މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ށ. މިލަންދޫ (228 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
228 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

މިލަންދޫގެ އެންމެ ފަހުގެ ޚަބަރުތައް

228 ޚަބަރުގެ ތެރެއިން
ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް 📍 ށ. މިލަންދޫ

ޔޫއާރުއޭ އިން މިލަންދޫގައި ހާއްސަ މައުލޫމާތު ސެޝަނެއް

އާންމު ބޭނުންތަކުގެ ހިދުމަތްތައް ރެގިއުލޭޓުކުރުމާ ގުޅޭގޮތުންނާއި، އެ ހިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުމުގެ ހާއްސަ މައުލޫމާތު ސެޝަނެއް ށ. މިލަންދޫގައި ކުރިއަށް ގެންގޮސްފިއެވެ. މި ސެޝަނަކީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރުއޭ) އާއި ށ. މިލަންދޫ ކައުންސިލްގެ އިތުރުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ. ޔޫއާރުއޭ އިން މައުލޫމާތު ދެއްވާ ގޮތުގައި މި ސެޝަންގައި، އާންމު ބޭނުންތަކުގެ ހިދުމަތް...

ފާތިމަތު ސަޙާ
މިލަންދޫގައި ގަސް ހައްދާ ނާސަރީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ 📍 ށ. މިލަންދޫ

މިލަންދޫގައި ގަސް ހައްދާ ނާސަރީއެއް ހަދައިދޭނެ ބަޔަކު ހޯދަނީ

ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމްގެ ދަށުން، ށ. މިލަންދޫގައި ގަސް ހައްދާ ނާރސަރީއެއް ޤާއިމްކުރުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިލަންދޫ ކައުންސިލްގެ އިދާރާއިން ބީލަމަށް ހުޅުވާލައިފިއެވެ. މިއީ މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީން ކުރިއަށް ގެންދާ ޚާއްޞަ ޕްރޮގްރާމެކެވެ. މި ކަމާގުޅިގެން ކައުންސިލުން އާންމު ކޮށްފައިވާ އިޢުލާނުގައި ބަޔާންކޮށްފައިވަނީ، މި މަސައްކަތަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ރާއްޖޭގައި ޤާނޫނީގޮތުން...

ފާތިމަތު ސަޙާ
މިލަންދޫ 'މަންފާ ދަތުރު'ގެ ޢުމްރާ ނަސީބުވެރިޔަކަށް 9 އަހަރުގެ އަޔާސް 📍 ށ. މިލަންދޫ

މިލަންދޫ 'މަންފާ ދަތުރު'ގެ ޢުމްރާ ނަސީބުވެރިޔަކަށް 9 އަހަރުގެ އަޔާސް

ށ. މިލަންދޫގައި ކުރިއަށްދިޔަ “މަންފާ ދަތުރު”ގެ ހުރިހާ ހަރަކާތެއްގައި ބައިވެރިވެ، ޢުމްރާ ދަތުރުގެ ނަސީބުވެރިޔަކަށް އެ ރަށު ލައިކް، އުމުރުން 9 އަހަރުގެ އަޔާސް ހޮވިއްޖެއެވެ.  މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް އެ ރަށު ކައުންސިލުން މަޢުލޫމާތު ދެއެވެ. މި ފޯރަމަކީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާ އަދި އެ ރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އތމ) ގުޅިގެން މަންފާ ޖަމްޢިއްޔާގެ ފަރާތުން […]

ފާތިމަތު ސަޙާ
މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި 📍 ށ. ފޯކައިދޫ

މިލަންދޫ އާއި ފޯކައިދޫ އިސްލާމީ މަރުކަޒުގެ އެންމެ ފަހުގެ އަދާހަމަ ދީފި

ށ. އަތޮޅު މިލަންދުއާއި ފޯކައިދޫގައި ތަރައްޤީކުރަމުން އަންނަ އިސްލާމީ މަރުކަޒުތަކުގެ މަސައްކަތްތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. އެ ވުޒާރާއިން ބުނި ގޮތުގައި، މިލަންދޫ އިސްލާމީ މަރުކަޒުގެ މުންނާރުގެ ފުރަތަމަ ސްލެބް އަދި އާރްސީ ވޯލް ފޯމްވޯކާއި ރީއިންފޯސްމަންޓް މަސައްކަތްތައް މިހާރު ދަނީ ކުރިއަށެވެ. އަދި ފޯކައިދޫ އިސްލާމީ މަރުކަޒުގައި މިހާރު ކުރިއަށްދަނީ ފައުންޑޭޝަން ބީމް ޝަޓަރިން އަދި ރީއިންފޯސްމަންޓުގެ މަސައްކަތްތަކެވެ. ފޯކައިދޫ އިސް...

ޔުމްނާ ޢަލީ
ދޮރުން ދޮރަށް ދަރުހާއި އަންހެނުންގެ ފޯރަމް: މަންފާގެ މިލަންދޫ ޕްރޮގްރާމްތަކުގައި ބައިވެރިވާން ނަންނޯޓު ކުރަން ފަށައިފި 📍 ށ. މިލަންދޫ

ދޮރުން ދޮރަށް ދަރުހާއި އަންހެނުންގެ ފޯރަމް: މަންފާގެ މިލަންދޫ ޕްރޮގްރާމްތަކުގައި ބައިވެރިވާން ނަންނޯޓު ކުރަން ފަށައިފި

މަންފާ ޖަމްޢިއްޔާއިން ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ހިމެނޭ ބައެއް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓު ކުރަން ފަށައިފިއެވެ. މަންފާ ޖަމްޢިއްޔާގެ މިލަންދޫ ދަތުރު ކުރިއަށް ގެންދަނީ އެރަށު ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެންނެވެ. މި ދަތުރުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު އެ ޖަމްޢިއްޔާއިން މިލަންދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ އަންހެނުންގެ ފޯރަމްގައި ބައިވެރިވުމަށް މިހ...

ފާތިމަތު ސަޙާ
އަލީ ރަމީޒާއި ޢިލްމުވެރިންނާއެކު "މަންފާ ދަތުރު" މިލަންދޫއަށް، ބައިވެރިންގެ ތެރެއިން މީހަކަށް ޢުމްރާ ދަތުރެއް 📍 ށ. މިލަންދޫ

އަލީ ރަމީޒާއި ޢިލްމުވެރިންނާއެކު "މަންފާ ދަތުރު" މިލަންދޫއަށް، ބައިވެރިންގެ ތެރެއިން މީހަކަށް ޢުމްރާ ދަތުރެއް

ރާއްްޖޭގައި ދީނީ ޢިލްމު ފެތުރުމުގައި ބޮޑު ދައުރެއް އަދާކުރަމުން އަންނަ މަންފާ ޖަމުއިއްޔާއިން ކުރިއަށް ގެންދާ “މަންފާ ދަތުރު” ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިއްޖެއެވެ. މިއީ މިލަންދޫ ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެން ކުރިއަށް ގެންދާ ދީނީ ފޯރަމެކެވެ. މި ދަތުރުގެ ހަރަކާތްތައް ކުރިއަށް ގެންދަވާނީ، މަންފާ އެކަޑަމީގެ ޗެއާމަން އަލް އަޚް ޢަލީ ރަމީޒާއި، އައްޝައިޙް އަޙްމަދު މިޞްބާޙްގެ އިތުރުން އައްޝައިޙް ޙަސަން ޒިޔާނެވެ. މި ހިނގާ އޮކްޓޯބަރ މަހުގެ 8 އަދި […]

ފާތިމަތު ސަޙާ
މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި 📍 ށ. މިލަންދޫ

މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފި

ށ. މިލަންދޫގައި ކުރިއަށް ގެންދިޔަ ބެޑްމިންޓަން އަމްޕަޔަރު ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ކޯހެކެވެ. މިލަންދޫ ކައުންސިލް ރައީސް އިބްރާހީމް ނިހާދް “ތިލަދުން”އަށް ވިދާޅުވީ މިލަންދޫއަކީ ބެޑްމިންޓަންގެ ފާހަގަކޮށްލެވޭ ރަށަކަށްވުމާއެކު، ކުރިއަށް އޮތް ތަނުގައި މި ކުޅިވަރަށް ދެވޭ އަހައްމިއް...

ފާތިމަތު ސަޙާ
ނަފްސާނީ ދުޅަހެޔޮކަމާއި ''ނޫނެކޭ'' ބުނަން ދަސްކޮށްދޭން މިލަންދޫގައި ޚާއްޞަ ސެޝަންތަކެއް 📍 ށ. މިލަންދޫ

ނަފްސާނީ ދުޅަހެޔޮކަމާއި ''ނޫނެކޭ'' ބުނަން ދަސްކޮށްދޭން މިލަންދޫގައި ޚާއްޞަ ސެޝަންތަކެއް

ށ.މިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީ (އތމކ) އަދި މިލަންދޫ ޕޮލިސް ސްޓޭޝަން ގުޅިގެން ގެވެށި އަނިޔާ އާއި ކުޑަކުދިންނަށް ދިމާވާ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ޓަކައި ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ. މިލަންދޫ އތމ ކޮމިޓީގެ ރައީސާ، ފަރީޝާ “ތިލަދުން”އަށް ވިދާޅުވީ މި ޕްރޮގްރާމްގެ ފުރަތަަމަ ސެޝަން ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންނަށް އަމާޒުކޮށްގެން ކަމަށެވެ. އެ ސެޝަންގައި  އަމިއްލަ ދިރިއުޅުމުގެ ކަންކަން ފުރިހަމަކުރުމުގައި މަޝްޢޫލުވެގެން އުޅުނު ނަމަވެސް ނަފްސ...

ފާތިމަތު ސަޙާ
މިލަންދޫގައި ބެޑްމިންޓަން އަމްޕަޔަރު ކޯހެއް ފަށައިފި 📍 ށ. މިލަންދޫ

މިލަންދޫގައި ބެޑްމިންޓަން އަމްޕަޔަރު ކޯހެއް ފަށައިފި

ށ. މިލަންދޫގައި ބެޑްމިންޓަން އަމްޕަޔަރު ކޯހެއް ފަށައިފިއެވެ. މިއީ މޯލްޑިވްސް ނޭޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް (އެމް.އެން.އައި.އެސް) އާއި ށ. މިލަންދޫ ކައުންސިލް އަދި ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން  މި މަހުގެ 22 އިން 28 ގެ ނިޔަލަށް ކުރިއަށްގެންދާ ކޯހެކެވެ. މިލަންދޫ ކައުންސިލުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ކޯހަކީ މަތީ ފެންވަރެއްގައި މެޗުތައް އިންސާފުކުރުމަށް ބޭނުންވާ ޢިލްމާއި، ހުނަރާއި އިތުބާރު ބައިވެރިންނަށް ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. މ...

ފާތިމަތު ސަޙާ
ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓުންނާއެކު ށ.އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިލަންދޫއަށް 📍 ށ. މިލަންދޫ

ފަސް ދާއިރާއެއްގެ ސްޕެޝަލިސްޓުންނާއެކު ށ.އަތޮޅު ހޮސްޕިޓަލުގެ ޓީމެއް މިލަންދޫއަށް

ށ. އަތޮޅު ހޮސްޕިޓަލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންގެ ޓީމެއް އެ އަތޮޅު މިލަންދޫއަށް ޒިޔާރަތްކޮށް ބަލިމީހުން ބެލުމަށް ހަމަޖެހިއްޖެއެވެ. މި ދަތުރަކީ ސްޕެޝަލިސްޓް އައުޓްރީޗް ޕްރޮގްރާމުގެ ދަށުން 24 ސެޕްޓެމްބަރު 2026 ގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ދަތުރެކެވެ.   ށ އަތޮޅު ހޮސްޕިޓަލުން ބުނެފައިވަނީ، މި ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލިސްޓް ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުންކަމަށެވެ. މި ދަތުރުގައި ބައިވެރިވާ ޓީމުގައި ހިމެނެނީ ލޮލުގެ ބަލިތަކަށް ޚާއްޞަ ޑޮކްޓަ...

ފާތިމަތު ސަޙާ
5 އަހަރު ކުރިން ހަވާލުކުރި މިލަންދޫގެ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމެނީ 📍 ށ. މިލަންދޫ

5 އަހަރު ކުރިން ހަވާލުކުރި މިލަންދޫގެ 50 ހައުސިން ޔުނިޓުގެ މަސައްކަތް ނިމެނީ

ށ. މިލަންދޫގައި އަޅަމުންދާ 50 ހައުސިން ޔުނިޓްތަކުގެ މަސައްކަތް ގާތްގަނޑަކަށް އެއްކޮށް ނިމިއްޖެއެވެ. ހައުސިން މިނިސްޓްރީން ބުނީ އެ ހައުސިން ޔުނިޓްތަކުގެ 95 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިނިޝިންގެ މަސައްކަތްތައް ކަމަށް ވެސް އެ މިނިސްޓްރީން ބުނެއެވެ. މިލަންދޫގައި 50 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ކުރިއަށް ދަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްގެންނެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ށ. މިލަންދޫގައި 50 ހައުސިން […]

އަލީ އާދިލް
މިލަންދޫ ޔުމްގެ ''ޔުމް ޑިލައިޓްސް'': އަމިއްލަ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީ 📍 ށ. މިލަންދޫ

މިލަންދޫ ޔުމްގެ ''ޔުމް ޑިލައިޓްސް'': އަމިއްލަ މަސައްކަތުން ހޯދި ބޮޑު ކާމިޔާބީ

އެއް ފަރާތެއްގައި ފަހާފޮށީގެ އަޑެވެ. އަނެއް ފަރާތުގައި އަވަނުން ބޭރުވަމުންދާ މީރު ކޭކުގެ ވަހެވެ. މޭޒުމަތީގައި ތައްޔާރުވަމުން އެ ދަނީ ހިތްގައިމު މާބޮނޑިއެކެވެ. މިއީ އެއް ފުރާޅެއްގެ ދަށުން ފެންނަ، ތަފާތު ތިން ފަންނެކެވެ. އެކަމަކު މި ހުރިހާ ކަމެއްގެ ފަހަތުގައި ވަނީ އެންމެ އަތެކެވެ. އެއީ އަމިއްލަ ހުނަރާއި، ބުރަ މަސައްކަތުން ނަމޫނާ ދައްކައި، ކުރިއަރަމުން، އަންނަ ށ. މިލަންދޫގައި މިހާރު ދިރިއުޅެމުންދާ، އެ ރަށު ދިލާސާގޭ ޙައްވާ ޔުމްނާ (ޔުމް)އެވެ. ޔުމްގެ ހުނަރުން ފުރިގެންވާ […]

ސަލާމާ ޢަބްދުލް ޢަލީމް
މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް 📍 ހދ. ހަނިމާދޫ

މިލަންދޫގައި ކަތިވަޅިއަކުން ހަމަލާދޭން އުޅުނު ޒުވާނާ އަނެއްކާވެސް ބަންދަށް

ށ. މިލަންދޫގައި ކަތިވަޅިއެއް ބޭނުންކޮށްގެން މީހަކަށް ހަމަލާދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އުމުރުން 22 އަހަރުގެ ފިރިހެނެއްގެ ބަންދަށް ކޯޓުން އަނެއްކާވެސް 15 ދުވަސް އިތުރުކޮށްފިއެވެ. އޭނާގެ މައްޗަށް ކުރަނީ ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގުމާއި ބިރުދެއްކުމުގެ ތުހުމަތެވެ. މި މައްސަލައާ ގުޅިގެން މިލަންދޫއަށް ނިސްބަތްވާ އެ މީހާ ހައްޔަރުކޮށްފައިވަނީ އޮގަސްޓު މަހުގެ މެދެއްހާތަނުގައެވެ. އޭނާގެ ބަންދަށް އެންމެ ފުރަތަމަ 16 އޮގަސްޓު 2026 ގައި ކޯޓުން ދިނީ 12 ދުވަހުގެ މުއްދަތެކެ...

އަލީ އާދިލް
ރައީސާ ބައްދަލުކުރަން މިލަންދޫ ދާއިރާ ހިމެނޭހެން އަށް ދާއިރާއަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި 📍 ށ. މިލަންދޫ

ރައީސާ ބައްދަލުކުރަން މިލަންދޫ ދާއިރާ ހިމެނޭހެން އަށް ދާއިރާއަކަށް ނަން ނޯޓު ކުރަން ހުޅުވާލައިފި

ރައީސް ޑރ. މުޙައްމަދު މުޢިއްޒުއާ ބައްދަލުކޮށް، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޚިޔާލުތައް ސީދާ އެމަނިކުފާނަށް ހުށަހެޅުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ފަށްޓަވާ “ރައްޔިތުންގެ އަޑު” ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ދެން އޮންނަ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުސަތު އަށް ދާއިރާއަކަށް މިއަދު ހުޅުވާލައިފި އެވެ. ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ރާއްޖޭގެ އިންތިޚާބީ 93 ދާއިރާގެ ތެރެއިން މިފަހަރު ފުރުސަތު ހުޅުވާލާފައިވަނީ 8 ދާއިރާއަކަށެވެ. އެއީ މިލަންދޫ ދާއިރާ،...

ޔުމްނާ ޢަލީ
މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ކޭކު ކޯހެއް 📍 ށ. މިލަންދޫ

މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ކޭކު ކޯހެއް

މަމްސް އެއިޑް ގެ “އެވްރީ ވުމަން” ކެމްޕެއިންގެ ދަށުން، ށ. މިލަދުންދޫގައި ކުރިއަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ. މަމްސް އެއިޑްއިން މިލަންދޫގެ މަންމައިންނަށް ގެންދިޔަ ކޭކު ޑެކަރޭޓިން ކޯސް ނިންމާލުން، ފޮޓޯ: ޔުމްނާ މަމްސް އެއިޑާއި މިލަންދޫ ކައުންސިލް އިދާރާ ގުޅިގެން، އިންތިޒާމްކޮއްފައިވާ މި ކޯސް ޚާއްޞަކޮއްފައިވަނީ، އެކަނިވެރި މައިންނަށާއި، ވަޒީފާއަށް ނުދާ މަންމައިންނަށެވެ. މި ކޯހުގެ މަޤްޞަދަކީ، އެކަނިވެރި މައިންނާއި، ވަޒީފާއަށް ނުދާ މަންމައިން، ގޭގައި ތިބެގެން އާމްދ...

ފާތިމަތު ސަޙާ