މައި ޚަބަރަށް ދިޔުމަށް
ތިލަދުންމަތީގެ އަޑު · 4 އަތޮޅު · 54 ރަށް

ބޮޑު ތިލަދުންމަތި

ހއ.، ހދ.، ށ. އަދި ނ. އަތޮޅުގެ 54 މީހުން ދިރިއުޅޭ ރަށުގެ އެންމެ ފަހުގެ ޚަބަރާއި މުހިންމު ރިޕޯޓުތައް.

ދައްކަނީ: 📍 ހދ. ނައިވާދޫ (153 ޚަބަރު)
✕ ހުރިހާ ރަށެއްގެ ޚަބަރު ބައްލަވާ
153 ޝާއިޢުކުރެވިފައިވާ ޚަބަރު
4 އަތޮޅުގެ ޚަބަރު
54 މީހުން ދިރިއުޅޭ ރަށް

ނައިވާދޫގެ އެންމެ ފަހުގެ ޚަބަރުތައް

153 ޚަބަރުގެ ތެރެއިން
ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭ ގޮތް ހަދަން ނައިވާދޫ ކައުންސިލުން މުހުލަތެއް ދީފި 📍 ހދ. ނައިވާދޫ

ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭ ގޮތް ހަދަން ނައިވާދޫ ކައުންސިލުން މުހުލަތެއް ދީފި

ހދ. ނައިވާދޫގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން، ގޭގޭގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެއްސުމަށް އެ ރަށު ކައުންސިލުން މުހުލަތެއް ކަނޑައަޅައިފިއެވެ. ނައިވާދޫ ކައުންސިލުން ބުނީ، ކޮންމެ ގެއެއްގެ ފުރާޅުން ފައިބާ ފެން މަގުމައްޗަށް ނޭޅޭނެ ނިޒާމެއް 2026 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް ޤާއިމުކުރުމަށް ރަށުގެ ރައްޔިތުންނަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ. މިފަދަ ނިންމުމެއް ނިންމި މައިގަނޑު ސަބަބަކީ، ވިއްސާރައިގައި ފުރާޅ...

ފާތިމަތު ސަޙާ
ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި، އެއްވަނައަށް 5،000 ރުފިޔާ 📍 ހދ. ނައިވާދޫ

ނައިވާދޫ ކައުންސިލްގެ ލޯގޯ ފަރުމާކުރަން ހުޅުވާލައިފި، އެއްވަނައަށް 5،000 ރުފިޔާ

ހދ. ނައިވާދޫ ކައުންސިލްގެ ރަސްމީ ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކައުންސިލުން މިއަދު އާންމުކޮށް ހުޅުވާލައިފިއެވެ. ނައިވާދޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުން އެއްވަނައަށް ހޮވޭ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/5000 (ފަސްހާސް) ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުސަތު ހުޅުވާލާފައިވަނީ ރާއްޖޭގެ އުފެއްދުންތެރި ފަރުމާވެރިންނަށާއި ކުރެހުންތެރިންނަށް ކަމަށް ކައުންސިލުން ބުނެއެވެ. މީގެ އިތުރުން ޑިޒައިނަރުންނާއި ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކުގެ އިތުރުން ސްޓޫޑ...

އިބްރާހިމް އަސްވާޤް
ދަނޑުގެ ބޭނުން ހިފުމުގައި ޚާއްޞަ ކަންތައްތަކަކަށް ސަމާލުވާން ނައިވާދޫ ރައްޔިތުންގެ ކިބައިން އެދިއްޖެ 📍 ހދ. ނައިވާދޫ

ދަނޑުގެ ބޭނުން ހިފުމުގައި ޚާއްޞަ ކަންތައްތަކަކަށް ސަމާލުވާން ނައިވާދޫ ރައްޔިތުންގެ ކިބައިން އެދިއްޖެ

ފުޓްބޯޅަ ދަނޑަށް ވަންނައިރު، ބޫޓަށް އަރައިގެން ވަނުމާއި، ފުޓްބޯޅަ ކުޅުމަށާއި، ކަސްރަތު ކުރުމަށް ފިޔަވައި، އެހެން ބޭނުންތަކަށް ދަނޑު ބޭނުން ނުކުރުމަށް ހދ. ނައިވާދޫ ކައުންސިލުން ރައްޔިތުންގެ ކިބައިން އެދެފިއެވެ. ދަނޑަށް އެއްވެސް  ބާވަތެއްގެ ގެއްލުމެއް ނުލިބޭނެ ފަދައިން އަދި ދަނޑުގެ ވަށާފާރު ރޭނުމުގެ މަސައްކަތަށް ހުރަސް ނޭޅޭނެ ގޮތަށް ޢަމަލުތައް ބެހެއްޓުމަށް ވެސް ކައުންސިލުން އިލްތިމާސްކުރައްވާފައިވެއެވެ. އަދި އާއިލާތަކަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް ތަރައްޤީކޮށްފައިވާ ޕާކުތަކަށް ކުޑަކުދިން ގ...

ފާތިމަތު ސަޙާ
ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް 📍 ހދ. ނައިވާދޫ

ވީރާނާވާން ދޫކޮށްލާފައިވާތީ ނައިވާދޫގެ ދެ ޖަމްޢިއްޔާއެއްގެ ބިން އަނބުރާ ކައުންސިލަށް

ހދ. ނައިވާދޫ ޒުވާނުންގެ ޖަމްޢިއްޔާއާއި އެ ރަށު ސްކޫލް އިސްދަރިވަރުންގެ ޖަމްޢިއްޔާއަށް ދޫކޮށްފައިވާ ބަންޑާރަ ބިމާއި ޢިމާރާތްތައް އަނބުރާ ކައުންސިލަށް ނެގުމަށް ނިންމައި، އެ ތަންތަނުގައި ހުރި މުދާތައް ނެރުމަށް ނައިވާދޫ ކައުންސިލުން އަންގައިފިއެވެ. ނައިވާދޫ ކައުންސިލުން ކޮށްފައިވާ އިޢުލާނެއްގައި ބަޔާންކޮށްފައިވަނީ، އެ ދެ ޖަމްޢިއްޔާގެ ބިމާއި ޢިމާރާތްތަކުގައި ހުރި ނުއުފުލޭ މުދާ ފިޔަވައި އެހެނިހެން އެންމެހައި ތަކެތި ނެރެ ބިން ހުސްކުރަންޖެހޭނެ ކަމަށެވެ. އެގޮތުން، 08 އޮކްޓޫބަރު 2026 އިން ފެށިގެން 15 ދުވަ...

ފާތިމަތު ސަޙާ
އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި 📍 ހއ. އިހަވަންދޫ

އިހަވަންދޫ އަށް ބައި ގޯލަކުން ހިތްދަތި ނިމުމެއް، ނައިވާދޫ ތަށި އުފުލާލައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1ގެ ޗެމްޕިއަންކަން ހދ. ނައިވާދޫ ހޯދާފައެވެ. މި މުބާރާތުގެ ފައިނަލް މެޗުގައި ނައިވާދޫ އާއި އިހަވަންދޫގެ ކުރިމަތިލުން ނިމުނީ 2-1 ގެ ނަތީޖާއަކުން ނައިވާދޫ މޮޅުވެގެންނެވެ. މި މެޗުގައި ނައިވާދޫ އަށް ލަނޑުޖަހައިދިނީ މުހައްމަދު އަސްލަމް (މޯންޑޭ) އެވެ. އަނެއް ލަނޑަކީ އިހަވަންދޫގެ އިބްރާހީމް ހާމިދު އަތުން ވަތް ބައި ގޯލެކެވެ. އިހަވަންދޫގެ ލަނޑު ޖަހައިދިނީ އަހްމަދު […]

ފާތިމަތު ސަޙާ
ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި 📍 ހދ. ނައިވާދޫ

ނައިވާދޫގައި ކުނި އުފުލުމުގައި ސަމާލުވޭ: މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފިނަމަ ޚަރަދު އަތުލާނެކަން ހަނދާންކޮށްދީފި

ކުނި އުފުލުމުގެ ތެރޭގައި މަގުމައްޗަށް އެޅޭ ކުނި ސާފުނުކޮށްފި ނަމަ، ކައުންސިލުން އެ ތަނެއް ސާފުކުރުމަށް ދިޔަ ޚަރަދު، އެކަމަށް ޒިންމާވާ މީހެއް ނުވަތަ ބައެއްގެ އަތުން އަތުލެވޭނެ ކަމަށް ހދ. ނައިވާދޫ ކައުންސިލުން ހަނދާންކޮށްދީފިއެވެ. ނައިވާދޫ ކައުންސިލުން ރައްޔިތުންނަށް މިކަން ހަނދާންކޮށްދީފައި ވަނީ “ކުނި އުކާލުމާއި ނައްތާލުމުގެ އާއްމު ޤަވާޢިދުތައް” ހަނދާންކޮށްދިނުމުގެ ގޮތުން ރަސްމީ ފޭސްބުކް ޕޭޖުގައި ޝާއިއުކުރި ޕޯސްޓެއް މެދުވެރިކޮށެވެ. އެ ޕޯސްޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ކުނިއުކާލުމާއި ކުނި ނައް...

ފާތިމަތު ސަޙާ
ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި 📍 ހދ. ނައިވާދޫ

ނައިވާދޫއިން ހަނިމާދޫކޮޅަށް 6 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ ފަހު މެޗުގައި ނައިވާދޫން ހަނިމާދޫ ކޮޅަށް 6 ލަނޑު ޖަހައި އަތޮޅު ފައިނަލުން ބަލިވުމުގެ ބަދަލު ހިފައިފިއެވެ. ރޭ ފަހު މެޗަށް ނުކުތް އިރުވެސް ނައިވާދޫ އޮތީ މެޗަކުން ބަލިނުވެ ތާވަލުގެ އެއްވަނާގައި ފައިނަލް ކަށަވަރުކޮށްގެންނެވެ. މި މުބާރާތުގެ ހދ. އަތޮޅު ބުރުގައި ނައިވާދޫ ބަލިކޮށް ޗެމްޕިއަންކަން ހޯދި ހަނިމާދޫ ފަހު މެޗަށް ނުކުތީ […]

ޝިއުނާ އާދަމް
ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް 📍 ހއ. ފިއްލަދޫ

ބޮޑު މޮޅަކާއެކު ނައިވާދޫ ފައިނަލަށް، ދެވަނަ ޖާގައަށް އިހަވަންދޫ އާއި ކަނޑިތީމުގެ ކުރިމަތިލުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގައި ހޮނިހިރު ދުވަހު ކުޅުނު މެޗުތަކަށް ފަހު، ނައިވާދޫން ފައިނަލުގެ ޖާގަ ކަށަވަރުކޮށް، ފިއްލަދޫ މުބާރާތުން ވަކިވެއްޖެއެވެ. މި މުބާރާތުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗުގައި ކަނޑިތީމާ ވާދަކޮށް ނައިވާދޫން ވަނީ 0-5 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. މި ކާމިޔާބީއާއެކު އެ ޓީމު މިހާރު ވަނީ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައެވެ. […]

ފާތިމަތު ސަޙާ
އިހަވަންދޫ އަތުން ނައިވައިދޫ މޮޅުވެއްޖެ، ފިއްލަދޫ ހޯދި މޮޅާއެކު ހަނިމާދޫ އަށް ހިތްދަތި ނިމުމެއް 📍 ހއ. ފިއްލަދޫ

އިހަވަންދޫ އަތުން ނައިވައިދޫ މޮޅުވެއްޖެ، ފިއްލަދޫ ހޯދި މޮޅާއެކު ހަނިމާދޫ އަށް ހިތްދަތި ނިމުމެއް

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ  “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026 ނޯތު ޒޯން 1” ގެ މިއަދު ކުޅުނު މެޗުތަކުން ނައިވާދޫއާއި އިހަވަންދޫ ބައްދަލު ކުރި މެޗުން ނައިވާދޫ މޮޅުވެފައިވާއިރު، ފިއްލަދޫ އަދި ހަނިމާދޫ ކުޅުނު މެޗުން ފިއްލަދޫ ކުރި ހޯދައި ހަނިމާދޫ އަށް ފައިނަލްގެ ދޮރު އެއްކޮށް ބަންދުވެއްޖެއެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅުނު މެޗުގައި ނައިވާދޫ ވަނީ، އިހަވަންދޫގެ މައްޗަށް 2-0 ގެ ނަތީޖާއަކުން ކުރިހޯދާފައެވެ. މި މެޗުގައި ނައިވާދޫގެ […]

ފާތިމަތު ސަޙާ
ގޯލްޑަން ފުޓްސަލްގައި ޒުވާނުންގެ ދައުރު ބޮޑުކުރަން ނައިވާދޫގެ ގޯލްޑަން ފުޓްސަލް ޓީމު ހިންގާނެ ފަރާތެއް ހޯދަނީ 📍 ހދ. ނައިވާދޫ

ގޯލްޑަން ފުޓްސަލްގައި ޒުވާނުންގެ ދައުރު ބޮޑުކުރަން ނައިވާދޫގެ ގޯލްޑަން ފުޓްސަލް ޓީމު ހިންގާނެ ފަރާތެއް ހޯދަނީ

ގޯލްޑަން ފުޓްސަލް މުބާރާތުގައި ކައުންސިލްގެ ފަރާތުން ބައިވެރިވެފައިވީ ނަމަވެސް، ޒުވާނުންގެ ދައުރު އިތުރުކުރުމަށް ނައިވައިދޫ ތަމްސީލު ކުރާނެ އިތުރު ބަޔަކު ހޯދަން އެ ކައުންސިލުން އިޢުލާނުކޮށްފިއެވެ. އެ އިޢުލާނުގައި ބުނެފައިވާ ގޮތުން، އެ ކައުންސިލުން ބޭނުންވަނީ، މި މުބާރާތުގައި ޒުވާނުންގެ ދައުރު އިތުރު ކުރުމުގެ ގޮތުން 2027ވަނަ އަހަރުގެ ގޯލްޑަން ފުޓްސަލް މުބާރާތުގައި ނައިވައިދޫ ތަމްސީލްކޮށް، އިންތިޒާމްކުރާނެ ކްލަބް ޖަމްޢިއްޔާއެއް ނުވަތަ އަމިއްލަ ފަރާތެކެވެ. އެހެންކަމުން، މި މުބާރާތުގެ އެންމެހާ ކަންކ...

ފާތިމަތު ސަޙާ
ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި 📍 ހއ. ފިއްލަދޫ

ނިހާލްގެ ހެޓްރިކާއެކު ކަނޑިތީމުގެ ފެށުން ވަރުގަދަ، ނައިވައިދޫއިން ފިއްލަދޫ ކޮޅަށް 8 ލަނޑު ޖަހައިފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތަކުން، ހދ. ނައިވައިދޫއާއި ށ. ކަނޑިތީމު ކުރި ހޯދައިފިއެވެ. ނައިވައިދޫގައި ކުރިއަށް ދާ މި މުބާރާތް ފެށުމުގެ ގޮތުން، އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ހއ. ފިއްލަދޫގެ މައްޗަށް ނައިވައިދޫ ކުރި ހޯދީ 8-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ޙާޞިލްކޮށްފައިވަނީ ނައިވައިދޫގެ މުޙައްމަދު ޝާއިނެވެ. ފިއްލަދޫއަށް […]

ފާތިމަތު ސަޙާ
ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ 📍 ހދ. ނައިވާދޫ

ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި މިއަދު ފަށަނީ

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވާ “ފުޓްސަލް ޒޯން ޗެމްޕިއަންޝިޕް 2026” ގެ ނޯތު ޒޯން 1 ގެ މެޗުތައް ނައިވައިދޫގައި ފަށާނެއެވެ، މިއަދު ފެށުމަށް ހަމަޖެހިފައިވާ ޖޯޝުން ފުރިގެންވާ ވާދަވެރި މި މުބާރާތުގައި ވާދަކުރާނީ، ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫއާއި، އެ އަތޮޅުގެ ރަނަރަޕް ފިއްލަދޫ އާއި، ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި، އެ އަތޮޅުގެ ރަނަރަޕް ނައިވާދޫ އަދި ށ. އަތޮޅު ޗެމްޕިއަން ކަނޑިތީމެވެ. މި މުބާރާތުގައި ހއ. އަތޮޅު ބުރުގައި ބައިވެރިވީ […]

ފާތިމަތު ސަޙާ
ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް 📍 ހދ. ނައިވާދޫ

ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ބިނާކުރުމުގެ ތަމްރީނެއް

ހދ. ނައިވާދޫގައި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް މީހުން ތަމްރީންކޯށް ގާބިލުކަން އިތުރުކުރުމުގެ ހާއްސަ ހަރަކާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފިއެވެ. މިހަރަކާތަކީ އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރްއޭ)، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި ނައިވާދޫ ޑައިވް އެންޑް ވޯޓާ ސްޕޯޓްސް ގުޅިގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން މައުލޫމާތުދިން ގޮތުގައި، މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ”ޕަޑީ” ގެ ފަންނީ އެހީތެރިކަމާއެކުގ...

ޔުމްނާ ޢަލީ
ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި 📍 ހދ. ނައިވާދޫ

ނައިވާދޫގެ ހިތްގައިމު ކަނޑުއަޑީގެ ހޮހޮޅަ ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފި

މިހާތަނަށް ރާއްޖެއިން ފެނިފައިވާ އެންމެ ހިތްގައިމު އަދި އެންމެ ބޮޑު އެއް ކަނޑުއަޑީގެ ހޮހޮޅަ (ނައިވާދޫ ހޮހޮޅަ)ހިމާޔަތްކުރުމުގެ މަސައްކަތް ފަށައިފިއެވެ. ނައިވާދޫ ކައުންސިލް ރައީސް މުޙައްމަދު ނައުފަލް “ތިލަދުން”އަށް ވިދާޅުވިގޮތުގައި، ދިވެހިރާއްޖޭގެ ގުދުރަތީ ރީތިކަމާއި ދިރުންތަކުން މުއްސަނދިވެފައިވާ މާހައުލުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމުގެ ގައުމީ މަސައްކަތުގެ ދަށުން، ނައިވާދޫގެ ހުޅަނގުފަރާތު ފަރާ ދިމާލުން ކަނޑުއަޑީގައި އޮތް ބޮޑު ހޮހަޅަ ހިމާޔަތްކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖ...

ފާތިމަތު ސަޙާ
ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ 📍 ހދ. ނައިވާދޫ

ހޮލިޑޭ ކަޕްގެ ނައިވާދޫ އޮޑިޝަން ޑިސެމްބަރު ޗުއްޓީގައި ރަށުގައި ބާއްވަނީ

ހދ. ނައިވާދޫ ޓްރޭނާރސް ސްޕޯޓްސް ކުލަބުގެ ފަރާތުން މާލެ ސަރަހައްދުގައި ދިރިއުޅޭ ނައިވާދޫގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކޮންމެ އަހަރަކު އިންތިޒާމްކުރާ ފޯރިގަދަ “ހޮލިޑޭ ކަޕް”ގެ ނައިވާދޫ އޮޑިޝަން މި އަހަރުގެ ޑިސެމްބަރު ޗުއްޓީގައި ނައިވާދޫގައި ބޭއްވުމަށް ރާވަމުންދާކަމަށް އެ ކުލަބުން ހާމަކޮއްފިއެވެ. ޓްރޭނާރސް ސްޕޯޓްސް އެކަޑަމީގެ ކޯޑިނޭޓަރ އަޙުމަދު އާފާޤް “ތިލަދުން”އަށް ބުނީ، މިއީ ރަށުގައި ދިރިއުޅޭ ގިނަ ކުދިންތަކެއްގެ ހުވަފެނެއްކަމަށާއި އެ ކުދިން ނުހަނު ބޭނުންވާ ކަމެއްކަމަށެވެ. ނަމަވެސް މި ފުރުސަތު ދ...

ފާތިމަތު ސަޙާ