މިޔަންމާގައި ދިރިއުޅޭ ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް އެ ގައުމުގައި ހިންގާ ގަތުލުއާންމު ހުއްޓުވުމަށް، އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ހުށަހަޅާފައިވާ މައްސަލައަށް ތަދައްހުލުވާން ރާއްޖެ އިން ހުށަހަޅައިފިއެވެ.

މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާ އިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާ ސަރުކާރުން އައިސީޖޭ އަށް މައްސަލައެއް ހުށަހެޅީ ނޮވެމްބަރު 11، 2019 ގައެވެ.

Ad
rt

އެ މައްސަލައިގައ،ި މިޔަންމާގެ ރާކީން ސްޓޭޓްގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް 2016 ވަނަ އަހަރުން ފެށިގެން އެ ގައުމުގެ ސިފައިންނާއި އެހެން ފަރާތްތަކުން ހިންގަމުން އަންނަ އަމަލުތަކަކ،ީ 1948 ވަނަ އަހަރުގެ ޖެނޮސައިޑް ކޮންވެންޝަނާ ހިލާފު އަމަލުތަކެއް ކަމަށް ވަނީ ހުށަހަޅައިފައެވެ.

މިޔަންމާގައި ރޮހިންޔާ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކާ ގުޅިގެން ރާއްޖެ އިން 2017 ވަނަ އަހަރު ވަނީ އެ ގައުމާއެކު ވިޔަފާރީގެ ހުރިހާ ގުޅުމެއް ކަނޑާލައިފައެވެ. އަދި މި މައްސަލައާ ގުޅޭ ގިނަ ރެޒޮލިއުޝަންތަކެއް ކޯ-ސްޕޮންސާކޮށް އދ.ގެ އާންމު މަޖިލީހާއި ހިއުމަން ރައިޓްސް ކައުންސިލަށް ރާއްޖެއިން ހުށަހެޅިއެވެ.

މިޔަންމާއާ ދެކޮޅަށް ގެމްބިއާ އިން އައިސީޖޭ އަށް ހުށަހެޅި މައްސަލަ އަށް ރާއްޖެ އިން ތަދައްހުލުވާން ފޮރިން މިނިސްޓްރީން ވަޒީރުންގެ މަޖިލިހަށް ހުށަހެޅުމުން އެ މައްސަލަ އަށް ރާއްޖެ އިން ތަދައްހުލުވުމަށް ވަޒީރުންގެ މަޖިލިހުން ނިންމާފައި ވަނީ ފެބްރުއަރީ 18، 2020 ގައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލައަށް ތަދައްހުލުވާނެކަމަށް އިއުލާނުކޮށްފައިވާ އިތުރު ހަ ގައުމަކާ ރާއްޖެއިން ވެސް ގުޅިގެން އެކަމަށް ބޭނުންވާ ލިޔެކިޔުންތައް މިއަދު ހުށަހަޅާފައިވާ ކަމަށެވެ. ރާއްޖޭގެ އިންޓަވެންޝަން މައިގަނޑު ގޮތެއްގައި ބިނާކޮށްފައިވަނީ ޖެނޮސައިޑް ކޮންވެންޝަންގެ ދަށުން "ޑިއުޓީ ޓު ޕަނިޝް ޖެނޮސައިޑް" މާނަކޮށްފައިވާ ގޮތުގެ މައްޗަށް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލާގައި ރާއްޖެ ތަމްސީލުކުރުމަށް އައްޔަންކޮށްފައިވާ ބައިނަލްއަގުވާމީ ވަކީލުންގެ ޓީމުގައި ހިމެނެނ،ީ އިނގިރޭސިވިލާތުގެ ޑައުޓީ ސްޓްރީޓް ޗޭމްބާސްގެ ވަކީލު އަމާލް ކްލޫނީ އާއ،ި އިނގިރޭސިވިލާތުގެ ޓްވެންޓީ އެސެކްސްގެ ވަކީލު ޕްރޮފެސަރު ފިލީޕާ ވެބް ކަމަށް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ބުންޏެވެ.