📍 ށ. ޅައިމަގު
ޓެސްޓު ހަދަން އެހެން ރަށްރަށަށް ދިއުން ނިމުމަކަށް، ޅައިމަގުގައި ލެބޯޓަރީގެ ޚިދުމަތް ފަށައިފި
ށ. ޅައިމަގު ޞިއްޙީ މަރުކަޒުގައި ލެބޯޓަރީގެ ޚިދުމަތް ރަސްމީކޮށް މިއަދު ފަށައިފިއެވެ. މި ޚިދުމަތް އެ ރަށުގައި ރަސްމީކޮށް ފައްޓަވައިދެއްވީ ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާއި ބެހޭ ވަޒީރު ޤީލާ ޢަލީއެވެ. ޅައިމަގު ޞިއްޙީ މަރުކަޒުގައި މި ޚިދުމަތް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި، ވަޒީރު ޤީލާ ޢަލީގެ އިތުރުން ޞިއްޙީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޅައިމަގު ކައުންސިލްގެ އިސްވެރިންނާއި، އެ ރަށު ޞިއްޙީ މަރުކަޒުގެ އިސްވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވ...