ށ. އަތޮޅު ކައުންސިލުން ދޭ ވިޔަވަތި އިނާމަށް ނަން ހުށަހަޅަން ހުޅުވާލައިފި
މިލަދުންމަޑުލު ދެކުނުބުރީ ކައުންސިލުން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ “ވިޔަވަތި އިނާމަށް” ނަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މި އަހަރު މި އިނާމަށް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ހުޅުވާލާފައިވާއިރު، އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގިނަ ދާއިރާތަކަކުން ފާހަގަކޮށްލެވޭ އަދި ޚިދުމަތްތެރި ފަރާތްތަކަށް އިނާމު ދިނުމަށް ހަމަޖެހިފައިވާކަމަށް ށ. އަތޮޅުން ކައުންސިލުން ވަނީ ހާމަކުރައްވާފައެވެ. އެކައުންސިލުން ހާމަކުރައްވާފައިވާ ގޮތުގައި މި އިނާމަކީ އެއަތޮޅުގެ ސްކޫލު މަދަރުސާތަކ...