އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު މާލެ ސަރަހައްދުގައި ހަދާ ސެންޓަރެއް ގޮތުގައި ޕޮލިޓެކްނިކް ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނުން މިއަދު ވިދާޅުވީ، އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ޚިދުމަތްތަކުގެ ތެރެއިން އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސްގެ ތިއަރީ އިމްތިހާނު، މޯލްޑިވްސް ޕޮލިޓެކްނިކްއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.

Ad
rt

އެތަނުން މި އިމްތިހާނު ހަދަން ފަށާނީ 15 ނޮވެމްބަރ 2023 ވަނަ ދުވަހު މާދަމާ) އިން ފެށިގެން ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންކަމުން މާދަމާއިން ފެށިގެން ގްރޭޓާ މާލެއިން މިޚިދުމަތަށް އެދި ސަވާރީ އިންފްމޭޝަން މެނޭޖްމަންޓް ސިސްޓަމް (ސިމްސް) އިން ހުށައަޅުއްވާއިރު ތިއަރީ ހަދާ ސެންޓަރެއްގެ ގޮތުގައި މޯލްޑިވްސް ޕޮލިޓެކްނިކް ނެއްގެވުމަށް ޓްރާންސްޕޯޓުން ވަނީ އެދިލައްވާފައެވެ.