📍 ހދ. މަކުނުދޫ
މަކުނުދޫ އަންހެނުންގެ ކޮމެޓީން ތަރައްގީކުރި "ހިޔަލަ ޕާކް" ހުޅުވައިފި
ހދ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިސްނެންގެވުމާއެކު އެ ރަށުގައި ތަރައްޤީކުރި “ހިޔަލަ ޕާކް” ރަސްމީކޮށް ހުޅުވައިފިއެވެ. މި ޕާކަކީ އެ ރަށުގެ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކޮށްދިނުމުގެ މަޤްޞަދުގައި ތަރައްޤީކުރި ތަނެކެވެ. މަކުނުދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަކީ އެ ކޮމިޓީގެ ފުރަތަމަ ދައުރުގެ މެންބަރުންގެ ވަރަށް ބޮޑު އިސްނެންގެވުމަކާއެކު ކުރިއަށް ގެންދެވުނު މަސައްކަތެކެވެ. މި ޕާކަކީ ރަށުގެ ރައްޔިތުން ހ...