މަންފާ ޖަމްޢިއްޔާއިން ށ. މިލަންދޫއަށް ކުރުމަށް ހަމަޖެހިފައިވާ ދަތުރުގައި ހިމެނޭ ބައެއް ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައި، ބައިވެރިވާން އެދޭ ފަރާތްތަކުން ނަންނޯޓު ކުރަން ފަށައިފިއެވެ.

މަންފާ ޖަމްޢިއްޔާގެ މިލަންދޫ ދަތުރު ކުރިއަށް ގެންދަނީ އެރަށު ކައުންސިލާއި އެ ރަށު ޝީލްޑް ޖަމްޢިއްޔާއާއި ގުޅިގެންނެވެ.

Ad
rt

މި ދަތުރުގެ ތެރެއިން މި މަހުގެ 8 ވަނަ ދުވަހު އެ ޖަމްޢިއްޔާއިން މިލަންދޫގެ އަންހެނުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔުމަށް ރާވާފައިވާ އަންހެނުންގެ ފޯރަމްގައި ބައިވެރިވުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ. މި ފޯރަމަށް ކަނޑައަޅާފައިވަނީ ޖުމްލަ 70 ޖާގައެވެ.

އަންހެނުންގެ ފޯރަމްގެ އިތުރުން، ހަމަ އެ ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އާއިލީ ދަރުސް ނުވަތަ "ދޮރުން ދޮރަށް" ހަރަކާތުގައި ބައިވެރިވާން އެދޭ އާއިލާތަކަށް ވެސް ނަންނޯޓު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފައެވެ. މި ހަރަކާތަކީ ގޭގެއަށް ޒިޔާރަތްކޮށް، ގޭގެ އެންމެންނަށް ދަރުސް ދިނުމަށް ރޭވިފައިވާ ޚާއްޞަ ހަރަކާތެކެވެ.

މީގެއިތުރުން، އޮކްޓޯބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިސްލާމިކް ފައިނޭންސިންއާ ބެހޭ ސެޝަނުގައި ބައިވެރިވުމަށް ވެސް ޝީލްޑް ޖަމިއްޔާއިން ވަނީ ފުރުޞަތު ހުޅުވާލައިފައެވެ. މި ސެޝަނަށް ޚާއްޞަކޮށްގެން ކަނޑައަޅާފައިވަނީ 30 ޖާގައެވެ.

މަންފާ ޖަމްޢިއްޔާގެ މި ހަރަކާތްތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 9545458، 7672967 ނުވަތަ 7747677 ނަންބަރު ފޯނަށް ގުޅައިގެން ނަންނޯޓު ކުރުމަށް މިލަންދޫ ޝީލްޑް ޖަމިއްޔާ އިން ވަނީ އެދިފައެވެ.

ހަމައެއާއެކު، މި ދަތުރުގެ ހުރިހާ ޕްރޮގްރާމްތަކެއްގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޢުމްރާ ދަތުރެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ޢުމްރާ ދަތުރަކީ އަލް ސަފާ ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހަމަޖައްސައިދީފައިވާ ފުރުޞަތެއް ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.