞާލިޙް މަޢާފު ދެއްވުމުން މިނިވަންވެފައިވާއިރު އެކަން ބަލައި ނުގަންނަ ކަމަށް އަދާލަތު ޕާޓީ (އޭޕީ) އިން މިރޭ ބުނެފިއެވެ. އަދީބާއި، ޒިޔަތަށް ރައީސް ދެއްވި މާފާއެކު އިއްޔެ އެ ދެ މީހުން ވަނީ މިނިވަން […] ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ މާކަނޑުގެ ދިރުންތައް ރައްކާތެރިކުރުމުގެ މުއާހަދާގައި ރާއްޖެ ބައިވަނީ މާކަނޑުގެ ދިރުންތަކާއި ސަރަހައްދުތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމާއި، އަދި ދެމެހެއްޓެނިވިގޮތުގައި ބޭނުން ކުރުމަށް އެކުވެރި ދައުލަތްތައް (އދ) އިން އެކުލަވާލާފައިވާ މުއާހަދާގައި ބައިވެރިވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ނިންމަވައިފިއެވެ. މި މުއާހަދާ އަކީ “އެގްރީމަންޓް އަންޑަރ ދަ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ އޮން ދަ ކޮންޒަވޭޝަން އެންޑް ސަސްޓެއިނަބަލް ޔޫޒް އޮފް މެރިން ބައޮލޮޖިކަލް ޑައިވަރސިޓީ އޮފް އޭރ... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ފިނޭންސްގެ ފުރަތަމަ ފަންގިފިލާ މަރްޙޫމް މުޖުތަބާގެ ހަނދާނަށް ހާއްސަކޮށްފި މިނިސްޓްރީ އޮފް ފިނޭންސްގެ ފުރަތަމަ ފަންގިފިލާ އެ މިނިސްޓްރީގެކުރީގެ ޗީފް ޕްރޮކިއުމަންޓް އެގްޒެކެޓިވް އަލްމަރްޙޫމް އަޙްމަދު މުޖުތަބާގެ ހަނދާނަށް ޙާއްޞަ ކޮށްފިއެވެ. މުޖުތަބާ ކުއްލި ގޮތަކަށް ނިޔާވީ 29 ޖުލައި 2022 ގައެވެ. އޭނާ ނިޔާވީ އޭނާގެ އުފަން ރަށް ގއ. ދެއްވަދޫގައި ޗުއްޓީ ހޭދަކުރެއްވުމަށް ހުންނަވަނިކޮށް ކުއްލި ގޮތަކަށް ބަލިވެ، ހާލު ދެރަވުމާގުޅިގެން ފަރުވާއަށް މާލެގެނެސް އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށެވެ. ފިނޭންސް މިނިސްޓްރީން މިއަދު ވިދާޅުވީ، އަލްމަރުޙޫމް އަޙްމަދު މުޖުތަބާ އެ މިނިސްޓްރ... ޙުސައިން ޝަހުދީ · 2 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ށ. ފުނަދޫ ރައްޔިތުންގެ ފަރާތުން ފަލަސްތީނަށް އެހީވުމަށް 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހޯދައިފިއެވެ. ފަލަސްޠީނަށް އެހީވުމަށްޓަކައި ފަންޑު ހޯދުމަށް ފުނަދޫ ކައުންސިލުން އިސްނަގައިގެން އެރަށުގެ މުއައްސަސާތަކާއި ކުލަބު ޖަމްއިއްޔާތަކާއި އަދި ފުނަދޫ ރައްޔިތުންނާއި ގުޅިގެން ވަނީ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ. 28 އޮކްޓޫބަރ އިންން ނޮވެމްބަރ 04 އަށް ހިންގި މި ހަރަކާތްތަކުން ޖުމްލަ 300،226.02 ލިބިފައިވާކަމަށް ފުނަދޫ ކައުންސިލުން ހާމަކުރައްވާފައިވެއެވެ. މި ހަރަކާތްތަކުގެ ތެރެއިން އެންމެ ބޮޑު ޢަދަދެއް ލިބި... ޔުމްނާ ޢަލީ · 2 އަހަރު ކުރިން
ރާއްޖެ ޓެގް އެޅުވުމަށްފަހު ލަމްހާ ބަންދުން ދޫކުރަން އެދެފި އައިޖީއެމްއެޗްގައި މަސައްކަތްކުރި މޭރީ ގްރޭސްގެ މަރާލި މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާގެ ފައިގައި ޓެގް އެޅުވުމަށްފަހު ބަންދުން ދޫކޮށްދޭން އޭނާގެ ފަރާތުން ކްރިމިނަލް ކޯޓުގައި މިއަދު އެދެފި އެވެ. އޮކްޓޫބަރު، 2021 ގައި އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ މަރާލި ކަމަށް ބުނެ އޭނާގެ ފިރިމީހާ މާވިންގެ މައްޗަށް ދައުވާ ކުރާއިރު ލަމްހާގެ މައްޗަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ. އެ ދެ މީހުން ތިބީ ޝަރީއަތް ނިމެންދެން ބަންދު ކޮށްފަ […] ހުސައިން ހަބީބް · 2 އަހަރު ކުރިން
މަޖިލިސް ނަޝީދަށް ތާރީހީ ދުވަހެއް، ފުރަތަމަ ވެސް ނިޒާމީ ނުކުތާއެއް! އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ރައްޔިތުންގެ މަޖިލިހަށް ވަޑައިގެންނެވުމުން، އަމީރު ޝަރީއަތަށް ފޮނުވަން ޖެހޭނެ ކަމަށް ވިދާޅުވެ، މަޖިލިހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމީރަށް މިއަދު ފާޑު ވިދާޅުވެއްޖެއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައި އޮތީ ސަރުކާރުން މަޖިލިހަށް ފޮނުވި 6.5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓާއި އަންނަ އަހަރަށް ލަފާކޮށް މަޖިލިހަށް ހުށަހެޅި 49.5 ބިލިއަން ރުފިޔާގެ ބަޖެ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ 8 ކުންފުނީގެ އެމްޑީންނަށް ތިއްބަވާނީ އަންހެނުން: މުއިއްޒު އާ ސަރުކާރުގެ އަށް ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނަށް ތިއްބަވާނީ އަންހެނުން ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. “ނޫސްވެރިންގެ ގުންޒަރު” ނަމުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ބައްދަލުވުމެއްގައި މުއިއްޒު ވިދާޅުވީ ކެމްޕެއިން ތެރޭގައި ވައުދުވެވަޑައިގެންނެވި އެއް ކަމަކީ ސަރުކާރުގެ ތެރޭގައި އަންހެނުންގެ ހިއްސާ ބޮޑު ކުރާނެ ވާހަކަ ކަމަށެވެ. އެގޮތުން މިފަހަރު ދައުލަތު މީޑިއާ ކުންފުނި، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރަކަށް ވަޑައިގަންނަވާނީ އަންހެ... މުޙައްމަދު · 3 އަހަރު ކުރިން
ތިލަދުންމަތީ ޚަބަރު ކުޅުދުއްފުށީ ޢަބުދުﷲ ގެއްލުނުތާ 12 ދުވަސް، އަދިވެސް ނުފެނޭ ގެއްލިގެން ހޯދަމުން ދާ ހދ. ކުޅުދުއްފުށި ސިޓީ / ލަންދޫގެ، އަބްދުﷲ އިބްރާހިމް، އަދި ވެސް ނުފެންނަ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އުމުރުން 39 އަހަރުގެ އަބުދުﷲ އިބްރާހިމް އާއިލާއަށް ޚަބަރެއްނުވެ ގެއްލިފައިވާ ކަމަށް ފުލުހުންނަ ރިޕޯޓުކޮށްފައި ވަނީ މި ނޮވެމްބަރު 3 ވަނަ ދުވަހު އެވެ. އެދުވަހުން ފެށިގެން ފުލުހުން ގެންދަވަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ. އަދި އެދުވަހު ފުލުހުން ވަނީ އެކަމުގައި އާންމުންގެ އެހީތެރިކަމަށް ވެސް އެދިލައްވާފަ ވެއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ 2024 ވަނަ އަހަރުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅައިފި 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ. މި ދެ ބަޖެޓު ހުށަހެޅުމުގެ ޖަލްސާ އެޖެންޑާކޮށްފައި އޮތީ މިއަދު ހެނދުނު 9:00 އަށެވެ. ރިޔާސަތުން މަޖިލީހުގެ ރައީސް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް ޖަލްސާ ފެއްޓެވުމަށްފަހު ފިނޭންސް މިނިސްޓަރު އިބްރާޙީމް އަމީރަށް ފުރަތަމަ ފުރުސަތު އެރުވީ މިއަހަރުގެ ސަޕްލިމަންޓްރީ ބަޖެޓު މަޖިލީހަށް ހުށަހަޅާށެވެ. މި ފުރުސަތާއެކު މަޖިލީހުގެ ޑިމޮކްރެޓިކްސްގެ މެންބަރުން ކަމަށްވާ މެދު ހެ... ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
މަޖިލިސް އަޅުގަނޑުގެ ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރާނަން: އަސްލަމް ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިހުގެ ބާކީ މިއޮތް މުއްދަތަކީ އުފެއްދުންތެރި ދުވަސްތަކަކަށް ހެދުމަށް އެމަނިކުފާނުގެ ގާބިލިއްޔަތާއި ލަޔާގަތު ތަންދިން އެންމެ މަތީ މިންވަރެއްގައި މަސައްކަތް ކުރައްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ރޭ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމަށް އަސްލަމް އިންތިހާބު ކުރީ އެ މަގާމުގައި ކުރިން ހުންނެވި މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އަސްލަމް މަޖިލިހުގެ ރަ... މުޙައްމަދު · 3 އަހަރު ކުރިން
ރާއްޖެ މީޑިއާތަކަށް ހާއްސަ ވިލެޖެއް ތަރައްގީކޮށްދޭނަން: މުޢިއްޒު ދިވެހި ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީޑިއާތަކަށް ހާއްސަ މީޑިއާާ ވިލެޖެއް ތަރައްގީކުރުމަކީ އައު ސަރުކާރުގެ ވިސްނުމެއްކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ވަނީ ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ބައްދަލުވުމެއް ބާއްވާފައެވެ. މި ބައްދަލުވުމަކީ އިންތިޚާބީ ރައީސް ޑރ. މުޢިއްޒާއި، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު، ނޫސްވެރިންނާ ބައްދަލުކޮށްލެއް... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
ރާއްޖެ މަޖިލީހުގެ އާ ރައީސާއެކު ބަޖެޓް މަސައްކަތް މިއަދު ފަށަނީ އަންނަ 2024 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާއި، 2023 ވަނަ އަހަރުގެ ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުން މިއަދުގެ މަޖިލީހުގެ ޖަލްސާ އަށް އެޖެންޑާކޮށްފިއެވެ. މި ދެކަންތައް ކުރީގެ ބައެއް ޖަލްސާތަކަށް ވެސް އެޖެންޑާ ކުރިނަމަވެސް އެއިރު ހުށަހެޅިފައި އޮތް މަޖިލީހުގެ ރައީސްގެ އިތުބާރުނެތް ކަމުގެ މައްސަލައަށް ގޮތެއް ނުނިމޭތީ މި މަސައްކަތްތައް އޮތީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ. ނަމަވެސް މަޖިލީހުގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދު އިއްޔެ ހަވީރު އިސްތިއުފާ ދެއްވުމުން ރޭ 10:00 ޖަހާއިރު ފެށި... ޙުސައިން ޝަހުދީ · 3 އަހަރު ކުރިން
ރާއްޖެ ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު ފަހިކޮށްދޭނަން: މުޢިއްޒު އެމަނިކުފާނުގެ ސަރުކާރުގައި ނޫސްވެރިކަމުގެ ރޮނގުން ހިލޭ ކިޔެވޭނެ ސްކޮލާޝިޕްގެ ފުރުސަތު، ނޫސްވެރިންނަށް ފަހިކޮށްދެއްވާނެ ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ވިދާޅުވެއްޖެއެވެ. އިންތިޚާބީ ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ ނޫސްވެރިންނާއެކު ރޭ މާލޭ ސޯސަލް ސެންޓަރުގައި ބޭއްވި ބައްދަލުކޮށްލެއްވުމެއްގައެވެ. ”ނޫސްވެރިންގެ ގުންޒަރު”ގެ ނަމުގައި ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި އިންތިޚާބީ ރައީސްގެ އިތުރުން، އިންތިޚާބީ ނައިބު ރައީސް ހުސައިން މުޙައްމަދު ލަތީފާއި، އައު ސަރުކާރުގެ ކެބިނެޓާއި... ޔުމްނާ ޢަލީ · 3 އަހަރު ކުރިން
މަޖިލިސް މަޖިލީހުގެ ރައީސަކަށް އަސްލަމް އިންތިޚާބުކޮށްފި ރައްޔިތުންގެ މަޖިލިސްގެ ރައީސްގެ މަގާމަށް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް މިރޭ އިންތިޚާބު ކޮށްފިއެވެ. މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީގެ ޕީޖީ ލީޑަރަކަށް ހުންނެވި އަސްލަމް އިންތިޚާބު ކުރީ މިރޭ 22:00 ގައި އެކަމަށް ފެށި މަޖިލީހުގެ ޖަލްސާގައެވެ. މަޖިލީހުގެ ރައީސަކު އިންތިޚާބު ކުރަން ނަން ހުށަހަޅަން ރިޔާސަތުން ހުޅުވާލުމުން އެމްޑީޕީން އަސްލަމްގެ ނަން ހުށަހަޅާފައިވާއިރު، ޑިމޮކްރެޓްސް އިން ވަނީ މެދު ހެންވޭރު ދާއިރާގެ އަލީ އާޒިމްގެ ނަން ހުށަހަޅައިފަ އެވެ. މި އިންތިޚާބުގައި […] ޔުމްނާ ޢަލީ · 3 އަހަރު ކުރިން